އިޢުލާން:ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

އިޢުލާން:ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

ނަންބަރު: AP-IUL/2019/08
ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް މިޕާޓީންވަނީ ނިންމާފައެވެ.

ޙާފިޡުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރައްވާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 24,900/- (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާއެވެ.

ވީމާ މިއަހަރު، އަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 14 މާރޗު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މިޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ރަސްމީކޮށް އެކަން އަންގަވައި، ފައިސާ ދެއްކެވުން އެދެމެވެ. އަދި މިތާރީޚަށް ފަހު ފައިސާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342674، 9903231 ނުވަތަ 7906507 އަށް ގުޅުއްވުން އެދެމެވެ.

19 جمُاَدَى الآخِر‎ 1440
24 ފެބުރުއަރީ 2019