• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މޫނަށް ކެމިކަލްޖެހި މައްސަލަ ކުށްވެރިކުރުން.

ޑިސެމްބަރ 25, 0216

ނަންބަރު: AP/PR/2016/25
ނޫސް ބަޔާން
ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މޫނަށް ކެމިކަލްޖެހި މައްސަލަ ކުށްވެރިކުރުން.

24 ޑިސެމްބަރ 2016 ވަނަ ދުވަހުގެ ފަތިހު، ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ޙަލީމާ އާދަމް މޫނަށް ކެމިކަލްޖެހި މައްސަލަ ޢަދާލަތު ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އަމާންކަމާއި ރައްކާތެރިކަން ލިބިދޭންޖެހޭ ހިނދު، އަދި ވަކިން ޚާއްސަކޮށް އަންހެނުންނާއި އަންހެން ދަރިންނާމެދު މިފަދަ ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ އިސްލާމްދީނުގައި ވަރުގަދަޔަށް ނަހީކުރައްވާފައިވާ ކަންކަން ކަމަށްވާހިނދު، މިފަދަ ޢަމަލުތައް ދިވެހި މުޖުތަމަޢުގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ އިންތިހާއަށް ކަންބޮޑުވެ ލަދުވެތިވާންޖެހޭ ކަމެކެވެ. އަދި އިންސާނީ ތަރައްޤީއާއި ތަހުޛީބާއި އިޖުތިމާޢީ ޢަދާލަތުގެ ދާއިރާގައި ދިވެހިރާއްޖެ ފަހަތަށް ސޮއްސާލަމުންދާކަމުގެ ނިޝާނެކެވެ.
މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އެކި ގޮތްގޮތުން އިސްމަޤާމުތަކާއި މައްސޫލިއްޔަތުތައް އަދާކުރައްވާ އަންހެން ބޭކަނބަލުންނަށް އަމާޒުކޮށް މިފަދަ ޢުދުވާންތައް ހިންގަމުން ގެންދިއުމަކީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސަތްކަތަށް ކުރިމަތިވާ ނުހަނުބޮޑު ގޮންޖެހުމެއް ކަމުގައިވެސް މި ޕާޓީންދެކެމެވެ. އާޢިލީ މައްސަލަތަކާއި އިޖުތިމާޢީ ކަންކަމާއި އިޤްތިޞާދީ އަދި ސިޔާސީ ދާއިރާގައިވެސް ބިރުވެރިކަން އުފައްދާ، އަނިޔާވެރިކަން އިސްކޮށްގެން ޙައްލުހޯދަން އުޅުމަކީ ޢަދާލަތު ޕާޓީން ބަލައިގަންނަ ކަމެއް ނޫނެވެ. ހަމައެހެންމެ މިހުރިހާ ދާއިރާއެއްގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިނުދެވޭހާ ހިނދަކު ޤައުމު ކުރިއަރާ ތަރައްޤީވެގެން ނުދާނެއެވެ.
އެހެންކަމުން، ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ޙަލީމާ އާދަމްގެ މޫނަށް ކެމިކަލްޖެހި މައްސަލަ އެއްވަނަ ދަރަޖައިގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، މި މައްސަލާގައި ކުށްވެރިވާ ފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުން އަންނަހިނދު މިކަންކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު ނޭޅޭނަމަ މިފަދަ ޢަމަލުތައް ނުހުއްޓި އިތުރުވަމުންދާނެއެވެ. ދައުލަތުގެ އެކިފެންވަރުގައި އެކިއެކި މުއައްސަސާތަކާއި މަޤާމުތައް އުފައްދައިގެން މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިފަދަ ޢަމަލުތައް އިތުރުވަމުންދާތީ މިކަންކަމާމެދު އިތުރަށް ވިސްނާ، ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައިވެސް ޢަދާލަތު ޕާޓީންދެކެމެވެ.

26 ރަބީޢުލްއައްވަލް 1438
25 ޑިސެމްބަރ 2016
[pdf-embedder url=“https://www.adhaalath.org.mv/wp-content/uploads/2017/01/APPR201625-Sh.-Lhaimagu-Haleema-moonah-chemical-jehi-massala-aai-gulhey.pdf“]
Download PDF

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress