• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

ނޫސް ބަޔާން : ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އާއި މެދު ޖަލުގައި ޢަމަލުކުރަމުންގެންދާ އިހާނެތި ގޮތްތައް ހުއްޓާލުމަށް ގޮވާލުން!

ޖުލައި 2, 2017

ނަންބަރު: AP/PR/2017/12
ނޫސް ބަޔާން

ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އާއި މެދު ޖަލުގައި ޢަމަލުކުރަމުންގެންދާ އިހާނެތި ގޮތްތައް ހުއްޓާލުމަށް ގޮވާލުން!

ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ މަހެއްހާދުވަހު ގޭބަންދުގައި ބެހެއްޓުމަށްފަހު 30 ޖޫން 2017 ވީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަނބުރާ ޖަލަށް ބަދަލުކުރިފަހުން އެމަނިކުފާނާމެދު ޢަމަލުކުރަމުން އަންނަނީ އިންތިހާއަށް އަނިޔާވެރި ގޮތަކަށް ކަމުގައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެޙާލަތު ވަގުތުން ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަށް ގޮވާލަމެވެ.

ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ މިވަގުތު ބަންދުކޮށްފައި ހުރީ މީހުންމެރުން ފަދަ ބޮޑެތިކުށްތަކުގެ ސަބަބުން މަރުގެ ޙުކުމް އިއްވާފައިވާ ބޮޑެތި ކުށްވެރިން ބައިތިއްބަން ޚާއްސަކޮށްފައިވާ ޔުނިޓްގައެވެ. އެތަނަކީ އިންސާނުން ބެއިތިއްބުމަށް އެކަށީގެން ނުވާތަނަކަށްވާހިނދު، ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ ސިއްޙީ ޙާލަތު ހުރިގޮތުން އެ ޔުނިޓުގައި އިތުރަށް ބަހައްޓައިފިނަމަ އެމަނިކުފާނުގެ ސިއްޙީ މައްސަލަތައް ވަރަށްބޮޑަށް ގޯސްވެގެން ހިނގައިދާނެކަމުގެ ބިރު އޮތްކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ. އެހެންކަމުން މީގެކުރިންވެސް ޢަމަލުކޮށްފައިވާ އުސޫލުގެދަށުން، ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އަކީ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުންގެ އިތުބާރާއި ލޯތްބާއި ތާޢީދު ލިބިފައިވާ ސިޔާސީ ލީޑަރެއްގެ އިތުރުން ދީނީ ޢިލްމުވެރިޔަކަށްވާތީ، އެމަނިކުފާނުގެ ޤަދަރާއި ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށް ވެސް ގޮވާލަމެވެ.

ޢަދާލަތު ޕާޓީން ދެކޭގޮތުގައި ސަރުކާރުން ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އާއި މެދު މިފަދަ ނާތަހުޒީބު އުސޫލަކުން ޢަމަލުކުރަމުންގެންދަނީ އެމަނިކުފާނު ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ނިކަމެތިކޮށްލައިގެން، ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބޭރުން ހިންގާ އަނިޔާވެރި ޖަރީމާތަކާއި ކަރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކަށް ފާޑުކިޔުމާއި ޙައްޤުބަސް ވިދާޅުވުން ހުއްޓުވާލެވިދާނެކަމުގެ އުންމީދުގަ އެވެ. ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ ޢަޒުމަށް ކުޑަނަމަވެސް ބަދަލެއް ނާންނާނެކަމަށާއި އަދި މި ދަތި އުނދަގޫ ވަގުތުގައިވެސް އެމަނިކުފާނު ހުންނެވީ ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފިސާރި ސާބިތުކަމާއެކު ވަރުގަދަ ޢަޒުމެއްގެ މަތީގައިކަން ޢަދާލަތު ޕާޓީގެ މެންބަރުންނަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަމެވެ.

8 ޝައްވާލް 1438
2 ޖުލައި 2017

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress