ތަޢުޒިޔާގެ މެސެޖު

ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާ އެކުގައެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ދިވެހި އެތައް ރައްޔިތުންނެއްގެ އުސްތާޛެކެވެ. ގިނަދަރުސްކާއި މިސްކިތު މުޙާޟަރާތުތަކާއި ޔުނިވާރސިޓީ ކްލާސްތައް ނަންގަވައިދެއްވާ ދީނީ ޢިލްމުގެ ނޫރު އެތައް ދަރިޔަކަށް ފޯރުކޮށްދެއްވި ދާޢީއެކެވެ. އަދި އިސްލާމީ ދަޢުވަތަށްޓަކައި ގިނަގުނަ ޤުރުބާނީތަކެއް ވެވަޑައިގެންނެވި ހިތްވަރުގަދަ މުޞްލިޙެކެވެ. 2000 ގެ ކުރީކޮޅުގެ އަހަރުތަކުގައި އިސްލާމީ ދަޢުވަތުގެ ދޮރުތައް ހަނިކޮށް ދަޢުވަތަށް ސަރުކާރުން ހުރަސްއަޅަމުން ދިޔަ ވަގުތު ކެރިގެން ތެދުވެވަޑައިގެން ދެއްވި އަސަރުގަދަ ތަޤުރީރުތަކަކީ އޭރުގެ އެތައްބަޔަކަށް އިސްލާމީ ހިދާޔަތު ލިބިގެން ދިޔަ ސަބަބެއް ކަމުގައި ވެފައިވެއެވެ. ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގެ މަގުގައި އެތައް ފަހަރެއްގެ މަތިން ޖަލަށްލެވި އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު އިސްލާމީ ދަޢުވަތަށް ހުޅުވިފައިވާ ގިނަ ދޮރުތަކަކީ ޝެއިޚާއި އެ ފަދަ އެތައް ޢިލްމުވެރިންނެއްގެ އެތައް ޤުރުބާނީއެއްގެ ނަތީޖާއެވެ.
މީގެ އިތުރުން ނަމާދުގައި ކިޔަވާ ވިދާޅުވާ ކިޔެވުންތަކަކީ އެހާމެ އަސަރުގަދަ މީސްތަކުން ޝައުޤުން ފުރިގެންވާ ކިޔެވުން ތަކެކެވެ.
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި ވަކިވެވަޑައިގެންނެވުމަކީ އިސްލާމީ ދަޢުވަތަށް އޭގެ ފަޅުކަން އިހުސާސް ކުރެވިގެންދާނެ ކަމެކެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި ދިވެހި އެންމެހާ މުސްލިމުންނަށް ތަޢުޒިޔާ ދަންނަވަމެވެ. އެންމެ ބޭފުޅުންނަށް ކެތްތެރިކަމާއި ސަވާބާއި ދަރުމަ ﷲ މިންވަރު ކުރައްވާށިއެވެ. އާމީން.
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ
إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى
13 ޛުލްޙިއްޖާ 1446
9 ޖޫން 0252