• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

ޖެނުއަރީ 23, 2020

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް މިޕާޓީންވަނީ ނިންމާފައެވެ.

ޙާފިޡުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރައްވާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 26,0(ސައްބީސްހާސް) ރުފިޔާއެވެ.

ވީމާ މިއަހަރު، އަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މިޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ނުވަތަ މިޕާޓީގެ އީމެއިލް، admin@adhaalath.org.mv އަށް ލިޔުމަކުން އެކަން އަންގަވައި، ފައިސާ ދެއްކެވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342674، 9903231 ނުވަތަ 7789355 އަށް ގުޅުއްވުން އެދެމެވެ.

19 ޖުމާދުލް ޢޫލާ‎  1441

23 ޖަނަވަރީ 2020

Iulaan

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress