ޢަދާލަތު ޕާޓީގެ ދުސްތޫރު

26 ޛުލްޤަޢިދާ 1444

15 ޖޫން 2023

 

بسم الله الرحمن الرحيم

އެއްވަނަ ބާބު

މާއްދާ 1

ޕާޓީގެ ނަން، މޮޓޯ، ނިޝާން، ކުލަ، ދިދަ، ސިއްކަ

ޕާޓީގެ ނަމަކީ “ޢަދާލަތު ޕާޓީ“ އެވެ. އިނގިރޭސި ބަހުން “Adhaalath Party” މިއެވެ.

1.1

 

ޕާޓީގެ  މޮޓޯ އަކީ ﷲ ގެ ވަޙީ ބަސްފުޅު ﴿وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ﴾  މިއާޔަތެވެ.

މިއާޔަތުގެ މާނައަކީ: "އަދި ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ޙުކުމް ކުރާހިނދު ޢަދުލު އިންޞާފަށް ޙުކުމް ކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ."

1.2

 

ޕާޓީގެ ނިޝާން ހުންނާނީ ހަނދުފަޅިއެއްގެ ތެރޭގައި ދެޢަދަދު ފިޔަހުރެފައި، އެފިޔައިގެ މަތީގައި ފަސް ތަރިއެވެ. އަދި ފިޔައިގެ ތިރީގައި "ޢަދާލަތު" މި ނަމެވެ. ނިޝާނުގެ ނަމޫނާ ކުރެހުމެއް މިދުސްތޫރުގެ ޖަދުވަލް 1 ގައި އެވަނީއެވެ.

1.3

 

ޕާޓީގެކުލައަކީ ފެހިކުލައެވެ. ކުލައިގެ ކޯޑަކީ   CMYK 100%, 0%, 47%, 34% އެވެ.

1.4

 

ޕާޓީގެ ދިދަ ހުންނާނީ ފެހިކުލައިންނެވެ. ދިދައިގެ މެދުގައި ޕާޓީގެ ނިޝާން ހުންނާނެއެވެ. މިނިޝާން ހުންނާނީ ހުދު ކުލައިންނެވެ. ދިދައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 2 ގައި އެވަނީއެވެ.

1.5

 

ޕާޓީގެ ސިއްކައަކީ ވަށް ރޮނގެއް ކުރަހާފައި، އެރޮނގުގެ އެތެރޭގައި ޕާޓީގެ ނިޝާން އޮވެފައި، އެރޮނގުގެ ބޭރުން އިތުރު ވަށް ރޮނގެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، އެ ދެ ރޮނގުގެ ދެފަރާތުގެ މެދުގައި ތަރިއެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، މަތީ ކައިރީގައި "ޢަދާލަތު ޕާޓީ" އަދި ތިރީގައި "ދިވެހިރާއްޖެ" މިގޮތަށް ލިޔެފައިވާ ކުރެހުމެކެވެ. ސިއްކައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 3 ގައި އެވަނީއެވެ.

1.6

 

 

މާއްދާ 2

ޤާނޫނީ ޙައިސިއްޔަޠު

ޢަދާލަތު ޕާޓީއަކީ ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، މުދާ މިލްކުކުރުމާއި، މިލްކުވެރިކަން ދޫކުރުމާއި، ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވާ، މެންބަރުންނާއި ވަކިން އުފެދިފައިވާ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

2.

 

މާއްދާ 3

ޕާޓީގެ ލަނޑުދަނޑިތައް

ޢަދުލު އިންޞާފުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ އިސްލާމީ، ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، ޘަޤާފީ، އަޚްލާޤީ ނިޡާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، ކުރިއަރުވާ، ދެމެހެއްޓުން.

3.1

 

ދިވެހިރާއްޖޭގައި އިސްލާމީ ވަންތަކަމާއި ދިވެހިވަންތަކަން ހަރުދަނާކޮށް ދެމެހެއްޓުން.

3.2

 

ޚިޔާނަތާއި، ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފާއިދާ ލިބިގަތުމުގެ ނުރައްކާތެރި ވަބާއިން، ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، ރައްކައުތެރިކުރުން.

3.3

 

އެންމެހައި ދިވެހިންނަކީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުވެ ތިބޭ އެކުވެރި، އެއްބައިވަންތަ، އަޚްވަންތަ، އަޚްލާޤުގެ ރިވެތި ސިފަތަކުން ސިފަލިބިގެންވާ، ދީނާއި މެދު ފަޚުރުވެރިވާ، ދީނީ ކަންކަމަށް ޙުރުމަތްތެރިކޮށް ހިތާ، ދީނުގެ ޙުކުމްތަކަށް ތަބާވާ ޤާނޫނާއިޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ، ބަޔަކުކަމުގައި ހެދުން.

3.4

 

ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަށް އިންކާރުކުރުމާއެކު، އެފަދަކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމުގެ އިތުރުން، ދިވެހިރާއްޖޭގައި އެފަދަ ކަންކަން އަށަގަތަ ނުދިނުން.

3.5

 

ދިވެހި މުޖުތަމަޢަކީ އެންމެހައި ބާޠިލު ޢަޤީދާތަކާއި، ލާދީނީ އޮއިވަރުތަކުން ރައްކައުތެރިކުރެވިފައިވާ، އަމަންއަމާންކަމާއި،  ސުލްޙަމަސަލަސްކަން ޤާއިމުކުރެވިފައިވާ މުޖުތަމަޢަކަށް ހެދުން.

3.6

 

ދިވެހި ދަރިންނަކީ އިސްލާމީ ތަރުބިއްޔަތުގެ އަލީގައި ޒަމާނުގެ ތަޢުލީމު ލިބިފައިވާ، ހުނަރުވެރި، މަސައްކަތްތެރި، ކަންކަމަށް ޤާބިލު، ސިޔާސީ ގޮތުންނާއި ފިކުރީގޮތުން ހޭލުންތެރި، ކުޅަދާނަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމާއެކު، އިސްލާމީ ޘަޤާފަތާއި، ޙަޟާރަތު ދެކެ ލޯބިވާ، ހޭލުންތެރި، ޙަރަކާތްތެރި، މުރާލި ބަޔަކަށް ހެދުން.

3.7

 

ދިވެހި ކޮންމެ ފަރުދަކަށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފަސޭހަކަމާއެކު، އެކަށީގެންވާ ހެޔޮއަގުގައި ލިބޭނެ މަގު ފަހިކޮށްދިނުން.

3.8

 

ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ފުދުންތެރި، މަދަނީގޮތުންނާއި ޙަޟާރަތުގެ ގޮތުން ކުރިއަރާފައިވާ، ތަހްޒީބު ޤައުމަކަށް ހެދުން.

3.9

 

އިސްލާމްދީނާ އެއްގޮތްވާގޮތުގެ މަތިން ދިވެހި ކޮންމެ ފަރުދެއްގެ އަސާސީ ޙައްޤުތަކާއި، ސިޔާސީ އަދި މަދަނީ ޙައްޤުތައް ލިއްބައިދީ، ޙިމާޔަތްކޮށްދިނުން.

3.10

 

ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަށްޓަކައި، ޞިއްޙީ ދާއިރާ ހަރުދަނާކޮށް ދިވެހި ކޮންމެ ފަރުދަކަށް ފަސޭހަކަމާއެކު ބޭސްފަރުވާ ވެވޭނެ މަގު ތަނަވަސްކޮށްދިނުން.

3.11

 

ޞިނާޢީގޮތުން ކުރިއަށް ގެންދެވެންހުރި ކަންތައްތައް ދެނެގަނެ، ދިރާސާކޮށް، އެފަދަކަންކަން ކުރިއެރުވުން.

3.12

 

ޕާޓީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އަންނަނިވި ކަންކަންކުރުމުގައި އިސްކަންދެވިދާނެއެވެ.

3.13

 

ޕާޓީގެ ގޮފިތަކާއި ގުޅިގެން އިޖުތިމާޢީ އެކިއެކި ކަންކަމާއި ގުޅޭ ވޯކްޝޮޕްތައް މާލެގައާއި އަތޮޅުތެރޭގައި ރާވާ ހިންގުން

(ހ)

 

 

އެންމެހައި ދިވެހީންނަކީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުވެ ތިބޭ އެކުވެރި، އެއްބައެއްވަންތަ ބަޔަކަށް ހެދުމަށާއި، ޙިޔާނާތާއި، ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފާއިދާ ލިބިގަތުމުގެ ނުރައްކާތެރި ވަބާއިންނާއި ފާހިޝްކަންތައްތަކުން ދުރުވެ ތިބުމަށް ބާރުއެޅުމަށްޓަކައި ޢިލްމުވެރިންގެ ދަރުސްތައް ބޭއްވެން

(ށ)

 

 

އިޖުތިމާއީ އެކިއެކި މައްސަލަތަކާއި ދީނީ ބައިބައިވުންތައް ނައްތާލުމަށްޓަކައި ޕާޓީގެ ފަރާތުން ފޮތް ލިޔުމާއި މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން

(ނ)

 

 

ޕާޓީގެ ލަނޑުދަނޑިތަކުން ނުވަތަ މަޤްސަދުތަކުން ހާސިލްކުރަން ބޭނުންވާ މައިގަނޑު ކަމަކަށްވާންވާނީ ޢަދުލު އިންޞާފުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ އިސްލާމީ، ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، ޘަޤާފީ، އަޙްލާޤީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމާއި އިސްލާމީ ވަންތަކަމާއި ދިވެހިވަންތަކަން ހަރުދަނާކޮށް ދެމެހެއްޓުމެވެ.

3.14

 

 

މާއްދާ 4

ޕާޓީގެ ދާއިމީ މަންހަޖު

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށް މަސައްކަތްކުރުމުގައްޔާއި، ޕާޓީ ހިންގުމުގައްޔާއި، ޕާޓީއިން ނިންމާ ކޮންމެ ނިންމުމެއްގައި އިސްލާމް ދީނުގައި އެކަމެއް އޮތްގޮތަކީ ކޮބައިތޯބަލައި، އެއަށް ޢަމަލުކުރުން.

4.1

 

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށްޓަކައި ކުރާ ކޮންމެ ކަމެއް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރުން.

4.2

 

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށް މަސައްކަތް ކުރުމުގައި މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދިދާފަދަ އެއްވެސް ކަމެއް ނުކުރުމާއި، އެފަދަ އެއްވެސް ވަސީލަތެއް ބޭނުންނުކުރުން.

4.3

 

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށް މަސައްކަތް ކުރުމުގައްޔާއި، އިޞްލާޙުކުރަން ބޭނުންވާ ކަންކަން އިޞްލާޙު ކުރުމުގައްޔާއި، ބަދަލުކުރަން ބޭނުންވާ ކަންކަން ބަދަލު ކުރުމުގައި، އިސްލާމް ދީން ތަންދޭ ގޮތަކަށް ދިމުޤްރާޠީ އުޞޫލުތައް އިޚްތިޔާރުކުރުން.

4.4

 

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށްޓަކައި ފަރުދުންގެ ވިސްނުމާއި، ފިކުރާއި، ސުލޫކު އިޞްލާޙު ކުރުމަށް މަސައްކަތް ކުރުން. މިގޮތަށް މަސައްކަތް ކުރުމުގައި، ދަލީލާއި ޙުއްޖަތުގެ އަލީގައި، ވަޢުޡާއި ނަޞީޙަތުގެ ޒަރީޢާއިން އިސްލާމްދީނުގެ ޞައްޙަގޮތް ވިސްނައިދިނުމަށް،ޙިކުމަތްތެރިކަމާއެކު ދުރުރާސްތާ ޕްރޮގްރާމުތައް އިޚްތިޔާރުކުރުން. 

4.5

 

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި ސިޔާސީ މަސްރަޙުގައި ބޭނުންކުރަމުންދާ، އިސްލާމީ އުސޫލުތަކާއި ޘަޤާފަތާ ޚިލާފުވާފަދަ، އުކުޅުތައް ބޭނުން ނުކުރުން.

4.6

 

ސިޔާސީ ނިންމުންތައް ނިންމުމުގައި ޕާޓީގެ މަޞްލަޙަތާއި ފުށުއަރާ ގޮތްތަކެއް ކުރިމަތިވެ އެއިން ކޮންމެވެސް އެއްގޮތެއް އިޚްތިޔާރުކުރުމަށް މަޖުބޫރުވާ ހިނދު، އޭގެ ތެރެއިން އެންމެ ގެއްލުން ކުޑަގޮތަކީ ކޮބާތޯ ބަލައި އެގޮތް އިޚްތިޔާރުކުރުން.

4.7

 

 

މާއްދާ 5

މެމްބަރުން

ޕާޓީގެ ދުސްތޫރަށް ޙުރުމަތްތެރިކޮށްހިތާ، ޕާޓީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ފިކުރާއި އުޞޫލުތައް ޤަބޫލުކުރާ، މި ދުސްތޫރުގެ 6.1 ވަނަ މާއްދާގައި މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާކަމަށް ބުނެފައިވާ ސިފަތައްހުރި ކޮންމެ ދިވެހި ރައްޔިތަކަށް ޕާޓީގެ މެންބަރަކަށް ވެވިދާނެއެވެ.

5.1

 

 

މާއްދާ 6

ޕާޓީގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައް

ޕާޓީގެ މެންބަރަކަށްވުމަށް އެދޭ މީހެއްގައި އަންނަނިވި ސިފަތައް ހުރުން ލާޒިމުވާނެއެވެ.

6.1

 

މުސްލިމަކު ކަމުގައިވުން.

(ހ)

 

 

ދިވެހި ރައްޔިތަކުކަމުގައިވުން. އަދި މީގެ ކުރިން ދިވެހި ރައްޔިތެއް ނޫންނަމަ، ދިވެހިރައްޔިތަކު ކަމުގެ ޙައްޤު ލިބި، ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން އުޅޭތާ މެދުނުކެނޑި 15 އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ށ)

 

 

ޕާޓީގެ ދުސްތޫރާއި ޕާޓީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ އުޞޫލުތައް ޤަބޫލުކުރާ މީހަކު ކަމުގައިވުން.

(ނ)

 

 

ދިވެހިރާއްޖޭގައި ޕާޓީ ނިޒާމު ހިންގުމަށް ކަނޑައަޅާފައި އޮންނަ ޤާނޫނާއި ޤަވާއިދުގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ހުއްދަކުރާ ޢުމުރު ހަމަވެފައިވާ މީހެއްކަމުގައިވުން.

(ރ)

 

 

ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާޢިދުގައި ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން މަނާކުރާ މީހަކަށް، އަދި  ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތް ފަދަ ޤާނޫނީ ޝަޚްޞަކަށް ޕާޓީގެ މެންބަރަކަށް ނުވެވޭނެއެވެ.

6.2

 

 

މާއްދާ 7

މެންބަރުކަމަށް އެދުމާއި، މެންބަރުކަން ޤަބޫލުކުރުން

މެންބަރުކަމަށް އެދޭނީ ޕާޓީގެ މެންބަރުކަމަށް އެދޭ ފޯމުންނެވެ. މި ފޯމު ހުށަހަޅާނީ ޕާޓީގެ ރަޖިސްޓްރަރއަށެވެ. މިގޮތުން، ޕާޓީގެ ދާއިރާއެއްގެ ކޮމެޓީއެއް ނުވަތަ ޕާޓީގެ ގޮތްޕެއް މެދުވެރިކޮށްވެސް މިފޯމު ހުށަހެޅިދާނެއެވެ.

7.1

 

ޕާޓީގެ ލަނޑުދަނޑިތަކާއި، ޕާޓީގެ އުޞޫލުތަކާއި، ޕާޓީގެ މެންބަރުންގެ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވާ ލިޔުމެއް، ކޮންމެ މެންބަރަކަށްވެސް ފަސޭހައިން ލިބޭނެގޮތް  ހަމަޖެހިފައި އޮންނަންވާނެއެވެ.

7.2

 

މެންބަރުކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ޤަބޫލުކުރާނީ ޕާޓީގެ ރަޖިސްޓްރަރއެވެ.

7.3

 

ޕާޓީގެ މެންބަރަކަށްވާނީ، ޕާޓީގެ މެންބަރުކަމަށް އެދޭ މީހާގެ މެންބަރުކަން ޤަބޫލުކުރުމަށްފަހު، މެންބަރުންގެ ދަފުތަރުގައި ރަޖިސްޓަރީކުރުމުންނެވެ.

7.4

 

މެންބަރުކަމަށް އެދި މީހަކު ފޯމު ހުށަހެޅުމުން އެ ފޯމަށް ޖަވާބު ނުދީފިނަމަ ނުވަތަ މެންބަރުކަން ޤަބޫލުނުކުރާކަން ޕާޓީގެ ފަރާތުން އަންގައިފިނަމަ، އެމީހާއަށް އެމައްސަލަ ޢަދާލަތު ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ. އެކަމާއި މެދު ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ.

7.5

 

 

މާއްދާ 8

މެންބަރުންގެ ޙައްޤުތަކާއި ވާޖިބުތައް

މެންބަރުކަމަށް އެދޭނީ ޕާޓީގެ މެންބަރުކަމަށް އެދޭ ފޯމުންނެވެ. މި ފޯމު ހުށަހަޅާނީ ޕާޓީގެ ރަޖިސްޓްރަރއަށެވެ. މިގޮތުން، ޕާޓީގެ ދާއިރާއެއްގެ ކޮމެޓީއެއް ނުވަތަ ޕާޓީގެ ގޮތްޕެއް މެދުވެރިކޮށްވެސް މިފޯމު ހުށަހެޅިދާނެއެވެ.

8.1

 

ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޖަލްސާތަކަށް ޙާޟިރުވުން.

(ހ)

 

 

ޕާޓީގެ ޢާންމު ޖަލްސާތަކާއި، ބައްދަލުވުންތަކުގައި ޕާޓީއިން ކަނޑައަޅާ ގޮތެއްގެމަތީން ވާހަކަދެއްކުން.

(ށ)

 

 

އެ މެންބަރެއް ނިސްބަތްވާ ގޮފީގެ ހިންގާ ކޮމިޓީއަށް ކުރިމަތިލައި، އިންތިޚާބުވެއްޖެނަމަ ޙަރަކާތްތެރިވުން.

(ނ)

 

 

ޕާޓީގެ މަޤާމަކަށް ހޮވިއްޖެނަމަ އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުން.

(ރ)

 

 

ޕާޓީއިން ބާއްވާ އެކިއެކި އިންތިޚާބުތަކުގައި ވޯޓުދިނުން. 

(ބ)

 

 

ޕާޓީގެ އެކިއެކި މަޤާމުތަކަށް ނަން ހުށަހެޅުމާއި ކުރިމަތިލުން.

(ޅ)

 

 

ޕާޓީއިން ހިންގާ އެންމެހާ ޙަރަކާތްތަކުގައި ބައިވެރިވުން.

(ކ)

 

 

ޕާޓީގެ މަޤާމުތަކަށް ހޮވޭ ކޮންމެ މީހަކަށް އެމަޤާމެއް އަދާކުރުމުގެ މަގު ތަނަވަސްވެފައި އޮތުން.

(އ)

 

 

މި ދުސްތޫރުގެ 10.2 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައި، ތަޙްޤީޤުކުރުމުގައި އެމެންބަރަކަށް އޭނާގެ ދިފާޢުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި، ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުން.

(ވ)

 

 

މެންބަރަކާމެދު ޕާޓީގެ ރުކުނަކުން ނުވަތަ މަޖިލީހަކުން ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކީ މިދުސްތޫރާއި، ދުސްތޫރުން ބާރުލިބިގެން ހަދާފައިވާ ޤަވައިދަކާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ޤާބޫލުކުރެވިއްޖެނަމަ، ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ އުފުލުން.

(މ)

 

 

މެމްބަރެއްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅިއްޖެ ހިނދު، އެ ފިޔަވަޅެއް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކުރުން، މި ގޮތުން އިސްތިއުނާފްކުރުމަށްޓަކައި، އެ ފިޔަވަޅެއް އެޅުމަށް ސުލޫކު ކޮމިޓީއިން ފާސްކުރާތާ ގިނަވެގެން 14 ދުވަސްތެރޭ ފަނޑިޔާރުންގެ މަޖިލީހަށް ސިޓީއަކުން އަންގަންވާނެއެވެ.

(ފ)

 

 

ޕާޓީގެ ކޮންމެ މެންބަރަކަށްވެސް އަންނަނިވި ކަންކަން ވާޖިބުވެގެންވެއެވެ.

8.2

 

ޕާޓީގެ ދުސްތޫރާއި މެނިފެސްޓޯއާއި ޕާޓީގެ ޤަވާޢިދުތަކާއި އެއްގޮތަށް ސުލޫކު ބަހައްޓައި މިކަންކަން ދިފާޢުކުރުން.

(ހ)

 

 

ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ޕާޓީގެ މަޞްލަޙަތުތައް ރައްކައުތެރިކުރުމާއި ޕާޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް މަސައްކަތްކުރުމާއި ޕާޓީ ކުރިއެރުވުމަށް މަސައްކަތްކުރުން.

(ށ)

 

 

ދައުލަތުގެ އެކިއެކި މަޤާމުތަކަށް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ތާޢީދުކުރުމާއި، ތާޢީދު ހޯދުމަށް މަސައްކަތްކުރުން.

(ނ)

 

 

ޕާޓީގެ މަސްލަޙަތަށް އުނިކަމެއް ލިބި، ޕާޓީއަށް ހުތުރު ނަމެއް ލިބިދާފަދަ އެއްވެސް ކަމެއް ނުކުރުމާއި، އެފަދަ ކަމެއްގައި ބައިވެރި ނުވުމާއި، އެފަދަ ކަންކަމަށް ތާޢީދުކޮށް ހިތްވަރުނުދިނުން.

(ރ)

 

 

މެންބަރުކަމަށް އެދި ހުށަހެޅި ފޯމުގައި ދީފައިވާ އެއްވެސް މަޢުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެކަން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ރަޖިސްޓްރަރއަށް އެންގުން.

(ބ)

 

 

 

މާއްދާ 9

މެންބަރުންގެ ދަފްތަރު

ޕާޓީގެ މެންބަރުންގެ ދަފްތަރެއް ޕާޓީގެ މައި އޮފީހުގައި އޮންނަންވާނެއެވެ.

9.1

 

ޕާޓީގެ ކޮންމެ ގޮތްޕެއްގައި އެ ގޮތްޕެއްގައި ހިމެނޭ މެންބަރުންގެ ދަފްތަރެއް އޮންނަންވާނެއެވެ.

9.2

 

މެންބަރުންގެ ދަފްތަރުގައި މެންބަރުގެ އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

9.3

 

ފުރިހަމަ ނަމާއި ޢާންމުކޮށް ކިޔާނަން.

(ހ)

 

 

ޖިންސް. 

(ށ)

 

 

ދާއިމީ އެޑްރެސް.

(ނ)

 

 

ދިރިއުޅޭ އެޑްރެސް.

(ރ)

 

 

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު. (އަދި، އަލަށް ދިވެހިރައްޔިތަކަށް ވީމީހެއްނަމަ، ދިވެހިރައްޔިތަކަށްވި ތާރީޚް)

(ބ)

 

 

އުފަން ތާރީޚު. އަދި، އުފަންވިތަން، ނުވަތަ ޤައުމު.

(ޅ)

 

 

ގުޅޭނެ ފޯނު ނަންބަރު.

(ކ)

 

 

އީމެއިލް އެޑްރެސް. (އޮތްނަމަ)

(އ)

 

 

ޤާނޫނީގޮތުން ހިމަނަން ލާޒިމްވާ އެނޫން މަޢުލޫމާތު.

(ވ)

 

 

މާއްދާ 10

މެންބަރުކަން ނިމުމާއި، މެންބަރުކަމުން ވަކިކުރުމާއި، އަދަބު ދިނުމާއި، މެންބަރުކަމުން ވަކިވުން

ޕާޓީގެ މެންބަރަކަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ އެ މެންބަރެއްގެ މެންބަރުކަން ނިމުމަކަށް އަންނާނެއެވެ.

10.1

 

މަރުވުން.

(ހ)

 

 

މުރުތައްދުވުން.

(ށ)

 

 

ދިވެހިރައްޔިތުކަން ގެއްލުން ނުވަތަ ދިވެހިރައްޔިތުކަން ދޫކޮށް އެހެން ޤައުމެއްގެ ރައްޔިތުކަން ހޯދުން.

(ނ)

 

 

ޕާޓީގެ މެންބަރަކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެ މެންބަރެއްގެ މައްސަލަ ސުލޫކު  ކޮމެޓީއަށް ފޮނުވައި، މި ދުސްތޫރުގައި ބުނެފައިވާ ގޮތުގެ މަތިން އެ މެންބަރަކާއި މެދު ފިޔަވަޅު އެޅޭނެއެވެ.

10.2

 

ޕާޓީގެ ދުސްތޫރަށް އިންކާރުކުރުން.

(ހ)

 

 

ޕާޓީގެ ދުސްތޫރާއި ޚިލާފު ކަމެއް ކުރުން.

(ށ)

 

 

ޕާޓީގެ މަސްލަޙަތު ގެއްލިދާފަދަ ކަމެއްކުރުން.

(ނ)

 

 

މި ދުސްތޫރުގެ 10.2 ވަނަ މާއްދާގައި އެހެން އޮތްކަމުގައި ވިޔަސް ޕާޓީގެ ދުސްތޫރު އިޞްލާޙު ކުރުމަށް މި ދުސްތޫރުން ތަންދޭ ގޮތުގެ މަތިން ކުރާ މަސައްކަތަކީ ސުލޫކީ ކުށެއް ކަމުގައި ނުބެލެވޭނެއެވެ.

10.3

 

މެންބަރަކު މެންބަރުކަމުން ވަކިވާން އެދޭނަމަ ޕާޓީގެ މައި އޮފީހަށް ލިޔުމުން ފޮނުވުމުން، އިލެކްޝަންސް ކޮމިޝަނަށް ލިޔެ، އެކޮމިޝަނުގެ ދަފުތަރުން ވަކިކޮށްފިކަން ޕާޓީއަށް އެންގުމާއި އެކު އެމީހަކު ޕާޓީގެ މެންބަރުކަމުން ވަކިވީއެވެ.

(ހ)

10.4

 

 

ތިންވަނަ ބާބު

މާއްދާ 11

ޕާޓީގެ ރުކުންތައް

ޕާޓީ އެކުލެވިގެންވަނީ މި މާއްދާގައި ބުނެފައިވާ ރުކުންތަކުގެ މައްޗަށެވެ.

11.1

 

ޤައުމީ މަޖިލިސް (ކޮންގްރެސް).

(ހ)

 

 

ޢިލްމުވެރިންގެ މަޖިލިސް.

(ށ)

 

 

މަޝްވަރާ މަޖިލިސް.

(ނ)

 

 

ފަނޑިޔާރުންގެ މަޖިލިސް.

(ރ)

 

 

އިދާރީ މަޖިލިސް.

(ބ)

 

 

އަންހެނުންގެ މަޖިލިސް.

(ޅ)

 

 

ޒުވާނުންގެ މަޖިލިސް.

(ކ)

 

 

ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް.

(އ)

 

 

ކައުންސިލަރުންގެ ގްރޫޕް.

(ވ)

 

 

ދާއިރާ ކޮމިޓީ.  

(މ)

 

 

އަތޮޅު ކޮމިޓީ.

(ފ)

 

 

ސިޓީ ކޮމިޓީ.

(ދ)

 

 

ރަށު ކޮމިޓީ.

(ތ)

 

 

އަހަރީ ޢާއްމު ޖަލްސާ.

(ލ)

 

 

ޔުނިޓްތައް.

(ގ)

 

 

މި ދުސްތޫރުގެ 11.1 ވަނަ މާއްދާގައި ބުނެފައިވާ ރުކުންތަކުގެ ތެރެއިން ރުކުނެއް، ނުވަތަ ރުކުންތަކެއް އުނިކުރުމުގެ ބާރު ނުވަތަ، ރުކުނެއް ނުވަތަ ރުކުންތަކެއް އިތުރުކުރުމުގެ ބާރު، ލިބިގެންވަނީ ހަމަ އެކަނި ޤައުމީ މަޖިލީހަށެވެ.

 

11.2

 

މާއްދާ 12

ޤައުމީ މަޖިލިސް

ޤައުމީ މަޖިލީހަކީ ޕާޓީގެ އެންމެ އިސް ރުކުނެވެ. މި މަޖިލިސް އެކުލެވިގެންވަނީ މި މާއްދާގައި ބުނެފައިވާ މެންބަރުންގެ މައްޗަށެވެ:

12.1

 

ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުން.

(ހ)

 

 

މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުން.

(ށ)

 

 

ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން.

(ނ)

 

 

އިދާރީ މަޖިލީހުގެ ހުރިހާ މެންބަރުރް.

(ރ)

 

 

އަންހެނުންގެ މަޖިލީހުގެ ހުރިހާ މެންބަރުން.

(ބ)

 

 

ޒުވާނުންގެ މަޖިލީހުގެ ހުރިހާ މެންބަރުން.

(ޅ)

 

 

ދާއިރާތަކުގެ ރައީސުން.

(ކ)

 

 

ގޮފިތަކުގެ ރައީސުންނާއި މި ދުސްތޫރުގެ 32.6 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ އިތުރު މަންދޫބުން. ގޮތްޕެއްގެ ރައީސަކަށް ބައިވެރި ނުވެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އޭނާގެ ބަދަލުގައި ގޮފީގެ ހިންގާ ކޮމިޓީއިން ހޮވާ އެހެން މެންބަރަކު ބައިވެރިވާގޮތަށް ހަމަޖެއްސިދާނެއެވެ.

(އ)

 

 

ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުން.

(ވ)

 

 

ދައުލަތުގެ ސިޔާސީ މަޤާމެއްގައި ޕާޓީ ތަމްޘީލްކުރާ ހުރިހާ މެންބަރުން.

(މ)

 

 

ޕާޓީގެ ތަމްޘީލްކުރާ އިންތިޚާބީ މަޤާމެއް އަދާކުރަމުންދާ ހުރިހައި މެންބަރުން.

(ފ)

 

 

ދާއިމީ ކޮމިޓީތަކުގެ މެންބަރުން

(ދ)

 

 

 

މާއްދާ 13

ޤައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ޤައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަކީ:

13.1

 

ޕާޓީގެ މެނިފެސްޓޯއަށް އިސްލާޙު ހުށަހެޅިފައިވާނަމަ އެއިސްލާޙުތައް ފާސްކުރުން.

(ހ)

 

 

ޕާޓީގެ ދުސްތޫރުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން، ޤައުމީ މަޖިލީހަށް އިސްލާހުކުރެވޭނެކަމަށް ކަނޑައެޅިފައިވާ މާއްދާއަކަށް އިސްލާހެއް ހުށައެޅިފައިވާނަމަ، އެ އިސްލާހުތައް ފާސްކުރުން.

(ށ)

 

 

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ހޮވޭ ޕާޓީގެ ރައީސްއާއި ނައިބު ރައީސްގެ ނަން އިޢުލާން ކުރުން.

(ނ)

 

 

ކުރިއަށް އޮތް 5 އަހަރު ދުވަހަށް މަޝްވަރާ މަޖިލީހަށް ހޮވަންޖެހޭ 12 މެންބަރުން އިންތިޚާބުކުރުން. މި މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ކިބައިގައި އަންނަނިވި ޝަރުތުތައް ހަމަވާން ވާނެއެވެ.

(ރ)

 

 

އުމުރުން 40 އަހަރުވެފައިވުން؛

(1)

 

 

 

ޕާޓީގެ މެމްބަރެއްގެ ގޮތުގައި މެދުނުކެނޑި 10 އަހަރުވެފައިވުން،

(2)

 

 

 

ޕާޓީގެ ސުލޫކު ކޮމިޓީއިން ފާއިތުވި 3 އަހަރުތެރޭގައި ފިޔަވަޅުއަޅާފައި ނެވުން: އަދި

(3)

 

 

 

އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ފާއިތުވި 10 އަހަރުތެރޭގައި ސާބިތުވެފައި ނެތުން.

(4)

 

 

 

ޤައުމީ މަޖިލީހުގެ ކޮންމެ ދައުރެއްގެ ފަށާ ޖަލްސާގައި ޢިލްމުވެރިންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ނަންތައް ތަޞްދީޤުކުރުން.

(ޅ)

 

 

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ފަނޑިޔާރުންގެ މަޖިލީހަށް ޤައުމީ މަޖިލީހުން ކަނޑައަޅާ މެންބަރުން އިންތިޚާބު ކުރުމާއި، އެމަޖިލީހުގެ އިސްފަނޑިޔާރު އިންތިޚާބުކުރުން.

(ކ)

 

 

ކުރިޔަށް އޮތް 5 އަހަރު ދުވަހަށް އަންހެނުންގެ މަޖިލީހަށާއި ޒުވާނުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުން.

(އ)

 

 

ޕާޓީގެ މައި އޮފީސް ހުންނަ ރަށް ބަދަލު ކުރަން ފެނިއްޖެ ޙާލަތެއްގައި އެރަށެއް ކަނޑައެޅުން.

(ވ)

 

 

މި ދުސްތޫރުގެ 49 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ޕާޓީ އުވާލުން.

(މ)

 

 

މި ދުސްތޫރުގެ 49 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޕާޓީ އުވާލެވޭ ޙާލަތެއް ދިމާވެއްޖެނަމަ އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޕާޓީގެ މިލްކުގައިވާ ތަކެއްޗާއި ފައިސާ ޙަވާލުކުރަންޖެހޭ ފަރާތަކާއި އެތަކެތި ޙަވާލުކުރުން.

(ފ)

 

 

ޕާޓީގެ ރުކުންތަކަށް އުނިއިތުރު ގެނައުން.

(ދ)

 

 

 

މާއްދާ 14

ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް

ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

14.1

 

ޤައުމީ މަޖިލިސް އިންތިޒާމުކޮށް، ހިންގާނީ ޕާޓީގެ ރައީސްގެ ލަފާގެ މަތިން ޕާޓީގެ އަމީން ޢާއްމެވެ.

14.2

 

ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވާނީ ކޮންމެ 5 އަހަރަކުން އެއްފަހަރުއެވެ. ނަމަވެސް ޕާޓީގެ ރައީސް ބޭނުންވެއްޖެ ޙާލަތެއްގައި ނުވަތަ ޤައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދިއްޖެ ޙާލަތެއްގައި މި ދުސްތޫރުގެ 14.4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވިދާނެއެވެ. އަދި، ޤައުމީ މަޖިލީހުގެ ޖުމްލަ ޢަދަދުގެ ތިންބައިކުޅަ ދެބައި މެންބަރުން، ސަބަބު ބަޔާންކޮށް މަޝްވަރާ މަޖިލީހަށް ސިޓީއެއް ފޮނުވައިފިނަމަ، އިތުރު ފާސްކުރުމަކާއި ނުލާ، ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

14.3

 

ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ބޭނުންވެއްޖެނަމަ ރައީސްގެ ފަރާތުން ނުވަތަ ޤައުމީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ފަރާތުން އެކަމަށް އެދި، ސަބަބު ބަޔާންކޮށް، މަޝްވަރާ މަޖިލީހަށް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި މަޝްވަރާ މަޖިލީހުން އެބައްދަލުވުން ބާއްވަން ފާސްވެއްޖެނަމަ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

14.4

 

ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ކަނޑައެޅޭ ތާރީޚުގެ މަދުވެގެން 30 ދުވަސް ކުރިން ބައްދަލުވުން ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި، ބައްދަލުވުން ބޭއްވުމަށް ކަނޑައެޅިފައިވާ ތަނާއި، އެޖެންޑާ، ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ލިޔުމުން އަންގަންވާނެއެވެ. އަދި، ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާކަމުގައިވާނަމަ، އެ ބައްދަލުވުމެއް ބޭއްވުމުގެ 10 ދުވަސް ކުރިން، މިބުނެވުނު ކަންތައްތައް ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ލިޔުމުން އަންގަންވާނެއެވެ. 

14.5

 

ޤައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ޕާޓީގެ ނައިބު ރައީސެވެ. އަދި، އެ ދެމީހުން ވެސް ނެތް ޙާލަތެއްގައި ޤައުމީ މަޖިލީހުން ރިޔާސަތު ބަލަހައްޓަން ޢައްޔަންކުރާ، އެ މަޖިލީހުގެ މެންބަރެކެވެ.

14.6

 

ޤައުމީ މަޖިލީހުގެ އިފްތިތާޙީ ޖަލްސާ ޝަރަފުވެރި ކުރާނީ ހިނގަމުންދާ ދައުރުގެ ރައީސެވެ. އަދި ނިންމާ ޖަލްސާ ޝަރަފުވެރި ކުރާނީ އައު ދައުރުގެ ރައީސެވެ.

14.7

 

ޤައުމީ މަޖިލީހުގެ ނިންމުންތައް ނިންމާނީ ޙާޟިރުވެ ތިބި މެންބަރުންގެ މުޠުލަޤު އަޣްލަބިއްޔަތުންނެވެ.

14.8

 

ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވާނީ ޕާޓީގެ މައި އޮފީސް ހުންނަ ރަށުގައެވެ. ނަމަވެސް މަޝްވަރާ މަޖިލީހުގެ ރުހުމާއި އެކު ޕާޓީގެ ރައީސަށް ފެންނަ އެހެން ތަނެއްގައި ވެސް ބައްދަލުވުން ބޭއްވިދާނެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާ ހިނދެއްގައި ނުވަތަ ޤާނޫނު ނަންބަރު 7/2012 ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާ ހިނދެއްގައި ނުވަތަ ޤާނޫނު ނަންބަރު 28/2015 ގައި ބަޔާންކޮށްފައިވާ ކާރިޘާގެ ޙާލަތު އިޢުލާނު ކޮށްފައިވާ ހިނދެއްގައި ނުވަތަ މި ދެންނެވުނު ޤާނޫނު ތަކުގައި ބަޔާންކުރާފަދަ، އާންމުކޮށް ޤައުމީ މަޖިލީހުގެ މެމްބަރުން ޖަލްސާއެއް ބޭއްވުމަށް އެއްތަނަކަށް ޖަމާވުމަށް ނުކުޅެދޭނެ ނުވަތަ ނުރައްކާވާފަދަ ނުވަތަ ދަތިވާފަދަ ހާލަތެއް، ޖަލްސާ ބާއްވާނެ ތަނަކާމެދު ގޮތެއް ނިންމާ ވަގުތު މެދުވެރިވެފައިވާ ނަމަ، މުޅި ޤައުމީ މަޖިލީހުގެ ބައްދަލްވުން އެއްކޮށް ވެބް ކޮންފަރަންސް މެދުވެރިކޮށް ބޭއްވުމަށް، ނުވަތަ ވަކިތަކަނަކަށް ޙާޟިރުވުމަށް އުޒުރުވެރިވާ ޤައުމީ މަޖިލީހުގެ މެންބަރުންނަށް ވެބް ކޮންފަރަންސް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މަޝްވަރާ މިޖިލީހަށް ނިންމި ދާނެއެވެ. މިގޮތަށް ޤައުމީ މަޖިލީހުގެ ޖަލްސާ ވެބްކޮންފަރަންސް މެދުވެރިކޮށް ބޭއްވުމަށް ނިންމައިފި ހިނދެއްގައި، ޤައުމީ މަޖިލީހުގެ ޖަލްސާ ވެބްކޮންފަރަންސްކޮށް ބާއްވާނެ ގޮތުގެ އުސޫލެއް މަޝްވަރާ މަޖިލީހުން ފާސްކުރަންވާނެއެވެ.

14.9

 

ޤައުމީ މަޖިލީހުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

14.10

 

ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް  އަޑުއެހުމަށް ޕާޓީގެ ޢާއްމު މެންބަރުން ވަނުމުގެ ޙައްޤު އެމީހުނަށް ލިބިގެންވެއެވެ. އަދި، އިދާރީ މަޖިލީހުން ދަޢުވަތުދޭ ބަޔަކަށް ވެސް ޤައުމީ މަޖިލިހުގެ އިފްތިތާޙީ ޖަލްސާ އާއި ނިންމާ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.

14.11

 

 

މާއްދާ 15

ޢިލްމުވެރިންގެ މަޖިލިސް

މި ދުސްތޫރުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓިގެ ދާއިމީ މަންހަޖު ހިފަހައްޓައި ދެމެހެއްޓުމަށްޓަކައި ޢިލްމުވެރިންގެ މަޖިލީހެއް އޮންނަންވާނެއެވެ.

15.1

 

ޢިލްމުވެރިންގެ މަޖިލިސް އެކުލެވިގެންވަނީ ޕާޓީގެ މެންބަރުންގެ ތެރޭގައި ތިބި، ދީނީ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ، އިތުބާރުހުރި ދީނީ ޢިލްމުވެރިންގެ މައްޗަށެވެ. އަދި، މި މަޖިލީހުގެ މެންބަރުންގެ ކިބައިގައި އެމީހެއްގެ ތަޚައްޞުޞެއްގެ ތަޖުރިބާ ހުންނަންވާނެއެވެ.

15.2

 

ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނަކީ ޢުމުރަށް ޢައްޔަން ކުރެވޭ ބައެކެވެ.

15.3

 

ނަމަވެސް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރި ވެއްޖެނަމަ މެންބަރުކަން ގެއްލޭނެއެވެ.

(ހ)

 

 

އަމިއްލައަށް އިސްތިއުފާ ދިނުން؛

(1)

 

 

 

ޕާޓީގެ މެންބަރުކަމުން ވަކިވުން؛

(2)

 

 

 

މި ދުސްތޫރުގެ 40.2 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ މެންބަރަކު ވަކިކުރަން ނިންމުން؛

(3)

 

 

 

މި މަޖިލީހުގައި މަދުވެގެން 9 މެންބަރުން ތިބެންވާނެއެވެ. އަދި ގިނަވެގެން ތިބެވޭނެ ޢަދަދު، މި ދުސްތޫރުގެ 16.3 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހަދާ މި މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި، ބަޔާންކޮށްފައި އޮންނަންވާނެއެވެ.

15.4

 

އައު ދައުރަކަށް ޤައުމީ މަޖިލިސް ބޭއްވުމުގެ 2 މަސްދުވަސް ކުރިން އެއްވެސް ސަބަބަކާއި ހުރެ ޢިލްމުވެރިންގެ މަޖިލީހުގެ އަސާސީ ޢަދަދަށް ވުރެ މެންބަރުން މަދުވެއްޖެނަމަ، މަދުވި ޢަދަދު ވަގުތީ ގޮތުން ޢިލްމުވެރިންގެ މަޖިލީހުން ޢައްޔަން ކުރަންވާނެއެވެ. އަދި މިޢައްޔަންކުރުން މަޝްވަރާ މަޖިލީހުން ތަޞްދީޤުކުރަންވާނެއެވެ.

15.5

 

މި މަޖިލީހުގައި ރައީސަކާއި، ނައިބު ރައީސަކާއި، ސެކްރެޓަރީއަކު ހުންނަންވާނެއެވެ.

15.6

 

މި ދުސްތޫރުގެ 15.6 ގައި ބުނެފައިވާ މަޤާމުތަކަށް މީހުން ކަނޑައަޅާނީ ޢިލްމުވެރިންގެ މަޖިލީހުންނެވެ. މި މަޤާމުތަކުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރުދުވަހެވެ. ކޮންމެ ދައުރެއް ނިމުމުގެ 1 މަސްދުވަސް ކުރިން އައު ދައުރަށްޓަކައި މި މަޤާމުތަކަށް މީހުން ހޮވަންވާނެއެވެ.

15.7

 

ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރަކަށް ޕާޓީގެ ރައީސްކަން ނުވަތަ، ޕާޓީގެ ނައިބު ރައީސްކަން އަދައެއް ނުކުރެވޭނެއެވެ. މިއިން މަޤާމަކަށް ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރަކު ހޮވިއްޖެ ކަމުގައިވާނަމަ، ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަމުން އޭނާ ވަކިވާނެއެވެ. ނަމަވެސް، ޕާޓީގެ ރައީސްކަމުގެ، ނުވަތަ ނައިބު ރައީސްކަމުގެ ދައުރު އަދާކޮށް ނިމުމާއިއެކު، ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަން ރުޖޫޢަވާނެއެވެ.

15.8

 

މި މަޖިލީހުގެ މެންބަރުންނަކީ ޕާޓީގެ ސިޔާސަތު ދަންނަ، އެއަށް ތަބާވާ ބަޔަކަށް ވާންވާނެއެވެ.

15.9

 

މި ދުސްތޫރުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، ޢިލްމުވެރިންގެ މަޖިލީހުގެ ނިންމުމެއްކަމަށް ނުވަތަ ލަފައެއްކަމަށް ބެލެވޭނީ އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ނިންމާ ނިންމުމެވެ. ނުވަތަ ލަފައެވެ.

15.10

 

ޢިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

15.11

 

ޢިލްމުވެރިންގެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން އަހަރަކު ހަތަރު ފަހަރު ބާއްވަންވާނެއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވިދާނެއެވެ. އަދި މަޖިލީހުގެ ތިން މެންބަރުން ޖަލްސާއެއް ބާއްވަން އެދި ލިޔުމުން މަޖިލީހުގެ ރައީސަށް ފޮނުވައިފިނަމަ، މަޖިލީހުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

15.12

 

 

މާއްދާ 16

ޢިލްމުވެރިންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް

ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުންނަކީ ޢުމުރަށް ޢައްޔަން ކުރެވޭ ބައެކެވެ.

16.1

 

ޕާޓީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި ދީނީ ނަޒަރަކުން ޤައުމުގެ މުސްތަޤްބަލުގެ ތަފްޞީލީ ތަޞައްވުރެއް އެކުލަވާލައި، މިކަން ޙާޞިލްކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އެޖެންޑާތައް އެކަށައަޅާ، ރާވަންޖެހޭ ދުރުރާސްތާ ރޭވުންތައް ރާވައި މަޝްވަރާ މަޖިލީހަށް ހުށަހެޅުން.

(ހ)

 

 

ދީނުގައި ކަމެއް އޮންނަގޮތް އޮޅުން ފިލުވަން ޕާޓީގެ އެއްވެސް ރުކުނަކުން، ނުވަތަ މަޖިލީހަކުން، ނުވަތަ ކޮމެޓީއަކުން، އެދިއްޖެނަމަ، އެކަމުގައި ދީނުގައި އޮތްގޮތް ބަޔާންކުރުން.

(ށ)

 

 

ޕާޓީގެ އެއްވެސް ރުކުނަކުން، ނުވަތަ މަޖިލީހަކުން، ނުވަތަ ކޮމެޓީއަކުން އިސްލާމްދީނާއި ޚިލާފުވާފަދަ ކަމެއް ކުރާނަމަ އެކަމެއް ހުއްޓުވުން.

(ނ)

 

 

ދީނުގެ ދަޢުވަތު ދިނުމާއި، ފޮތް އެކުލަވާލުމާއި، ތަރުޖަމާކުރުމާއި، ދިރާސާކުރުމާއި، ހޭލުންތެރިކުރުމާބެހޭ ޚާއްސަ ކޮމެޓީއެއް ނުވަތަ ކޮމެޓީތަކެއް އުފައްދައި، އެ ކޮމެޓީއެއް ނުވަތަ އެ ކޮމެޓީތައް ހިންގުން.

(ރ)

 

 

މުޖުތަމަޢުގައި ހިނގާ އިސްލާމްދީނާއި ޚިލާފު ކަންތައްތަކާއި ގުޅޭގޮތުން ބަހުޡްކޮށް، ޤަރާރު ނެރުން.

(ބ)

 

 

ރައްޔިތުން އެމައްޗަށް ޢަމަލު ކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް އިސްލާމްދިނުގެ އުސޫލުތަކާއި ނުވަތަ ޝިއާރުތަކާއި ފުށުއަރާގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހަދައިފިނަމަ، ނުވަތަ  ހަދަން މަސައްކަތް ކުރާކަން އެނގިއްޖެނަމަ، އެފަދަ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިޔަ ނުދިނުމަށް ކުރެވެންހުރި އެންމެހައި ކަންކަން ކުރުމާއި، އެފަދަ ކަމެއްގައި ދީނުގައި ކަންއޮތްގޮތް ރައްޔިތުންނަށް ހާމަކޮށްދިނުން. އަދި، ދީނުގައި ކަނޑައެޅިފައި އޮތް ކަމަކަށް ޢަމަލުކުރުމަށް ހުރަސްއެޅޭގޮތަށް ހެދިފައި ހުންނަ އެންމެހައި ޤާނޫނާއި ޤަވާޢިދު އިސްލާޙު ކުރުމަށް ކުރެވެން ހުރި އެންމެހައި ކަންކަން ކުރުން.

(ޅ)

 

 

ޢިލްމުވެރިންގެ މަޖިލީހުން މާޝްވަރާ މަޖިލީހަށް ޢައްޔަންކުރާ މެންބަރުން އިންތިޚާބުކުރުން.

(ކ)

 

 

ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ނިންމުމެއް އިޞްލާޙުކޮށް ބަދަލުކުރުމުގެ ބާރު ޢިލްމުވެރިންގެ މަޖިލީހަށް ލިބިގެންވެއެވެ. މިގޮތުން އެނިންމުމެއް ބަދަލުކުރާނަމަ އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބެންވާނެއެވެ.

16.2

 

ޢިލްމުވެރިންގެ މަޖިލީހުގެ ހިންގުމުގެ ޤަވާއިދެއް އެމަޖިލީހުން ހަދައި ފާސްކޮށް، މަޝްވަރާ މަޖިލީހުން ތަޞްދީޤުކޮށްފައި އޮންނަންވާނެއެވެ. ޢިލްމުވެރިންގެ މަޖިލީހުގެ ހިންގާ ޤަވާއިދު ނުވަތަ އެޤަވާއިދަށް ގެންނަ އިޞްލާޙެއް ތަޞްދީޤުނުކޮށް އަލުން ވިސްނުމަށް އަނބުރާ ފޮނުވާލުމަށް މަޝްވަރާ މަޖިލީހުން ނިންމައިފި ހިނދެއްގައި، އަލުން ވިސްނުމަށްފަހު އެއްވެސް ބަދަލެއްގެންނަންޖެހޭ ތަނެއް ނެތްކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣްލަބިއްޔަތުން ނިންމައިފިނަމަ މަޝްވަރާ މަޖިލީހުން އެ ޤަވައިދު ތަޞްދީޤު ކުރަންވާނެއެވެ.

16.3

 

 

މާއްދާ 17

މަޝްވަރާ މަޖިލިސް

މަޝްވަރާ މަޖިލީހަކީ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާ ރުކުނެވެ. 

17.1

 

މަޝްވަރާ މަޖިލިސް އެކުލެވިގެންވަނީ މި މާއްދާގައި ބުނެފައިވާ މެންބަރުންގެ މައްޗަށެވެ:

17.2

 

ޕާޓީގެ ރައީސް.

(ހ)

 

 

ޕާޓީގެ ނައިބު ރައީސުން.

(ށ)

 

 

ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހައި މެންބަރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު މަޝްވަރާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދުގެ 25 އިންސައްތައަށްވުރެ ގިނަ ނަމަ، ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުން ނުހިމަނައި މަޝްވަރާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދުގެ 25 އިންސައްތައަށް ވާ ޢަދަދަށް ޢިލްމުވެރިންގެ މަޖިލީހުން ޢައްޔަންކުރާ އެ މަޖިލީހުގެ މެންބަރުން.

(ނ)

 

 

ޕާލިމެންޓަރީ ގްރޫޕުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ގްރޫޕުން ކަނޑައަޅާ ޕާލިމެންޓަރީ ގްރޫޕުގެ 5 މެންބަރުން. ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، އެ ގްރޫޕުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޕާލިމެންޓަރީ ގްރޫޕުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ އެއްބަޔަށް ވާ ޢަދަދަށް ޕާލިމެންޓަރީ ގްރޫޕުން ކަނޑައަޅާ އެގްރޫޕުގެ މެންބަރުން. ޕާލިމެންޓްރީ ގްރޫޕެއް ނެތްނަމަ ރައްޔިތުންގެ މަޖިލިހުގައި ޕާޓީ ތަމްސީލު ކުރައްވާ ހުރިހައި މެންބަރުން.

(ރ)

 

 

އިދާރީ މަޖިލީހުގެ ހުރިހާ މެންބަރުން.

(ބ)

 

 

އަންހެނުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސާއި އެ މަޖިލީހުން ކަނޑައަޅާ އިތުރު 2 މެންބަރުން.

(ޅ)

 

 

ޒުވާނުންގެ މަޖިލީހުގެ ރައީސާއި،  ނައިބު ރައީސާއި އެ މަޖިލީހުން ކަނޑައަޅާ އިތުރު 2 މެންބަރުން.

(ކ)

 

 

ދާއިރާ ރައީސުން.

(އ)

 

 

މަޝްވަރާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޤައުމީ މަޖިލީހުން ހޮވާ 12 މެންބަރުން.

(ވ)

 

 

މި ދުސްތޫރުގައި 37.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިމީ ކޮމިޓީތަކުގެ މުޤައްރިރުން.

(މ)

 

 

ޕާޓީގެ ފަރާތުން ސަރުކާރުގައި ތަމްސީލުކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން

(ފ)

 

 

ކައުންސިލަރުންގެ ގްރޫޕުގެ ރައީސާއި ނައިބު ރައީސާއި، އެ ގްރޫޕުން ކަނޑައަޅާ އިތުރު 2 މެންބަރުން.

(ދ)

 

 

 

މާއްދާ 18

މަޝްވަރާ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

މަޝްވަރާ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަކީ:

18.1

 

ޕާޓީގެ ދުރުރާސްތާ އަދި ކުރުރާސްތާ ސިޔާސަތުތައް ކަނޑައެޅުން.

(ހ)

 

 

ޢިލްމުވެރިންގެ މަޖިލީހުން ނެރޭ ޤަރާރުތައް ފިޔަވައި، ޕާޓީއިން ނެރޭ އެހެނިހެން ޤަރާރުތައް ނެރުން.

(ށ)

 

 

އަހަރީ ޢާންމު ޖަލްސާއިން ހުށަހަޅާ ހުށަހެޅުންތައް ފާސްކުރުން.

(ނ)

 

 

މި ދުސްތޫރަށް ގެންނަންވާ އިޞްލާޙުތައް ގެނެސް، ފާސްކުރުން.

(ރ)

 

 

ޕާޓީގެ މެނިފެސްޓޯއަށް ގެންނަންވާ އިޞްލާޙުތައް ހުށަހެޅުން.

(ބ)

 

 

އަހަރީ ބަޖެޓު ފާސްކުރުން.

(ޅ)

 

 

އަހަރީ އޯޑިޓް ރިޕޯޓު ފާސްކުރުން.

(ކ)

 

 

މި ދުސްތޫރުގެ 37.1 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމިޓީތަކަށް އުނިއިތުރު ގެނައުމާއި، ކޮމެޓީތަކަށް މެންބަރުން ހޮވުމާއި ވަކިކުރުން. 

(އ)

 

 

އިދާރީ މަޖިލީހުގެ މަޤާމުތަކަށް ޕާޓީގެ ރައީސް ކަނޑައަޅާ މީހުންގެ ނަންތައް ތަޞްދީޤުކުރުން.

(ވ)

 

 

ޕާޓީއިން އެއްވެސް ކަމެއްގައި، އެއްވެސް ފަރާތަކާއި ގުޅުން ބަދަހިކުރާނަމަ، ނުވަތަ އިއްތިޙާދުވާނަމަ، މި ދުސްތޫރުގެ 45، 46، އަދި 47 ވަނަ މާއްދާގައި ބުނެފައިވާ މަޝްވަރާ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، އެކަމަކާއި ގުޅޭގޮތުން، ތަންފީޒުކުރުން.

(މ)

 

 

ހިނގަމުންދާ ދައުރު ހަމަވުމުގެ ކުރިން، އެއްވެސް ސަބަބަކާއި ހުރެ ޕާޓީގެ ރައީސްގެ މަޤާމު، ނުވަތަ ޕާޓީގެ ނައިބު ރައީސެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ ހުސްވި މަޤާމަށް މީހަކު ޢައްޔަންކުރުން. ޕާޓީގެ ރައީސްގެ މަޤާމު ހުސްވެއްޖެނަމަ އެމަޤާމަށް އައްޔަންކުރާނީ ޕާޓީގެ ނައިބު ރައީސުންކުރެ ޕާޓީގެ ރައީސްކަމުގެ އިންތިޚާބުގައި އެ ދައުރަކަށް ހޮވުނު ރައީސްގެ ރަނިންގ މޭޓެއްގެ ގޮތުގައި ވާދަކުރި ނައިބު ރައީސެވެ. އެ ނައިބު ރައީސް ނެތްނަމަ، ދެންތިއްބެވި ނައިބު ރައީސުންކުރެ އެއް ނައިބު ރައީސެވެ. ނައިބު ރައީސެއްގެ މަޤާމު ހުސްވެއްޖެ ނަމަ އެމަޤާމަށް އައްޔަންކުރަން ފެންނަ ނަމެއް ހުށަހަޅާނީ ޕާޓީގެ ރައީސެވެ. އެއްވެސް ސަބަބަކާހުރެ ޕާޓީގެ ރައީސާއި 3 ނައިބު ރައީސުންގެ މަޤާމު އެއްފަހަރާ ހުސްވެއްޖެނަމަ ޕާޓީގެ ރައީސްގެ މަޤާމަށް އައްޔަންކުރަން ފެންނަ ނަމެއް ހުށަހަޅާނީ ޢިލްމުވެރިންގެ މަޖިލީހުންނެވެ.

(ފ)

 

 

އިދާރީ މަޖިލީހުގެ މަޤާމުތަކުގެ ގޮތުގައި އުފައްދަން ފެންނަ މަޤާމުތައް އުފެއްދުން.

(ދ)

 

 

ފަނޑިޔާރުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ޒުވާނުންގެ މަޖިލީހާއި، މިދުސްތޫރުގެ 13.1 ވަނަ މާއްދާގެ (ރ) ގެ ދަށުން ޤައުމީ މަޖިލީހުން މަޝްވަރާ މަޖިލީހަށް ހޮވާ 12 މެންބަރުންގެ ތެރެއިން، މަޤާމެއް ނުވަތަ މަޤާމުތަކެއް ހުސްވެއްޖެނަމަ، ދައުރުގެ ބާކީ އޮތް މުއްދަތަށް އެމަޤާމަށް ނުވަތަ މަޤާމުތަކަށް ވަގުތީ މެންބަރުން ހޮވުން.

(ތ)

 

 

މި ދުސްތޫރުގެ 40.2 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ މަޖިލީހުން ކުރާ ޙުކުމްތައް ތަންފީޒުކުރުން.

(ލ)

 

 

ޕާޓީގެ ހިންގުމަށް ނުވަތަ ޕާޓީއިން ތަންފީޒު ކުރަން ބޭނުންވާ ވަކި ކަމަކަށް އަމާޒުކޮށް ޚާއްސަ ކޮމިޓީތައް ހޮވުން.

(ގ)

 

 

މި ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޢިލްމުވެރިންގެ މަޖިލީސް ފިޔަވައި އެމާއްދާގައި ބުނެފައިވާ ޕާޓީގެ ރުކުންތަކާއި، 37.1 ވަނަ މާއްދާގައި ބުނެފައިވާ ދާއިމީ ކޮމިޓީތަކުގެ ހިންގުމުގެ ޤަވާޢިދުތަކުގެ އިތުރުން އަދި އެހެނިހެންވެސް ޤަވާއިދުތަކަށް އުނި އިތުރު ގެނެސް ތަޞްދީޤުކުރުން.

(ޏ)

 

 

ޕާޓީގެ ޤައުމީ މަޖިލިސް ފަސްކުރަން ޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޤައުމީ މަޖިލިސް ފަސްކުރުން. މި ގޮތަށް ޤައުމީ މަޖިލިސް ފަސްކުރަން ނިންމައިފި ހިނދެއްގައި، މި ދުސްތޫރުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕާޓީގެ މަޤާމުތަކުގައި ތިބި މެންބަރުންގެ ދައުރުގެ މުއްދަތު، މި ދުސްތޫރުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުރު ބަދަލުވުމާ ހަމައަށް ދެމިގެންދާނެއެވެ.

(ސ)

 

 

މަޝްވަރާ މަޖިލިހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ބަޔާންކޮށްފައި ނުވިނަމަވެސް ޕާޓީ ހިންގުމަށްޓަކައި ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމުން.

(ޑ)

 

 

މަޝްވަރާ މަޖިލިސް ހިންގުމުގެ ޤަވާޢިދެއް ހަދައި، އެމަޖިލީހުން ފާސްކޮށްފައި އޮންނަންވާނެއެވެ.

18.2

 

 

މާއްދާ 19

މަޝްވަރާ މަޖިލީހުގެ ބައްދަލުވުންތައް

މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް މަދުވެގެން މަހަކު 1 ފަހަރު ބާއްވަންވާނެއެވެ. 

19.1

 

މަޝްވަރާ މަޖިލީހުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ މި ދުސްތޫރުގެ 38.1 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

19.2

 

މަޝްވަރާ މަޖިލިހުގެ ބައްދަލުވުމެއް ބޭއްވޭނީ އެޖަލްސާއަކަށް މަދުވެގެން  މަޖިލިހުގެ ތިން ބައިކުޅަ އެއްބައި މެންބަރުން ޙާޟިރުވުމުންނެވެ.

19.3

 

މަޝްވަރާ މަޖިލީހުގެ ނިންމުންތައް ނިންމާނީ ޙާޟިރުވެތިބި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނަމަވެސް އެ ނިންމުމެއް ނިންމުމަށް ވޯޓު ދިން މެންބަރުންގެ ޢަދަދު މުޅި މަޖިލީހުގެ 4 ބައިކުޅަ އެއްބަޔަށް ވާ މެންބަރުންގެ ޢަދަދަށް ވުރެން ދަށްވެއްޖެނަމަ އެ ނިންމުމެއް ފާސްވިކަމުގައި ނުބެލެވޭނެއެވެ.

19.4

 

މަޝްވަރާ މަޖިލީހުގެ ޔައުމިއްޔާ ލިޔެ، ބަލަހައްޓަންވާނެއެވެ.

19.5

 

މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް މަދުވެގެން މަހަކު 1 ފަހަރު ބާއްވަންވާނެއެވެ. 

19.1

 

 

މާއްދާ 20

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރުންގެ މަޖިލީހަކީ އިސްތިއުނާފް ކޮމިޓީގެ ގޮތުގައި ހަރަކާތްތެރިވާނެ ޕާޓީގެ ގުނަވަނެވެ. އަދި ފަނޑިޔާރުންގެ މަޖިލީހަކީ މި ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތީން ޕާޓީގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ.

20.1

 

މި މަޖިލީހުގައި 5 މެންބަރުން ތިބެންވާނެއެވެ. މި މަޖިލިސް އެކުލެވިގެންވަނީ އަންނަނިވި މެމްބަރުންގެ މައްޗަށެވެ.

20.2

 

ޢިލްމުވެރިންގެ މަޖިލީހުން އިންތިޚާބުކުރާ އެމަޖިލީހުގެ މެންބަރެއް؛

(ހ)

 

 

މަޝްވަރާ މަޖިލީހުން އިންތިޚާބުކުރާ އެމަޖިލީހުގެ މެންބަރެއް؛

(ށ)

 

 

މަޝްވަރާ މަޖިލީހުގެ ރުހުމާއެކު، ޕާޓީގެ ރައީސް ޢައްޔަންކުރާ މެމްބަރެއް؛

(ނ)

 

 

ޤައުމީ މަޖިލީހުން އިންތިޚާބުކުރާ 2 މެމްބަރުން.

(ރ)

 

 

ފަނޑިޔާރުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުންގެ ތެރެއިން، ޤައުމީ މަޖިލީހާއި، މަޝްވަރާ މަޖިލީހާއި، ޢިލްމުވެރިންގެ މަޖިލީހުން ފަނޑިޔާރުންގެ މަޖިލީހަށް ޢައްޔަންކުރާނެ މެންބަރު އިންތިޚާބުކުރާނީ އެމަޖިލީސްތަކުގެ މެންބަރުންނަށް، ފަނޑިޔާރުންގެ މިޖިލީހަށް ކުރިމަތިލުމަށް ހުޅުވައިލުމަށްފަހު، އެކަމަށް ކުރިމަތިލާ މެމްބަރުންގެ މެދުގައި، އެ މަޖިލީހެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ.

20.3

 

މި މަޖިލީހުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

20.4

 

މި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކަކު އިސްފަނޑިޔާރެއްގެ ގޮތުގައި ހުންނަންވާނެއެވެ. އޭނާ ހޮވާނީ ޤައުމީ މަޖިލީހުގެ ސިއްރު ވޯޓަކުންނެވެ. ހިނގަމުންދާ ދައުރެއްގެތެރޭގައި އިސްފަނޑިޔާރުގެ މަޤާމު ހުސްވެއްޖެނަމަ އެމަޤާމަށް މީހަކު ޢައްޔަންކުރާނީ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

20.5

 

ހިނގަމުންދާ ދައުރުގައި މި މަޖިލީހުގެ މަޤާމެއް ހުސްވެއްޖެނަމަ، އެމަޤާމު ފުރަމުން އައި މެންބަރަކު ޢައްޔަންކުރި ފަރާތަކުން ނުވަތަ ރުކުނަކުން އެމަޤާމަށް އެހެން މީހަކު ޢައްޔަންކުރަންވާނެއެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް ޤައުމީ މަޖިލީހުން އިންތިޚާބުކުރި މެންބަރެއްގެ މަޤާމު ހުސްވެއްޖެނަމަ އެމަޤާމަށް މީހަކު ޢައްޔަންކުރާނީ މަޝްވަރާ މަޖިލީހުންނެވެ.

20.6

 

ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

20.7

 

ފަނޑިޔާރުންގެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދެއް ހަދައި، މަޝްވަރާ މަޖިލީހުން ފާސްކޮށްފައި އޮންނަންވާނެއެވެ.

20.8

 

 

މާއްދާ 21

ފަނޑިޔާރުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ފަނޑިޔާރުންގެ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކަކީ:

21.1

 

ޕާޓީއާއި ސަރުކާރާއި ދެމެދު، ނުވަތަ އެހެން ޕާޓީއަކާއި ދެމެދު، ނުވަތަ ޢާއްމު ފަރުދަކާއި ދެމެދު، ނުވަތަ އެނޫންވެސް ފަރާތަކާއި ދެމެދު ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެކަމުގައި އޮތް ޢަދުލުވެރި ގޮތް ހޯދުމަށް މަގުދެއްކުން.

(ހ)

 

 

މެންބަރަކު، ނުވަތަ ގޮތްޕަކުން، ނުވަތަ ދާއިރާއަކުން، ނުވަތަ ޕާޓީގެ އެހެން ރުކުނަކުން، އެއިން ފަރާތަކާއި މެދު ނުވަތަ ފަރާތްތަކަކާއި މެދު، އުފުލާ ޝަކުވާތަކާއި މައްސަލަތައް ބެލުން.

(ށ)

 

 

ޕާޓީގެ އެކިއެކި މަޤާމުތަކުގައި ތިބޭ މީހުންނާއި މެދު އުފުލޭ ޝަކުވާތަކާއި މައްސަލަތައް ބެލުން. 

(ނ)

 

 

މި ދުސްތޫރު މާނަކުރުމުގައި ދިމާވާ ފުށުއެރުންތަކާއި ތަޢާރުޟާއި މެދު ފަހުބަސް ބުނުން.

(ރ)

 

 

މަޝްވަރާ މަޖިލީހުން އެދޭ މައްސަލަތައް ބެލުން.

(ބ)

 

 

ސުލޫކު ކޮމިޓީން ނިންމާ ނިންމުންތަކުގެ އިސްތިއުނާފް އަޑުއަހައި ގޮތެއް ނިންމުން.

(ޅ)

 

 

 

މާއްދާ 22

އިދާރީ މަޖިލިސް

އިދާރީ މަޖިލީހަކީ މަޝްވަރާ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޕާޓީގެ އޮފީސްތައް ހިންގުމާއި، އިދާރީ ކަންކަން ތަންފީޒުކުރާ ރުކުނެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ. ޕާޓީގެ ރައީސް ނެތް ޙާލަތެއްގައި ނުވަތަ ޕާޓީގެ ރައީސް ޢުޒުރުވެރިވާ ޙާލަތެއްގައި ޕާޓީގެ ނައިބު ރައީސެވެ. އެނޫން ޙާލަތްތަކުގައި ޕާޓީގެ އަމީން ޢާއްމެވެ. ޕާޓީގެ ރައީސް އަންގަވާ ގޮތުގެމަތީން މި މަޖިލިހުގެ ނިންމުންތައް ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރާނީ އަމީން ޢާއްމެވެ.

22.1

 

އިދާރީ މަޖިލިސް އެކުލެވިގެންވަނީ މި މާއްދާގައި ބުނެފައިވާ މެންބަރުންގެ މައްޗަށެވެ:

22.2

 

ރައީސް

(ހ)

 

 

ނައިބު ރައީސުން

(ށ)

 

 

ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް

(ނ)

 

 

އަމީން ޢާއްމު

(ރ)

 

 

އަމީން ޢާއްމުގެ ނައިބު

(ބ)

 

 

ރަޖިސްޓްރާ

(ޅ)

 

 

ރަޖިސްޓްރާގެ ނައިބު

(ކ)

 

 

އިސްތަރުޖަމާނު

(އ)

 

 

ޚަޒާންދާރު

(ވ)

 

 

އިންތިޒާމު ސެކްރެޓަރީ

(މ)

 

 

ޒުވާނުންގެ މަޖިލީހުގެ ރައީސް

(ފ)

 

 

އަންހެނުންގެ މަޖިލީހުގެ ރައީސް

(ދ)

 

 

މި ދުސްތޫރުގެ 18.1 ވަނަ މާއްދާގެ (ދ) އިން ލިބިދޭ ބާރުގެ ދަށުން، އިދާރީ މަޖިލީހުގެ މަޤާމްތަކުގެ ގޮތުގައި މަޝްވަރާ މަޖިލީހުން އުފައްދާ އެހެނިހެން މަޤާމްތަކަށް ހޮވާ މީހުން

(ތ)

 

 

މި ދުސްތޫރުގެ 37.1 ވަނަ މާއްދާގެ ދަށުން އުފައްދާ ދާއިމީ ކޮމިޓީތަކުގެ މުޤައްރިރުން

(ލ)

 

 

ޕާޓީގެ ފަރާތުން ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން

(ގ)

 

 

ޕާލިއަމެންޓަރީ ގްރޫޕުގެ ރައީސް

(ޏ)

 

 

ކައުންސިލަރުންގެ ގްރޫޕުގެ ރައީސް

(ސ)

 

 

އިދާރީ މަޖިލީހުގެ ބައްދަލުވުމެއް މަދުވެގެން 3 (ތިނެއް) މަހުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

22.3

 

އިދާރީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

22.4

 

އިދާރީ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދެއް އެކުލަވައިލައި، މަޝްވަރާ މަޖިލީހުން ފާސްކޮށްފައި އޮންނަންވާނެއެވެ.

22.5

 

 

މާއްދާ 23

އިދާރީ މަޖިލީހުގެ މަސްއޫލިއްޔަތުތައް

އިދާރީ މަޖިލީހުގެ މަސްއޫލިއްޔަތުތަކަކީ:

23.1

 

ޕާޓީގެ ސިޔާސަތު ތަންފީޒު ކުރުން.

(ހ)

 

 

ޕާޓީގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، ޚާރިޖީ، އަދި މާލީ ކަންތައްތައް ބެލެހެއްޓުން.

(ށ)

 

 

ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި އިދާރީ ކަންކަން ކުރުން.

(ނ)

 

 

ޖަލްސާތަކާއި، ބައްދަލުވުންތަކާއި، އެނޫންވެސް ޙަރަކާތްތަކުގެ ޔައުމިއްޔާ ލިޔެ، ބެލެހެއްޓުން.

(ރ)

 

 

ޕާޓީގެ ތަފާތު ކަންކަމާއި ޙަރަކާތްތައް ހިމެނޭގޮތަށް އަހަރީ ރިޕޯޓު ތައްޔާރުކޮށް، އަހަރަކު އެއްފަހަރު މަޝްވަރާ މަޖިލީހަށް ހުށަހެޅުން.

(ބ)

 

 

ޕާޓީގެ އެކިއެކި ކަންކަމާއިބެހޭ އެހެނިހެން ރިޕޯޓުތައް ތައްޔާރުކުރުން.

(ޅ)

 

 

އިންތިޚާބުތަކާއި ބެހޭ ކަންތައްތައް ބެލެހެއްޓުން. 

(ކ)

 

 

ޕާޓީގެ ކޮމެޓީތަކާއި، ގޮފިތަކާއި، އެހެނިހެން ފަރާތްތަކާއި ގުޅައި، އެފަރާތްތަކާއި ޙަވާލު ކުރެވިފައިވާ ކަންކަން ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކުރުން.

(އ)

 

 

ޕާޓީގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، މަޝްވަރާ މަޖިލީހަށް ހުށަހެޅުން، އަދި އަހަރީ ޢާއްމު ޖަލްސާއަށް މި ބަޖެޓު އިއްވުން.

(ވ)

 

 

ޕާޓީގެ އިސްވެރިންގެ ލަފާގެ މަތިން ޕާޓީއިން ނެރެންޖެހޭ އެންގުންތަކާއި ނޫސްބަޔާންތައް ނެރެ ޝާއިޢުކުރުން.

(މ)

 

 

ޕާޓީގެ މައި އޮފީހާއި ޕާޓީގެ އެހެނިހެން އޮފީސްތަކުގެ އިދާރީ އޮނިގަނޑު ހަމަޖައްސައި މުސާރަވެރިންގެ މުސާރަ ކަނޑައެޅުން.

(ފ)

 

 

ޕާޓީގެ މައި އޮފީހާއި ޕާޓީގެ އެހެނިހެން އޮފީސްތައް ހިންގުމުގެ ޤަވާއިދު އެކުލަވާލާ ފާސްކުރުން.

(ދ)

 

 

ޕާޓީގެ ހިންގުމަށް ނުވަތަ ޕާޓީއިން ހިންގާ ހަރަކާތަކަށް ނުވަތަ ހަރަކާތްތަކަކަށް ދަރަނީގެ ގޮތުގައި ފައިސާ ހޯދަން ކޮންމެހެން ލާޒިމްވެއްޖެކަމަށް އިދާރީ މަޖިލިހަށް ފެނިއްޖެ ހިނދެއްގައި އެ ހިނދެއްގެ ޕާޓީގެ ދަރަނި 500،000 ރުފިޔާއަށް ވުރެން ބޮޑުނުވާނޭހެން ޕާޓީގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުން.

(ތ)

 

 

ޕާޓީގެ ނަމުގައި ހުޅުވާ ބޭންކު އެކައުންޓުތައް ހިންގާނެ ގޮތާއި، ޗެކްތަކުގައި ސޮއިކުރާނެ ފަރާތްތައް ކަނޑައެޅުން.

(ލ)

 

 

 

މާއްދާ 24

އަންހެނުންގެ މަޖިލިސް

އަންހެނުންގެ މަޖިލީހަކީ މި ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުގެ މަތީން ޕާޓީގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ.

24.1

 

އަންހެނުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެއީ:

24.2

 

ޕާޓީގެ މެންބަރަކަށް ވުން.

(ހ)

 

 

އަންހެނަކަށް ވުން.

(ށ)

 

 

އަންހެނުންގެ މަޖިލީހުގައި ހިމެނޭނީ 21 މެންބަރުންނެވެ. މި މެންބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

24.3

 

މި މަޖިލީހުގައި  މަޖިލީހުގެ ހިންގާ ކޮމެޓީއެއް އޮންނަންވާނެއެވެ.

24.4

 

އަންހެނުންގެ މަޖިލީހުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މީހުން ހޮވާނީ އެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޤައުމީ މަޖިޅިހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ކޮމިޓީގެ މަޤާމުތަކަކީ: 

24.5

 

ރައީސާ

(ހ)

 

 

ނައިބު ރައީސާ

(ށ)

 

 

ސެކްރެޓަރީ

(ނ)

 

 

ރިލޭޝަންސް ސެކްރެޓަރީ

(ރ)

 

 

ޚަޒާންދާރު

(ބ)

 

 

އުތުރު ދާއިރާތަކާއި ބެހޭ މަންދޫބު

(ޅ)

 

 

މެދު ދާއިރާތަކާއި ބެހޭ މަންދޫބު

(ކ)

 

 

ދެކުނު ދާއިރާތަކާއި ބެހޭ މަންދޫބު

(އ)

 

 

އަންހެނުންގެ މަޖިލީޙުގެ ބައްދަލުވުމެއް މަދުވެގެން 3 (ތިނެއް) މަހުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

24.6

 

އަންހެނުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

24.7

 

 

މާއްދާ 25

އަންހެނުންގެ މަޖިލިހުގެ މަސްއޫލިއްޔަތުތައް

އަންހެނުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކަކީ:

25.1

 

ޕާޓީގެ ފިކުރާއި އެއްގޮތަށް ދިވެހި އަންހެނުންނާއި ބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުން.

(ހ)

 

 

ޤައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ޕާޓީގެ އާއި ޤައުމުގެ، އަންހެނުންގެ ޙައްޤުގައި މަޝްވަރާ މަޖިލީހުގެ ރުހުމާއި އެކު ބަސް ބުނުން.

(ށ)

 

 

ޕާޓީގެ އަންހެނުންނަކީ ޝަރަފުވެރި، ޚުލްޤުރިވެތި، ނަމޫނާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

(ނ)

 

 

ދިވެހި އަންހެނުންގެ ތެރެއިން ސިޔާސީ ގޮތުން ހަރުދަނާ ޝަޚްސިއްޔަތު ތަކެއް އުފެއްދުމަށް މަސައްކަތް ކުރުން.

(ރ)

 

 

ދިވެހި އަންހެނުންނަކީ ހޭލުންތެރި، ލޯހުޅުވޭ، ޒިންމާދާރު، ދުޅަހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

(ބ)

 

 

ޕާޓިގެ އަންހެން މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، އެމީހުންނަކީ ހޭލުންތެރި، ޒިންމާދާރު، ލޯހުޅުވޭ، ދުޅަހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

(ޅ)

 

 

އަންހެނުންނާއި ޢާއިލާއާއި ކުޑަކުދިންނާއި ބެހޭ ތަފާތު މައްސަލަތައް ދިރާސާކޮށް، އެކަމުގެ ޙައްލުތައް ހުށަހެޅުން.

(ކ)

 

 

ދިވެހި މުޖުތަމަޢުގައި ގެއްލިފައިވާ ނުވަތަ ގެއްލެމުންދާ އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ހޯދައިދީ ރައްކައުތެރިކުރުމަށް މަސައްކަތްކުރުން.

(އ)

 

 

ދިވެހި ޅަ ދަރިންނަކީ ރިވެތި އިސްލާމީ ތަރުބިއްޔަތެއް ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި އެކިއެކި ރޮގުރޮގުން މަސައްކަތްކުރުން.

(ވ)

 

 

އަންހެނުންގެ މެދުގައި ޕާޓީ ކުރިއެރުވުމަށް މަސައްކަތްކުރުން.

(މ)

 

 

މި ދުސްތޫރުގެ 32.8 ވަނަ މާއްދާގެ ދަށުން އުފައްދާ ގޮފިތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލާ، އެކޮމިޓީތައް ކުރިއެރުވުމަށް އިރުޝާދު ދީ މަސައްކަތްކުރުން.

(ފ)

 

 

މި ދުސްތޫރުގެ 25.1 ވަނަ މާއްދާގައި ބުނެވުނު ކަންތައްތައް ކުރުމުގައި ގޮފިތަކުގެ އަންހެނުންގެ ކޮމެޓީތަކާއި، ގޮފިތަކުގެ ހިންގާ ކޮމެޓީތަކާއި، ދާއިރާތަކުގެ ކޮމެޓީތަކާއި ޒުވާނުންގެ މަޖިލީހާއި ގުޅިގެން، އެ ކޮމެޓީތަކުގެ ހިންގުން ވަރުގަދަ ކުރުމަށްޓަކައި އަންހެނުންގެ މަޖިލިހުން މަސައްކަތް ކުރަންވާނެއެވެ. 

25.2

 

އަންހެނުންގެ މަޖިލީހުން  ކޮންމެ މަހަކު ކުރެވުނު މަސައްކަތްތަކުގެ ޚުލާސާ ރިޕޯޓެއް އިދާރީ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ 3 މަހަކުން މިފަދަ ރިޕޯޓެއް މަޝްވަރާ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

25.3

 

 

މާއްދާ 26

ޒުވާނުންގެ މަޖިލިސް

ޒުވާނުންގެ މަޖިލީހަކީ ޕާޓީއާއި ޤައުމުގެ ޒުވާނުންނާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި އިސްވެ ޙަރަކާތްތެރިވާ  މަޖިލީހެވެ. މި މަޖިލީހަކީ ޕާޓީގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ.

26.1

 

ޒުވާނުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެއީ:

26.2

 

ޕާޓީގެ މެންބަރަކަށް ވުން.

(ހ)

 

 

ޢުމުރުން 35 އަހަރު ވެފައި ނުވުން.

(ށ)

 

 

ޢުމުރުން 35 އަހަރު ފުރޭއިރު ޒުވާނުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރުމީ މި ދުސްތޫރުގެ 26.2 ވަނަ މާއްދާގެ (ށ) އާ ފުށުއަރާކަމެއް ނޫނެވެ.

26.3

 

ޒުވާނުންގެ މަޖިލީހުގައި ހިމެނޭނީ 21 މެންބަރުންނެވެ. މި މެންބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

26.4

 

މި މަޖިލިހުގައި  މަޖިލިހުގެ ހިންގާ ކޮމެޓީއެއް އޮންނަންވާނެއެވެ.

26.5

 

ޒުވާނުންގެ މަޖިލިހުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މީހުން ހޮވާނީ އެ މަޖިލިހުގެ މެންބަރުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ކޮމިޓީގެ މަޤާމުތަކަކީ:   

26.6

 

ރައީސް

(ހ)

 

 

ނައިބު ރައީސް

(ށ)

 

 

ސެކްރެޓަރީ

(ނ)

 

 

ރިލޭޝަންސް ސެކްރެޓަރީ

(ރ)

 

 

ޚަޒާންދާރު

(ބ)

 

 

އުތުރު ދާއިރާތަކާއި ބެހޭ މަންދޫބު

(ޅ)

 

 

މެދު ދާއިރާތަކާއި ބެހޭ މަންދޫބު

(ކ)

 

 

ދެކުނު ދާއިރާތަކާއި ބެހޭ މަންދޫބު

(އ)

 

 

ޒުވާނުންގެ މަޖިލީޙުގެ ބައްދަލުވުމެއް މަދުވެގެން 3 (ތިނެއް) މަހުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

26.7

 

ޒުވާނުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

26.8

 

 

މާއްދާ 27

ޒުވާނުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް

ޒުވާނުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކަކީ:

27.1

 

ޕާޓީގެ ފިކުރާއި އެއްގޮތަށް ދިވެހި ޒުވާނުންނާއި ބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުން.

(ހ)

 

 

ޤައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ޕާޓީގެ އާއި ޤައުމުގެ، ޒުވާނުންގެ ޙައްޤުގައި މަޝްވަރާ މަޖިލިހުގެ ރުހުމާއި އެކު ބަސްބުނުން.

(ށ)

 

 

ޕާޓީގައި ހިމެނޭ ޒުވާނުންގެ ބޭނުން ހިފައިގެން ޕާޓީ ކުރިއަރުވަން މަސައްކަތްކުރުން.

(ނ)

 

 

ޕާޓީގެ ލަނޑުދަނޑިތަކާއި ދާއިމީ މަންހަޖާއި ޚިލާފުނުވާ ގޮތަށް، އެކި ގޮތްގޮތުން ދިވެހި ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރުން.

(ރ)

 

 

ޕާޓީގެ ޒުވާނުންގެ ތެރެއިން ހަރުދަނާ ސިޔާސީ ޝަޚްޞިއްޔަތުތަކެއް އުފެއްދުމަށް މަސައްކަތްކުރުން.

(ބ)

 

 

ދިވެހި ޒުވާނުންގެ މެދުގައި ދީނީ، އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން.

(ޅ)

 

 

ޕާޓީގެ ޒުވާނުންނަކީ ހަރުދަނާ، ހުނަރުވެރި، އުފެއްދުންތެރި، ޤައުމު ދެކެ ލޯބިވާ، މުރާލި ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

(ކ)

 

 

މި ދުސްތޫރުގެ 32.8 ވަނަ މާއްދާގެ ދަށުން އުފައްދާ ގޮފިތަކުގެ ޒުވާނުންގެ ކޮމިޓީތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލާ، އެކޮމިޓީތައް ކުރިއެރުވުމަށް އިރުޝާދު ދީ މަސައްކަތްކުރުން.

(އ)

 

 

ޕާޓީގެ ހުރިހާ ޙަރަކާތްތަކެއްގައި ވީހާވެސް ގިނައިން ދެޖިންސުގެ ޒުވާނުން ބައިވެރިކުރުވުން.

(ވ)

 

 

މި ދުސްތޫރުގެ 27.1 ވަނަ މާއްދާގައި ބުނެވުނު ކަންތައްތައް ކުރުމުގައި ގޮފިތަކުގެ ޒުވާނުންގެ ކޮމެޓީތަކާއި، ގޮފިތަކުގެ ހިންގާ ކޮމެޓީތަކާއި، ދާއިރާތަކުގެ ކޮމެޓީތަކާއީ އަންހެނުންގެ މަޖިލީހާއި ގުޅިގެން، އެކޮމެޓީތަކުގެ ހިންގުން ވަރުގަދަ ކުރުމަށްޓަކައި ޒުވާނުންގެ މަޖިލީހުން މަސައްކަތް ކުރަންވާނެއެވެ. 

27.2

 

ޒުވާނުންގެ މަޖިލީހުން ކޮންމެ މަހަކު ކުރެވުނު މަސައްކަތްތަކުގެ ޚުލާސާ ރިޕޯޓެއް އިދާރީ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ ތިންމަހަކުން މިފަދަ ރިޕޯޓެއް މަޝްވަރާ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

27.3

 

 

28 ވަނަ މާއްދާ

ކައުންސިލަރުންގެ ގްރޫޕް

މި ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ވ) ގެ ދަށުން އެކުލަވާލެވޭ ކައުންސިލަރުންގެ ގްރޫޕެއް އޮންނަންވާނެއެވެ.

28.1

 

ކައުންސިލަރުންގެ ގްރޫޕްގެ މަސްއޫލިއްޔަތު ތަކާ ބާރުތައް؛

28.2

 

ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުވެވަޑައިގަންނަވާ ޕާޓީގެ މެންބަރުންގެ ފެންވަރު ރަނގަޅުކޮށް ތަމްރީނު ދިނުން.

(ހ)

 

 

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ދިރާސާކޮށް ޕާޓީން ގެންގުޅެންވީ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާ މަޖިލީހަށް ލަފާ ދިނުން.

(ށ)

 

 

ޕާޓީގެ ނަމުގައި އިންތިޚާބުވެފައިވާ ކައުންސިލަރުންނަން ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން.

(ނ)

 

 

ޕާޓީގެ ނަމުގައި އިންތިޚާބުވެފައިވާ ކައުންސިލަރުން ތިއްބެވި ކައުންސިލްތަކަށާއި، ވަކިން ޚާއްސަކޮށް ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިލްތަކަށް ޕާޓީގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި، ކޮށްދެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ކުރެވޭނެގޮތްތަށް ހޯދާ، އިދާރީ މަޖިލީހަށް ލަފާ ދިނުން.

(ރ)

 

 

ކައުންސިލްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިދާރީ މަޖިލީހުން ތަންފީޒްކުރަން އަންގާ ކަންކަން ވިލަރެސްކުރުން.

(ބ)

 

 

ކައުންސިލަރުންގެ ގްރޫޕް އެކުލެވިގެންވަނީ، ދުސްތޫރުގެ 28.4 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކައުންސިލްތަކަށް ޕާޓީގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރުންނާއި، އެ ކައުންސިލްތަކަށް އިންތިޚާބު ވުމަށްފަހު ޕާޓީއާ ގުޅޭ ކައުންސިލަރުންގެ މައްޗަށެވެ. އަދި އަމިއްލަގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކޮށް އިންތިޚާބުވާ ޕާޓީގެ މެންބަރުންނަށް، ކައުންސިލަރުންގެ ގްރޫޕުން ކަނޑައަޅާ އުސޫލެއްގެ މަތިން މި ގްރޫޕުގެ މެންބަރުކަން ދެވިދާނެއެވެ.

28.3

 

ކައުންސިލަރުންގެ ގްރޫޕުގެ މެންބަރަކަށް ވެވޭނީ އަންނަނިވި ކައުންސިލްތަކަށް ނިސްބަތްވާ މެންބަރުންނަށެވެ.

28.4

 

ސިޓީ ކައުންސިލް

(ހ)

 

 

އަތޮޅު ކައުންސިލް

(ށ)

 

 

ރަށު ކައުންސިލް

(ނ)

 

 

އަންނަނިވި މަޤާމުތަކުގެ މައްޗަށް އެކުލެވިގެންވާ ހިންގާ ކޮމިޓީއެއް ކައުންސިލަރުންގެ ގްރޫޕުން އިންތިޚާބު ކުރަންވާނެއެވެ. ކޮންމެ ދައުރެއްގެ ފުރަތަމަ ބައްދަލުވުމުގައި މި މަޤާމްތަކަށް މެންބަރުން އިންތިޚާބްކުރަންވާނެއެވެ. އަދި ކޮންމެ ދައުރެއްގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ.

28.5

 

ކައުންސިލަރުންގެ ގްރޫޕުގެ ރައީސް

(ހ)

 

 

ކައުންސިލަރުންގެ ގްރޫޕުގެ ނައިބު ރައީސް

(ށ)

 

 

މަޝްވަރާ މަޖިލީހަށް ކައުންސިލަރުންގެ ގްރޫޕުން ޢައްޔަންކުރާ 2 މެންބަރުން

(ނ)

 

 

ކައުންސިލަރުންގެ ގްރޫޕުގެ ސެކްރެޓަރީ

(ރ)

 

 

ކައުންސިލަރުންގެ ގްރޫޕުގެ ބައްދަލުވުމެއް މަދުވެގެން މަހަކު 1 ފަހަރު ބާއްވަންވާނެއެވެ.

28.6

 

ކައުންސިލަރުންގެ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

28.7

 

ކައުންސިލަރުންގެ ގްރޫޕުގެ ހިންގާ ޤަވައިދެއް އެކުލަވައިލާ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި އޮންނަންވާނެއެވެ.

28.9

 

 

މާއްދާ 29

އަތޮޅު ކޮމިޓީ އަދި ސިޓީ ކޮމިޓީ

ޢަދާލަތު ޕާޓީގެ އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ކޮމިޓީ އިންތިޚާބުވެފައިވާ ކޮންމެ އަތޮޅެއްގައި އަތޮޅު ކޮމިޓީއެއް އަދި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގައި ސިޓީ ކޮމިޓީއެއް މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އޮންނަންވާނެއެވެ.

29.1

 

އަތޮޅު ކޮމިޓީ އެކުލެވިގެންވަނީ އެ އަތޮޅެއްގައި ހިމެނޭ ޕާޓީގެ ދާއިރާ ކޮމިޓީތަކުގެ ދާއިރާ ރައީސުންގެ މައްޗަށެވެ.

29.2

 

ސިޓީ ކޮމިޓީ އެކުލެވިގެންވަނީ އެ ސިޓީއެއްގައި ހިމެނޭ ދާއިރާ ކޮމިޓީތަކުގެ ރައީސާއި ނައިބު ރައީސުންގެ މައްޗަށެވެ.

29.3

 

އަތޮޅު ކޮމިޓީ އަދި ސިޓީ ކޮމިޓީތަކުގެ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. މި މަޤާމްތަކަށް މީހުން އިންތިޚާބުކުރާނީ އެކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

29.4

 

އަތޮޅު އަދި ސިޓީކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކަކީ:

29.5

 

އަތޮޅު އަދި ސިޓީގައި މި ދުސްތޫރުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަސައްކަތްކުރުމާއި، ޕާޓީގެ މަޤްޞަދުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

(ހ)

 

 

އަތޮޅު އަދި ސިޓީއަށް ނިސްބަތްވާ މީހުންނަށް ޕާޓީގެ ސިޔާސަތު ހާމަކޮށްދީ، ދާއިރާގެ މީހުންގެ ތާއީދު ހޯދަން މަސައްކަތްކުރުން.

(ށ)

 

 

އަތޮޅު އަދި ސިޓީގެ ދާއިރާތައް ހިނގާ ނުހިނގާގޮތް ބަލައި، އެފަރާތްތަކަށް އިރުޝާދު ދީ، އެހީތެރިވުން.

(ނ)

 

 

އަތޮޅު އަދި ސިޓީގައި ޕާޓީގެ ދާއިރާ ކޮމިޓީ ހެދިފައިނުވާ އިންތިޚާބީ ދާއިރާ ތަކުގައި ދާއިރާ އުފެއްދުމަށް މަސައްކަތްކުރުމާއި، ޕާޓީގެ ޙަރަކާތްތައް އަތޮޅު އަދި ސިޓީގައި އިތުރުކުރުން.

(ރ)

 

 

އިދާރީ މަޖިލީހުގެ ލަފާއާއި މަޝްވަރާގެ މަތިން އަތޮޅު އަދި ސިޓީގެ ކަންތައްތައް ބެލެހެއްޓުން.

(ބ)

 

 

ދައުލަތުގެ އެކިއެކި މަޤާމުތަކަށް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުން.

(ޅ)

 

 

އަތޮޅު އަދި ސިޓީކައުންސިލްގެ ގޮޑިތަކަށް ކުރިމަތިލާ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުން.

(ކ)

 

 

އަތޮޅު އަދި ސިޓީގައި ހިމެނޭ ޕާޓީގެ އަންހެނުންނާއި ޒުވާނުންގެ ޙަރަކާތްތައް އިތުރުކޮށް ސިޔާސީ ގޮތުން ހޭލުންތެރި ކުރުވައި މި ދުސްތޫރުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މަސައްކަތް ކުރުން.

(އ)

 

 

އަތޮޅު އަދި ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރުމާއި އަތޮޅު އަދި ސިޓީއާ  ގުޅުންހުރި އެކި އެކި ކަންތައްތަކާއި މެދު އަތޮޅު އަދި ސިޓީގެ ތެރޭގައި މަޝްވަރާކޮށް އެކަންކަމާއި މެދު އަތޮޅު އަދި ސިޓީއިން ކުރެވިދާނެ ކަންތައްތައް ކަނޑައެޅުން. އަދި މި ކަންތައްތައް، އެކަމަކާއި ގުޅޭގޮތުން ކަނޑައެޅިފައި ހުންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އިދާރީމަޖިލިހުގެ ލަފައާއި އެހީތެރިކަމާއިއެކު ތަންފީޒު ކުރުން. 

(ވ)

 

 

ކޮންމެ އަހަރަކު، އަތޮޅު އަދި ސިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް އިދާރީ މަޖިލީހަށް ފޮނުވުން.

29.6

 

 

މާއްދާ 30

ދާއިރާ ކޮމިޓީ

ދާއިރާތަކަކީ، ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިންތިޚާބީ ދާއިރާތަކެވެ.

30.1

 

އެއްވެސް ދާއިރާއެއްގައި ޕާޓީގެ 100 މެމްބަރުން ހަމަވެއްޖެނަމަ، އެ ދާއިރާއެއްގެ ދާއިރާ ރައީސް އިންތިޚާބްކުރުމަށްޓަކައި އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް ރަޖިސްޓްރަރ އަންގަންވާނެއެވެ.

30.2

 

މިދުސްތޫރުގެ 30.2 ވަނަ މާއްދާގައި ބުނާގޮތުގެ މަތިން 100 މެންބަރުން ހަމަވާ ދާއިރާތަކުގެތެރެއިން އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްނުވާ ކޮންމެ ދާއިރާއެއްގެ ދާއިރާ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

30.3

 

ދާއިރާ ރައީސް

(ހ)

 

 

ދާއިރާގައި ހިމެނޭ ގޮފިތަކުގެ ރައީސުން.

(ށ)

 

 

އަތޮޅު އަދި ސިޓީގެ ދާއިރާތައް ހިނގާ ނުހިނގާގޮތް ބަލައި، އެފަރާތްތަކަށް އިރުޝާދު ދީ، އެހީތެރިވުން.

30.4

 

އަތޮޅު އަދި ސިޓީގައި ޕާޓީގެ ދާއިރާ ކޮމިޓީ ހެދިފައިނުވާ އިންތިޚާބީ ދާއިރާ ތަކުގައި ދާއިރާ އުފެއްދުމަށް މަސައްކަތްކުރުމާއި، ޕާޓީގެ ޙަރަކާތްތައް އަތޮޅު އަދި ސިޓީގައި އިތުރުކުރުން.

30.5

 

ދާއިރާ ރައީސް؛

(ހ)

 

 

ނައިބު ރައީސް؛

(ށ)

 

 

އަމީން ޢާންމު؛

(ނ)

 

 

ޚަޒާން ދާރު؛

(ރ)

 

 

އިންތިޒާމް ސެކްރެޓަރީ.

(ބ)

 

 

އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްނުވާ ކޮންމެ ދާއިރާއެއްގެ ދާއިރާ ރައީސްއާއި، އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ދާއިރާއެއްގެ ދާއިރާ ކޮމިޓީގެ ހުރިހައި މަޤާމަކަށް މީހުން އިންތިޚާބު ކުރަންވާނީ ދާއިރާގައި ހިމެނޭ ޕާޓީގެ މެމްބަރުންގެ މެދުގައި ނެގޭ އާންމު ސިއްރު ވޯޓަކުންނެވެ.

30.6

 

ދާއިރާ ރައީސްގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

30.7

 

ދާއިރާ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

30.8

 

މުސްލިމަކު ކަމުގައި ވުން.

(ހ)

 

 

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ށ)

 

 

ދިވެހި ރައްޔިތެއް ކަމުގައިވުން.

(ނ)

 

 

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

(ރ)

 

 

ޕާޓީގެ މެންބަރެއް ކަމުގައިވުން.

(ބ)

 

 

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރުވެފައިވުން.

(ޅ)

 

 

ހިނގަމުންދާ ދައުރުގެ ތެރެއިން މި ދުސްތޫރުގެ 30.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތައް އެކުލެވިގެންވާގޮތަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލާއި އެއްގޮތަށް ޕާޓީގެ ދާއިރާތައްވެސް ބަދަލުވާނެއެވެ. ދާއިރާ ރައީސެއް ހުރި ދާއިރާއަކަށް ބަދަލެއް އައިސްފައިވާނަމަ، 3 މަސް ދުވަސް ފަހުން އެ ދާއިރާއެއްގެ ރައީސްގެ މަޤާމު އުވޭނެއެވެ. އަދި އެ 3 މަހުގެ ފަހުން އެފަދަ ދާއިރާތަކުގައި ހުންނާނެ ދާއިރާ ރައީސަކު ކަނޑައެޅުމަށްޓަކައި އިންތިޚާބު ބާއްވަންވާނެއެވެ.

30.9

 

މި ދުސްތޫރުގެ 30 ވަނަ މާއްދާ ތަސްދީޤުކޮށް ޢަމަލުކުރަން ފަށާއިރު އެއްވެސް ދާއިރާ ރައީސަކު ހުރިނަމަ، އެ ފަރާތެއްގެ ދާއިމީ އެޑްރެސް އޮތް އިންތިޚާބީ ދާއިރާއެއްގެ ރައީސްގެ ގޮތުގައި އެހިނދުން އައްޔަންކުރެވުނީއެވެ.

30.10

 

ކޮންމެ އަހަރެއްގެ ޖަނަވަރީ، އޭޕްރިލް، ޖުލައި އަދި އޮކްޓޯބަރ މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި، ދާއިރާތަކުގައި ތިބި ޕާޓީގެ މެމްބަރުންގެ ޢަދަދު ބަލައި، އެ ޢަދަދު 100 އަށް ވުރެން ދަށްވެފައިވާނަމަ އެކަން އެ ދާއިރާއެއްގެ ރައީސަށާއި އިދާރީ މަޖިލިހަށް ރަޖިސްޓްރަރ އަންގަންވާނެއެވެ. މިގޮތުން ދާއިރާއެއްގެ މެމްބަރުންގެ ޢަދަދު 100 އަށްވުރެ ދަށްވިކަން، އިދާރީ މަޖިލީހަށާއި އެ ދާއިރާއެއްގެ ރައީސަށް، ރަޖިސްޓްރާ އަންގަވާތާ  180 ދުވަހުގެ ތެރޭގައި، އެދާއިރާއެއްގައި 100 މެމްބަރުން ހަމަނުވެއްޖެނަމަ އެ ދާއިރާއެއްގެ ދާއިރާ ރައީސްގެ މަޤާމު އުވުނީއެވެ.

30.11

 

 

މާއްދާ 31

ދާއިރާ ކޮމިޓީ އަދި ދާއިރާ ރައީސްގެ މަސްއޫލިއްޔަތުތައް

ދާއިރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:

31.1

 

ދާއިރާގައި މި ދުސްތޫރުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަސައްކަތްކުރުމާއި، ޕާޓީގެ މަޤްޞަދުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

(ހ)

 

 

ދާއިރާއަށް ނިސްބަތްވާ މީހުންނަށް ޕާޓީގެ ސިޔާސަތު ހާމަކޮށްދީ، ދާއިރާގެ މީހުންގެ ތާއީދު ހޯދަން މަސައްކަތްކުރުން.

(ށ)

 

 

އެދާއިރާއެއްގެ ދަށުގައި ހުންނަ ގޮފިތައް ހިނގާ ނުހިނގާގޮތް ބަލައި، އެފަރާތްތަކަށް އިރުޝާދު ދީ، އެހީތެރިވުން.

(ނ)

 

 

އެދާއިރާއެއްގައި ގޮފި ހެދިފައިނުވާ ރަށްރަށުގައި ގޮފި ހެދުމަށް މަސައްކަތްކުރުމާއި، ޕާޓީގެ ޙަރަކާތްތައް ދާއިރާގެ ރަށްތަކުގައި އިތުރުކުރުން.

(ރ)

 

 

އަމީން ޢާއްމުގެ ލަފާއާއި މަޝްވަރާގެ މަތިން ދާއިރާގެ ކަންތައްތައް ބެލެހެއްޓުން.

(ބ)

 

 

ދައުލަތުގެ އެކިއެކި މަޤާމުތަކަށް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުން.

(ޅ)

 

 

ދާއިރާގައި ހިމެނޭ ޕާޓީގެ އަންހެނުންނާއި ޒުވާނުންގެ ޙަރަކާތްތައް އިތުރުކޮށް ސިޔާސީ ގޮތުން ހޭލުންތެރި ކުރުވައި މި ދުސްތޫރުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މަސައްކަތް ކުރުން.

(ކ)

 

 

ދާއިރާގައި ހިމެނޭ ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމާއި ދާއިރާއާއި ގުޅުންހުރި އެކި އެކި ކަންތައްތަކާއި މެދު ދާއިރާގެ ތެރޭގައި މަޝްވަރާކޮށް އެކަންކަމާއި މެދު ދާއިރާއިން ކުރެވިދާނެ ކަންތައްތައް ކަނޑައެޅުން. އަދި މި ކަންތައްތައް، އެކަމަކާއި ގުޅޭގޮތުން ކަނޑައެޅިފައި ހުންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އިދާރީމަޖިލިހުގެ ލަފައާއި އެހީތެރިކަމާއިއެކު ތަންފީޒު ކުރުން. 

(އ)

 

 

ކޮންމެ މަހަކު ކުރި މަސައްކަތުގެ ޚުލާސާ ރިޕޯޓެއް އިދާރީ މަޖިލީހަށް ހުށަހެޅުން.

(ވ)

 

 

ކޮންމެ އަހަރަކު، ދާއިރާގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް އިދާރީ މަޖިލީހަށް ފޮނުވުން.

(މ)

 

 

ދާއިރާ ރައީސްގެ މަސްއޫލިއްޔަތު ތަކަކަކީ:

31.2

 

ދާއިރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން އަދާކުރަމުން ދާކަން ކަށަވަރުކުރުން.

(ހ)

 

 

ދާއިރާ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުން.

(ށ)

 

 

ދާއިރާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކޮށް، މެމްބަރުންނަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން..

(ނ)

 

 

ދާއިރާ ކޮމިޓީގެ ބައްދަލުވުމުގެ ނޯޓިސް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ރ)

 

 

ދާއިރާ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ބ)

 

 

ދާއިރާ ކޮމިޓީން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށާއި ހުށަހެޅުން ހުށަހަޅަންޖެހޭ ފަރާތްތަކަށް، ކޮމިޓީގެ ފަރާތުން ޖަވާބުދާރީވެ ހުށަހެޅުން ހުށަހެޅުން.

(ޅ)

 

 

ދާއިރާ ކޮމިޓީން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.

(ކ)

 

 

ދާއިރާ ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީއާއި ޔައުމިއްޔާ އަމީން ޢާންމުގެ ލަފައާ އެއްގޮތަށް އިދާރާއާ ހިއްސާކުރުން.

(އ)

 

 

އައު ދައުރުގެ ޤައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ 45 ދުވަސް ކުރިން ދާއިރާ ރައީސުން އަލުން ހޮވައި،  އެކަންތައް ނިމިދިޔަ ގޮތުގެ ރިޕޯޓު، އިދާރީ މަޖިލީހަށް އަމީން ޢާއްމު ފޮނުވަން ވާނެއެވެ.

31.3

 

 

މާއްދާ 32

ރަށު ކޮމިޓީ (ގޮފި)

 

32.1

ޕާޓީގެ އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއް ފިޔަވައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ޕާޓީގެ 30 މެމްބަރުން ހަމަވެއްޖެނަމަ އެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހުޅުވިދާނެއެވެ. މި ގޮތުން ކޮންމެ ރަށެއްގައިވެސް ރަޖިސްޓްރީ ކުރެވޭނީ އެއް (1) ގޮތްޕެވެ. ނަމަވެސް އެއް ރަށެއްގައި އެއް (1) އިންތިޚާބީ ދާއިރާ އަށްވުރެ ގިނަ ދާއިރާ ހިމެނޭ ނަމަ، 30 މެންބަރުން ހިމެނޭ ކޮންމެ ދާއިރާއަކަށް ވަކި ގޮތްޕެއް ރަޖިސްޓްރީ ކުރެވިދާނެއެވެ.

 

32.2

ކޮންމެ ގޮތްޕެއްގައި ހިންގާ ކޮމެޓީއެއް އޮންނަންވާނެއެވެ. އެ ކޮމެޓީގެ މަޤާމުތަކަކީ:

 

 

(ހ)

ރައީސް.

 

 

(ށ)

ނައިބު ރައީސް.

 

 

(ނ)

ސެކްރެޓަރީ.

 

 

(ރ)

ސެކްރެޓަރީގެ ނައިބު.

 

 

(ބ)

ޚަޒާންދާރު.

 

 

(ޅ)

މީޑިއާ ކޯޑިނޭޓަރ.

 

 

(ކ)

ޔުނިޓުތަކުގެ މަންދޫބުން.

 

 

(އ)

އަންހެނުންގެ ކޮމިޓީގެ ރައީސާ

 

 

(ވ)

ޒުވާނުންގެ ކޮމިޓީގެ ރައީސް

 

32.3

ކޮންމެ ގޮތްޕެއް ވެސް އިދާރީ ގޮތުން އޮންނަންވާނީ ޔުނިޓްތަކަކަށް ބެހިފައެވެ. ކޮންމެ ޔުނިޓެއްގައި ތިބޭނީ 30 މެންބަރުންނެވެ. އަދި ކޮންމެ 30 މެންބަރަކަށް މަންދޫބަކު އެ ޔުނިޓަކުން ހޮވާފައި ހުންނަންވާނެއެވެ. އެމީހުންގެ ފަރާތުން އިސްވެ ޙަރަކާތްތެރިވާ މީހަކަށް ވާނީ އޭނާއެވެ.

 

32.4

ކޮންމެ ގޮތްޕެއްގައި ވެސް އެ ގޮތްޕެއްގެ މެންބަރުންގެ ދަފްތަރެއް އޮންނަންވާނެއެވެ. މި ދަފްތަރު އޮންނަންވާނީ ގޮފީގެ ރައީސްގެ ބެލުމުގެ ދަށުގައެވެ.

 

32.5

ކޮންމެ މެންބަރަކީވެސް އެ މެންބަރަކު ރަށްވެހިވެފައިވާ ރަށެއްގެ ގޮފީގެ މެމްބަރެކެވެ. ނަމަވެސް އޭނާ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅެމުންދާނަމަ، އޭނާ ދިރިއުޅޭ ރަށެއްގެ ގޮފީގައި ރަޖިސްޓަރީވުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. އެފަދަ ޙާލަތެއްގައި އޭނާ ޙަރަކާތްތެރިވާނީ އޭނާ ރަޖިސްޓަރީވެފައިވާ ގޮފީގައެވެ. އެއްވެސް މެންބަރަކަށް ދެ ގޮތްޕެއްގައި ރަޖިސްޓަރީއެއް ނުވެވޭނެއެވެ.

 

32.6

ގޮތްޕެއްގައި 100 މެންބަރުން ހަމަވެއްޖެނަމަ ގޮފީގެ ރައީސްގެ އިތުރުން ޤައުމީ މަޖިލީހުގައި އިތުރު މަންދޫބަކު ބައިވެރި ކުރެވޭނެއެވެ. އަދި މި ޢަދަދަށް އިތުރުވާ ކޮންމެ 100 މެންބަރަކަށް އިތުރު މަންދޫބަކު ޤައުމީ މަޖިލީހުގައި ބައިވެރި ކުރެވޭނެއެވެ. މި މަންދޫބުން ކަނޑައަޅާނީ އެ ގޮތްޕެއްގެ ހިންގާ ކޮމެޓީއިންނެވެ.

 

32.7

ގޮފީގެ ހިންގާ ކޮމެޓީއަށް، ނުވަތަ ޔުނިޓްތަކުގެ މަންދޫބުކަމަށް، މެންބަރުން ހޮވާނީ އެރަށެއްގެ، ނުވަތަ އެޔުނިޓެއްގެ، މެންބަރުންގެ މެދުގައި ބާއްވާ އިންތިޚާބެއްގައި، މެންބަރުންގެ ސިއްރު ވޯޓަކުންނެވެ. ގޮފީގެ ހިންގާ ކޮމެޓީގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ.

 

32.8

ކޮންމެ ގޮތްޕެއްގައިވެސް 5 މެންބަރުންގެ މައްޗަށް އެކުލެވޭ އަންހެނުންގެ ކޮމިޓީއަކާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޒުވާނުންގެ ކޮމެޓީއެއް އޮންނަންވާނެއެވެ. މިއިން ކޮންމެ ކޮމިޓީއެއްގައި ރައީސަކާއި ނައިބު ރައީސަކާއި ސެކްރެޓަރީއެއް ހުންނަންވާނެއެވެ.

 

32.9

ގޮފީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން އެކޮމެޓީގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ޙާޟިރުވުމުންނެވެ.

 

32.10

ގޮފީގެ ހިންގާ ކޮމެޓީގެ ބައްދަލުވުންތަކުން ނިންމާ އެއްވެސް ނިންމުމެއް ނިންމަންވާނީ ޙާޟިރުވެ ތިބި މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣްލަބިއްޔަތުންނެވެ.

 

32.11

ގޮފީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއް ފަހަރު ބާއްވަންވާނެއެވެ.

 

32.12

ރަށެއްގައި 30 މެންބަރުން ހަމަނުވި ނަމަވެސް 10 މެންބަރުން ހަމަވާ ކޮންމެ ރަށެއްގައި މެންބަރުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މެންބަރުންގެ ރަށު މަންދޫބަކު ޢައްޔަން ކުރަންވާނެއެވެ. ހަމަ އެހެންމެ މި ދުސްތޫރުގެ 32.1 ވަނަ މާއްދާގެ ދަށުން ގޮފި ހެދޭ އިންތިޚާބީ ދާއިރާތަކުގައި، 30 މެމްބަރުން ހަމަނުވިނަމަވެސް 10 މެމްބަރުން ހަމަވާ ކޮންމެ ދާއިރާއެއްގައި މެމްބަރުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މެމްބަރުންގެ މަންދޫބަކު އައްޔަންކުރަންވާނެއެވެ.

 

މާއްދާ 33

ގޮފީގެ ހިންގާ ކޮމެޓީގެ މަސްއޫލިއްޔަތުތައް

ގޮފީގެ ހިންގާ ކޮމެޓީގެ މަސްއޫލިއްޔަތުތަކަކީ:

33.1

 

ގޮފި ހިންގުމުގައި ދާއިރާ ރައީސްގެ ލަފާ ހޯދުން.

(ހ)

 

 

ގޮފީގެ މެންބަރުންގެ މެދުގައި ދީނީ،  އިޖްތިމާޢީ،  ސިޔާސީ،  ރޫޙު އާލާކުރުމަށް މަސައްކަތް ކުރުން.

(ށ)

 

 

މި ދުސްތޫރުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާޓީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށްޓަކައި ގޮފީގެ ލެވެލްގައި މަސައްކަތް ކުރުން.

(ނ)

 

 

ގޮފީގެ މެންބަރުންގެ ތެރެއިން ސިޔާސީގޮތުން ހަރުދަނާ ޝަޚްސިއްޔަތުތަކެއް އުފެއްދުމަށް މަސައްކަތް ކުރުން.

(ރ)

 

 

ގޮފި ހިމެނޭ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމާއި، ރައްޔިތުންނާއި ރަށުގެ އެކިއެކި ކަންތައްތަކާއިމެދު، ގޮފީގައި މަޝްވަރާކޮށް އެ ކަންކަމާއިމެދު ގޮފިން ކުރެވިދާނެ ކަންތައްތައް ކަނޑައެޅުން. އަދި، ގޮފި ހިމެނޭ ދާއިރާގެ ރައީސާއި އިދާރީ މަޖިލީހާއި ގުޅިގެން،  ކަނޑައެޅިފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް، އެކަންކަން ތަންފީޒުކުރަން މަސައްކަތް ކުރުން.

(ބ)

 

 

ގޮފި ހިމެނޭ ރަށުގައި ޕާޓީ ޕްރޮމޯޓު ކުރުމާއި މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރުން.

(ޅ)

 

 

ގޮފީގެ އަންހެނުންގެ ޙަރަކާތްތައް ގޮފީގެ އަންހެނުންގެ ކޮމިޓީ މެދުވެރިކޮށް ރާވާ ހިންގުން.

(ކ)

 

 

ގޮފީގެ ޒުވާނުންގެ ޙަރަކާތްތައް ގޮފީގެ ޒުވާނުންގެ ކޮމިޓީ މެދުވެރިކޮށް ރާވާ ހިންގުން.

(އ)

 

 

ޕާޓީގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުވުމާއެކު ޕާޓީގެ އުޞޫލުތަކާއި އެއްގޮތަށް މެންބަރުން ބައްޓަންކުރުމަށް މަސައްކަތްކުރުން.

(ވ)

 

 

ކޮންމެ އަހަރަކު، ގޮފީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް އިދާރީ މަޖިލީހަށް ފޮނުވުން.

(މ)

 

 

ގޮފިން ކޮންމެ މަހަކު ކުރި މަސައްކަތުގެ ޚުލާސާ ރިޕޯޓެއް އިދާރީ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

33.2

 

ގޮފި ހެދުމަށްފަހު ގޮފީގެ ހިންގާ ކޮމެޓީ ހޮވައި، ޕާޓީގެ ދަފްތަރުގައި ގޮފި ރަޖިސްޓަރީ ކުރުމަށްޓަކާ އިދާރީ މަޖިލީހުގައި ސިޓީއަކުން އެދެންވާނެއެވެ.

33.3

 

އައު ދައުރުގެ ޤައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ 60 ދުވަސް ކުރިން ގޮފިތަކުގެ ހިންގާ ކޮމެޓީ އަލުން ހޮވައި، އެކަންތައް ނިމިދިޔަ ގޮތުގެ ރިޕޯޓު އިދާރީ މަޖިލީހަށް އަމީން ޢާއްމު ފޮނުވަން ވާނެއެވެ.

33.4

 

 

މާއްދާ 34

އަހަރީ ޢާއްމު ޖަލްސާ

އަހަރީ ޢާއްމު ޖަލްސާއަކީ މި ދުސްތޫރުގެ 11.1 ވަނަ މާއްދާގައި ބުނެފައިވާ ޕާޓީގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ.

34.1

 

އަހަރީ ޢާއްމު ޖަލްސާއަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލެވިފައިވާ ޕާޓީގެ ޢާންމު ބައްދަލުވުމެކެވެ.

34.2

 

އަހަރީ ޢާންމު ޖަލްސާ ބާއްވާނީ އަހަރަކު 1 ފަހަރުއެވެ. މިގޮތުން ބޭއްވޭ ދެ ޖަލްސާ ދެމެދު 18 މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

34.3

 

އަހަރީ ޢާންމު ޖަލްސާއެއް ބޭއްވޭނީ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މެންބަރުން ޙާޟިރުވުމުންނެވެ.

34.4

 

އަހަރީ ޢާއްމު ޖަލްސާ އިންތިޒާމުކޮށް، ހިންގާނީ ޕާޓީގެ އަމީން ޢާއްމެވެ.

34.5

 

އަހަރީ ޢާއްމު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ޕާޓީގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް، ނުވަތަ މަޝްވަރާ މަޖިލީހުން ކަނޑައަޅާ ބޭފުޅެކެވެ.

34.6

 

އަހަރީ ޢާއްމު ޖަލްސާއެއް ބާއްވާނަމަ، ޖަލްސާ ބޭއްވުމަށް ކަނޑައެޅޭ ތާރީޚުގެ 10 ދުވަސް ކުރިން ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި، ތަނާއި، އެޖެންޑާ ޢާއްމުކޮށް އިޢުލާން ކުރަންވާނެއެވެ.

34.7

 

އަހަރީ ޢާއްމު ޖަލްސާ ބާއްވާނީ ޕާޓީގެ މައި އޮފީސް ހުންނަ ރަށުގައެވެ. ނަމަވެސް ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރުހުމާއި އެކު ޕާޓީގެ ރައީސަށް ފެންނަ އެހެން ރަށެއްގައިވެސް ޖަލްސާ ބޭއްވިދާނެއެވެ.

34.8

 

 

މާއްދާ 35

އަހަރީ ޢާއްމު ޖަލްސާގެ މަސައްކަތް

އަހަރީ ޢާއްމު ޖަލްސާގެ މަސައްކަތަކީ:

35.1

 

ކުރިއަށް އޮތް އަހަރަށް މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވާ ޕާޓީގެ ބަޖެޓާއި ފާއިތުވި އަހަރުގެ ޕާޓީގެ ބަޖެޓުގެ ރިޕޯޓު އިއްވުން.

(ހ)

 

 

ވޭތުވެދިޔަ އަހަރުގެ ރިޕޯޓު އިއްވުން. 

(ށ)

 

 

ޕާޓީގެ ޙަރަކާތްތަކާއި މެދު މެންބަރުންގެ ޚިޔާލު ފާޅުކުރުން. މިގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަށް ޢަމަލީ ސިފަ ގެނެވޭނީ މަޝްވަރާ މަޖިލީހުން އެކަންކަން ފާސްކުރުމުންނެވެ. 

(ނ)

 

 

ޤައުމީ އެކި މަސްއަލަތަކާއި މެދު ދާއިރާތަކުން ތައްޔާރުކުރާ ކަރުދާސްތައް ހުށަހެޅުން. މިގޮތަށް ހުށަހެޅޭ ކަރުދާސްތަކަށް ޢަމަލީ ސިފަގެނެވޭނީ މަޝްވަރާމަޖިލީހުންއެކަރުދާސްތައް ފާސްކުރުމުންނެވެ.

(ރ)

 

 

 

މާއްދާ 36

ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި، މަޖިލިހުގެ މެންބަރުންގެ ގޮތުގައި މި ޕާޓީގެ 2 މެންބަރުންނަށްވުރެ ގިނަ މެންބަރުން ހިމެނޭނަމަ، މި މެންބަރުންގެ މައްޗަށް އެކުލެވޭ ގްރޫޕެއް އޮންނަންވާނެއެވެ. މި ގްރޫޕަކީ މި ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (އ) ގައި ވާގޮތުގެމަތީން ޕާޓީގެރުކުންތަކުގެތެރެއިން އެއްރުކުނެވެ.

36.1

 

މި ގްރޫޕުގައި ގްރޫޕް ލީޑަރެއް ހުންނަންވާނެއެވެ. ގްރޫޕް ލީޑަރު ހޮވާނީ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

36.2

 

ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއް މަދުވެގެން 3 (ތިނެއް) މަހުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

36.3

 

ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވޭނީ އެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުން ޙާޟިރުވުމުންނެވެ.

36.4

 

 

ހަތަރުވަނަ ބާބު

މާއްދާ 37

ދާއިމީ ކޮމެޓީތައް

 

37.1

ޕާޓީގެ ލަނޑުދަނޑިތަކަށް ޥާޞިލުވުމަށްޓަކައި ދިރާސާކޮށް، ލަފާދޭ ދާއިމީ ކޮމެޓީތަކެއް ހުންނަންވާނެއެވެ. މި ކޮމެޓީތައް ހިނގަމުންދާނީ މަޝްވަރާ މަޖިލީހުގެ ލަފާގެ މަތިން، އިދާރީ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ. ޕާޓީގައި ހިމެނޭ ދާއިމީ ކޮމެޓީތަކަކީ:

 

 

(ހ)

ސުލޫކު ކޮމިޓީ  (Sulook Committee)

 

 

(ށ)

ދިރާސާ ކޮމިޓީ (Research Committee)

 

 

(ނ)

ތަޢުލީމާއި ތަރުބިއްޔަތު ކޮމިޓީ (Education Committee)

 

 

(ރ)

ޤާނޫނީ ކޮމިޓީ   (Legal Committee)

 

 

(ބ)

އިޤްތިޞާދީ ކޮމިޓީ  (Economic Committee)

 

 

(ޅ)

އިޖްތިމާޢީ ކޮމިޓީ(Social Committee)

 

 

(ކ)

ޖެންޑަރ އާއި އިންސާނީ ޙައްޤުތަކުގެ ކޮމިޓީ (Gender and Human Rights Committee)

 

 

(އ)

އިންތިޚާބް ކޮމިޓީ (Elections Committee)

 

 

(ވ)

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ކޮމިޓީ(Housing and Infrastructure Committee)

 

 

(މ)

މީޑިއާ ކޮމިޓީ (Media Committee)

 

 

(ފ)

މާލިއްޔަތު ކޮމިޓީ (Finance Committee)

 

 

(ދ)

ޚާރިޖީ ކޮމިޓީ (Foreign Committee)

 

 

(ތ)

މެންބަރޝިޕް ކޮމިޓީ (Membership Committee)

 

 

(ލ)

ތިމާވެށި ކޮމިޓީ (Environment Committee)

 

 

(ގ)

ސްޓްރެޓަޖިކް ޕޮލިސީ ކޮމިޓީ (Strategic Policy Committee)

 

 

(ޏ)

ހަރަކާތު ކޮމިޓީ (Activity Committee)

 

37.2

ދާއިމީ ކޮންމެ ކޮމިޓީއަކަށް މުޤައްރިރެއް އައްޔަން ކުރަންވާނެއެވެ. މި ދުސްތޫރުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ދާއިމީ ކޮމިޓީގެ މުޤައްރިރު ޢައްޔަންކުރާނީ މަޝްވަރާ މަޖިލީހުގެ ރުހުމާއެކު ޕާޓީގެ ރައީސްއެވެ.

 

37.3

ދާއިމީ ކޮންމެ ކޮމިޓީއަކަށް ނައިބު މުޤައްރިރެއް އައްޔަން ކުރަންވާނެއެވެ. މިގޮތުން ދާއިމީ ކޮމިޓީގެ ނައިބު މުޤައްރިރުން ޢައްޔަންކުރާނީ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

 

37.4

ދާއިމީ ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރާނީ ޕާޓީގެ ރައީސްއެވެ.

 

37.5

އަންނަނިވި ކަންކަން ކުރުމަކީ ކޮމިޓީގެ ލަފާގެ މަތިން މުޤައްރިރުގެ ޒިންމާއެކެވެ.

 

 

(ހ)

ކޮމިޓީގެ ބައްދަލްވުން ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން

 

 

(ށ)

ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކޮށް، މެމްބަރުންނަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން

 

 

(ނ)

ބައްދަލުވުމުގެ ނޯޓިސް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން

 

 

(ރ)

ބައްދަލްވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން

 

 

(ބ)

ކޮމިޓީއިން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށާއި ހުށަހެޅުން ހުށަހަޅަންޖެހޭ ފަރާތްތަކަށް، ކޮމިޓީގެ ފަރާތުން ޖަވާބުދާރީވެ ހުށަހެޅުން ހުށަހެޅުން

 

 

(ޅ)

ކޮމިޓީ އިން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން

 

 

(ކ)

ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީއާއި ޔައުމިއްޔާ އަމީން ޢާންމުގެ ލަފައާއެއްގޮތަށް އިދާރާއާ ޙިއްސާކުރުން

 

37.6

ކޮމިޓީގެ މުޤައްރިރަށް އޭނާގެ ޒިންމާ އަދާ ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ކުރާނީ ނައިބު މުޤައްރިރެވެ.

 

37.7

ދާއިމީ ކޮމިޓީތަކުގެ ބައްދަލުވުމެއް ކޮންމެ މަހަކު އެއްފަހަރު ބާއްވަން ވާނެއެވެ. މީގެ އިތުރުން ކޮމިޓީގެ މުޤައްރިރަށް ފެނިއްޖެ ހިނދެއްގައި ނުވަތަ ކޮމިޓީގެ ދެ މެންބަރުން ކޮމިޓީގެ ރައީސަށް ފޮނުވާ ސިޓީއެއްގައި ޖަލްސާއެއް ބާއްވަން އެދިއްޖެނަމަ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވާނެއެވެ.

 

37.8

ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމެޓީގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ޙާޟިރުވުމުންނެވެ.

 

37.9

އުޛުރަކާ ނުލައި ޖެހިޖެހިގެން 3 ބައްދަލުވުމަށް ނުވަތަ 6 މަސް ދުވަހުގެ ތެރޭގައި 3 ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ނުވަތަ ނައިބު މުޤައްރިރު ޙާޟިރުނުވެއްޖެނަމަ އޭނާގެ މުޤައްރިރު ކަމުގެ ނުވަތަ ނައިބު މުޤައްރިރު ކަމުގެ މަޤާމު ގެއްލޭނެއެވެ. މިގޮތުން މުޤައްރިރެއް ނުވަތަ ނައިބު މުޤައްރިރެއްގެ މަޤާމު ހުސްވެއްޖެނަމަ އެކަން މަޝްވަރާ މަޖިލީހާ ޙިއްސާކުރުމަކީ އަމީން ޢާންމުގެ ޒިންމާއެކެވެ.

 

37.10

ޕާޓީގެ ރައީސަށް ފެނިއްޖެ ހިނދެއްގައި ކޮމިޓީގެ މުޤައްރިރަކު ނުވަތަ ނައިބު މުޤައްރިރަކު ނުވަތަ މެންބަރަކު އޭނާގެ މަޤާމުން ވަކި ކުރެވިދާނެއެވެ.

 

37.11

ދާއިމީ ކޮމިޓީތަކުގެ މޭންޑޭޓާއި މަސްއޫލިއްޔަތު ތަކާއި ބާރުތައް

 

 

(ހ)

ސުލޫކު ކޮމިޓީ

 

 

 

 

(1)

ޕާޓީގެ މެންބަރަކު މި ދުސްތޫރާ ޚިލާފުވެއްޖެކަމުގެ ނުވަތަ ޕާޓީގެ މަޞްލަޙަތާއި ދެކޮޅަށް މަސައްކަތް ކުރާކަމުގެ ނުވަތަ ޕާޓީގެ މަޞްލަޙަތަށް ގެއްލުންވާފަދަ ކަމެއް ކޮށްފިކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަން ބަލައި ފިޔަވަޅު އެޅުން

 

 

 

 

(2)

ޕާޓީގެ މެންބަރަކާމެދު ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު ސުލޫކު ކޮމިޓީއަށް ލިބިގެންވެއެވެ.

 

 

 

 

 

(i)

ނަޞޭޙަތްތެރިވުން

 

 

 

 

 

(ii)

އިންޒާރު ދިނުން

 

 

 

 

 

(iii)

ޖޫރިމަނާ ކުރުން

 

 

 

 

 

(iv)

ޕާޓީގެ ރައީސާއި ނައިބު ރައީސުން ފިޔަވައި، ޕާޓީގެ މަޤާމެއްގައިހުރި މީހަކުނަމަ، އެމީހަކު އެމަޤާމުން ވަކިކުރުން

 

 

 

 

 

(v)

ޕާޓީގެ މަޖިލީހެއް ނުވަތަ ކޮމިޓީއެއްގައި ހިމެނޭ މެންބަރެއްނަމަ އެ މެންބަރަކު ނިސްބަތްވާ މަޖިލިސް ނުވަތަ ކޮމިޓީއިން ވަކި ކުރުން

 

 

 

 

 

(vi)

ޕާޓީގެ މެންބަރުކަމުން ވަކި ކުރުން

 

 

 

(ށ)

މެންބަރޝިޕް ކޮމިޓީ

 

 

 

 

(1)

ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ބޭނުންވާ ހަރަކާތްތަށް ރާވާ ހިންގުން

 

 

 

 

(2)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

 

 

 

(ނ)

އިންތިޚާބް ކޮމިޓީ

 

 

 

 

(1)

ޕާޓީގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކޮށް ހިންގުން

 

 

 

 

(2)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

 

 

 

(ނ)

ހަރަކާތު ކޮމިޓީ

 

 

 

 

(1)

އާންމުކޮށް ހުޅުވާލެވިގެން ޕާޓީގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އެހެން ކޮމިޓީއެއްގެ މޭންޑޭޓްގެތެރޭ ނުހިމެނޭ ކަންކަން ރާވާ އިންތިޒާމުކުރުން

 

 

 

 

(2)

އާންމުކޮށް ހުޅުވާލެވިގެން ޕާޓީގެ ނަމުގައި ހިންގުމަށް ދާއިމީ ކޮމިޓީތަކާއި އެހެނިހެން ގުނަވަންތަކުން އެދޭ ހަރަކާތްތަށް އިންޒާމްކުރުން

 

 

 

 

(3)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ, ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

 

 

 

(ރ)

ޤާނޫނީ ކޮމިޓީ  

 

 

 

 

(1)

ޤާނޫނީ ގޮތުން ޕާޓީ ތަމްޘީލު ކުރަންޖެހޭ ހާލަތްތަކުގައި ޕާޓީ ތަމްޘީލު ކުރުން

 

 

 

 

(2)

ޕާޓީގެ އެކި މަސައްކަތްތަކުގައި ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން

 

 

 

 

(3)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތު ތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ, ދާއިރާއާ ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

 

 

 

(ބ)

ތަޢުލީމާއި ތަރުބިއްޔަތު ކޮމިޓީ

 

 

 

 

(1)

ޕާޓީގެ އޮނިގަނޑުގެ އެކި މަޤާމްތަކުގައި ތިއްބެވިފަރާތްތަކާއި، އާންމު މެންބަރުންނަށް ޕާޓީގެ ލަނޑުދަނޑިތަކާއި ވިސްނުމާ ފަލްސަފާ އުނގަންނައިދިނުން.

 

 

 

 

(2)

ޕާޓީގެ އޮނިގަނޑުގެ އެކި މަޤާމްތަކުގައި ތިއްބެވިފަރާތްތަކާއި، އާންމު މެންބަރުން ތަރުބިއްޔަތު ކުރާނެ ޕްރޮގްރާމުތައް ތައްޔާރުކޮށް ހިންގުން.

 

 

 

 

(3)

ޕާޓީގެ އެކި ފަންތީގެ މަޤާމްތަކުގައި ތިއްބެވި ފަރާތްތަކަށް ތަމްރީން ދިނުން.

 

 

 

 

(4)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތު ތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(5)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ޅ)

މީޑިއާ ކޮމިޓީ

 

 

 

 

(1)

ޕާޓީގެ ޕްރޮމޯޓްކުރުމަށް ބޭނުންވާ މީޑިއާ ސްޓްރެޓަޖީތައް އެކުލަވައިލުމާއި ރާވާ ހިންގުން.

 

 

 

 

(2)

ޕާޓީއާ ބެހޭގޮތުން އުފެދޭ ނޭދެވޭ މީޑިއާ އޮއިވަރުތަކާ ދެކޮޅަށް މަސައްކަތް ކުރުން.

 

 

 

 

(3)

ޕާޓީއަށް ފަހިވާނެ މީޑިއާ އޮއިވަރުތައް އުފެއްދުމަށް މަސައްކަތްކުރުން.

 

 

 

 

(4)

ޕާޓީގެ ބަސް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދޭނެ މަގުތައް ހޯދައި ތަނަވަސްކުރުން.

 

 

 

 

(5)

ޕާޓީއާއި ޕާޓީގެ ޝަޚްސިއްޔަތުތަކަށް މީޑިއާއިން ފުރުސަތު ހޯދައިދިނުން.

 

 

 

 

(6)

ޕާޓީގެ ޝަޚްސިއްޔަތުތަކަށް ބޭނުންވާނެ މީޑިއާ ޓްރެއިނިންގ ދިނުން.

 

 

 

 

(7)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ކ)

މާލިއްޔަތު ކޮމިޓީ

 

 

 

 

(1)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(2)

ޕާޓީގެ މާލިއްޔަތު އިތުރުކުރާނެ މަގުތައް ހޯދައި އެ މަގުތަކުން ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތްތަށް ރާވައި ހިންގުން.

 

 

 

 

(3)

އަމީން ޢާންމުގެ ލަފާގެ މަތިން ޕާޓީގެ އަހަރީ ބަޖެޓް ޑްރާފްޓް ތައްޔާރުކުރުން.

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(އ)

ޚާރިޖީ ކޮމިޓީ

 

 

 

 

(1)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(2)

ޕާޓީގެ ޚާރިޖީ ގުޅުންތަށް ދަމަހައްޓައި ޕާޓީއާ ގުޅުން އޮތް ބައިނަލްއަޤުވާމީ ފަރާތްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.

 

 

 

 

(3)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ވ)

ސްޓްރެޓަޖިކް ޕޮލިސީ ކޮމިޓީ

 

 

 

 

(1)

ޕާޓީގެ ދުރުރާސްތާ ތަސައްވުރުގައި ބައިނަލް އަޤްވާމީ އަދި ޤައުމީ ނިސްބަތުން ޙާޟިލްކުރަން ބޭނުންވާ ސިޔާސަތުތަށް އެކުލަވައިލުން.

 

 

 

 

(2)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(3)

ދުރުރާސްތާ ސިޔާސަތުތަކަށް ވާސިލްވުމަށް ބޭނުންވާނެ މަގުޗާޓު އެކުލަވައިލާ އެއާ އެއްގޮތަށް ގެންދެވޭ މަސައްކަތްތަށް ވިލަރެސްކުރުން.

 

 

 

 

(4)

ޕާޓީއާއި ޕާޓީގެ މެންބަރުން ދާއިރާއިން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

 

 

 

 

(5)

ޕާޓީ ތަމްސީލްކުރާ އިންތިޚާބީ މަޤާމުތަކާއި އިންތިޚާބީ އިދާރާތަކަށް ދާއިރާއިން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

(6)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(މ)

ދިރާސާ ކޮމިޓީ

 

 

 

 

(1)

ޕާޓީގެ މަސައްކަތްތަކަށް ބޭނުންވާ ދިރާސާތަށް ކުރުމާއި ޝާއިޢުކުރުން.

 

 

 

 

(2)

ޕާޓީގެ ސިޔާސަތުތަކަށް ބާރުވެރިކަން ހޯދުމަށް ބޭނުންވާ ތިންކް ޓޭންކް އެކުލަވައިލުން.

 

 

 

 

(3)

ދިރާސާ ކުރުމުގެ ދާއިރާއިން ކަމާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤްވާމީ މުއައްސަސާތަކާ ގުޅުން ޤާއިމްކޮށް މުޢާމަލާތްކުރުން.

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ، ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ފ)

ތިމާވެށި ކޮމިޓީ

 

 

 

 

(1)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(2)

ޕާޓީއާއި ޕާޓީގެ މެންބަރުން ދާއިރާއިން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

 

 

 

 

(3)

ޕާޓީ ތަމްސީލްކުރާ އިންތިޚާބީ މަޤާމުތަކާއި އިންތިޚާބީ އިދާރާތަކަށް ދާއިރާއިން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ދ)

އިޤްތިޞާދީ ކޮމިޓީ

 

 

 

 

(1)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(2)

ޕާޓީއާއި ޕާޓީގެ މެންބަރުން ދާއިރާއިން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

 

 

 

 

(3)

ޕާޓީ ތަމްސީލްކުރާ އިންތިޚާބީ މަޤާމުތަކާއި އިންތިޚާބީ އިދާރާތަކަށް ދާއިރާއިން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ތ)

އިޖްތިމާޢީ ކޮމިޓީ

 

 

 

 

(1)

ޕާޓީގެ މެންބަރުންގެ އިޖްތިމާޢީ ޙާލަތު ބަލައި ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކޮށް، ބެލެހެއްޓުމާއި، އިޖްތިމާޢީ އަދި ޞިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ތަނަވަސްކުރުން.

 

 

 

 

(2)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(3)

ޕާޓީއާއި ޕާޓީގެ މެންބަރުން ދާއިރާއިން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

 

 

 

 

(4)

ޕާޓީ ތަމްސީލްކުރާ އިންތިޚާބީ މަޤާމުތަކާއި އިންތިޚާބީ އިދާރާތަކަށް ދާއިރާއިން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

(5)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ލ)

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ކޮމިޓީ

 

 

 

 

(1)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(2)

ޕާޓީއާއި ޕާޓީގެ މެންބަރުން ދާއިރާއިން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

 

 

 

 

(3)

ޕާޓީ ތަމްސީލްކުރާ އިންތިޚާބީ މަޤާމުތަކާއި އިންތިޚާބީ އިދާރާތަކަށް ދާއިރާއިން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

(ގ)

ޖެންޑަރ އާއި އިންސާނީ ޙައްޤުތަކުގެ ކޮމިޓީ

 

 

 

 

(1)

ދާއިރާގައި ޕާޓީއިން ގެންގުޅޭނެ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ޕްރޮމޯޓްކުރުން އަދި ޕާޓީގެ ސިޔާސަތުތަކާ ޚިލާފަށް މި ދާއިރާއިން ހިނގާ ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

 

 

 

 

(2)

ޕާޓީއާއި ޕާޓީގެ މެންބަރުން ދާއިރާއިން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

 

 

 

 

(3)

ޕާޓީ ތަމްސީލްކުރާ އިންތިޚާބީ މަޤާމުތަކާއި އިންތިޚާބީ އިދާރާތަކަށް ދާއިރާއިން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

(4)

މަޝްވަރާ މަޖިލީހާއި އިދާރީ މަޖިލީހުން ހަވާލުކުރާ ކޮމިޓީގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

 

 

37.12

ކޮމިޓީގެ މައްސަކަތާ ގުޅޭ ރިޕޯޓެއް ކޮންމެ ކޮމިޓީއަކުން ތިންމަހުން އެއްފަހަރު އިދާރީ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

 

37.13

ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓެއް ކޮންމެ ހަމަހުން އެއްފަހަރު އިދާރީ މިޖިލީހުން މަޝްވަރާ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

 

37.14

ދާއިމީ ކޮމިޓީތަކުގެ ހިންގާ ޤައިވައިދެއް އެކުލަވައިލާ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި އޮންނަންވާނެއެވެ.

 

               

 

ފަސްވަނަ ބާބު

މާއްދާ 38

ޕާޓީގެ އިސް މަޤާމުތަކާއި މަޤާމުތަކުގެ މަސްއޫލިއްޔަތުތައް

 

38.1

ޕާޓީގެ ރައީސް:

 

 

(ހ)

ޕާޓީގެ ރައީސަކީ ޕާޓީގެ އެންމެހައި ސިޔާސަތެއް ހިންގައި، ޕާޓީ ތަމްސީލުކުރާ އެންމެ އިސް ވެރިޔާއެވެ. އަދި މަޝްވަރާ މަޖިލިހުގެ ނިންމުންތައް ތަންފީޛު ކުރުމުގައި ވިލަރެސްކުރާ އިސް ފަރާތްވެސް މެއެވެ.

 

 

(ށ)

ޕާޓީގެ ރައީސަކު ހޮވާނީ އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ނަންތައް ޕާޓީގެ މެންބަރުންނަށް ހުށަހަޅައި، ޕާޓީގެ ޢާއްމު މެންބަރުންގެ ސިއްރު ވޯޓަކުންނެވެ. މިގޮތުން ހޮވޭ މީހާއަށް ވޯޓުލުމުގައި ބައިވެރިވި މެންބަރުންގެ 50  އިންސައްތައަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ލިބެންވާނެއެވެ.

 

 

(ނ)

ޕާޓީގެ ރައީސްކަމުގެ މަޤާމަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތި ނުލައިފިނަމަ، ކުރިމަތިލީ މީހާ ހޮވަންވާނީ ޕާޓީގެ ޢާންމު މެންބަރުންގެ ފެންނަނުފެންނަ ވޯޓަކުންނެވެ.

 

 

(ރ)

މި ދުސްތޫރުން އިސްތިސްނާ ކުރެވޭ ޖަލްސާތައް ފިޔަވައި، ފާޓީގެ އެންމެހައި ރަސްމީ ޖަލްސާތައް ޝަރަފުވެރި ކުރާނީ ޕާޓީގެ ރައީސެވެ.

 

 

(ބ)

ޕާޓީގެ ރައީސަކީ ޤައުމީ އެކި މައްސަލަތަކުގައި މަޝްވަރާ މަޖިލީހުގެ ލަފާގެ މަތީން ޕާޓީގެ މައުޤިފު ހާމަކުރާ އެއްމެ އިސް މީހާއެވެ.

 

 

(ޅ)

ޕާޓީގެ ފަރާތުން ޤައުމުގެ ރިޔާސަތަށް ކުރިމަތިލާނީ ޕާޓީގެ އެ ދައުރެއްގެ ރައީސެވެ. ނަމަވެސް، ޕާޓީގެ ރައީސް އެކަމަށް ޢުޒުރުވެރިވާނަމަ، ނުވަތަ މި ދުސްތޫރުގެ 39.3 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ އެހެން މީހަކު ކުރިމަތިލައްވަން މަޝްވަރާ މަޖިލީހަށް ހުށަހެޅިއްޖެ ހިނދު، މުޅި މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވެއްޖެނަމަ، ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ އެމީހާ ކަމުގައި، މި ދުސްތޫރުގެ 38.1 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ ގޮތުގެ މަތިން، ކަނޑައެޅިދާނެއެވެ.

 

 

(ކ)

މި ދުސްތޫރުގެ 38.1 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ފަދައިން ޤައުމުގެ ރިޔާސަތަށް ޕާޓީގެ ރައީސް ނޫން އެހެންމީހަކު ކުރިމަތިލައްވާނަމަ، އެމީހަކު ހޮވުމަށްޓަކައި ޕާޓީގެ ޢާއްމު މެންބަރުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގަންވާނެއެވެ. އަދި މި ވޯޓުލުމުގައި ބައިވެރިވި މެންބަރުންގެ  އަޣުލަބިއްޔަތު އެ މީހަކަށް ލިބެންވާނެއެވެ.

 

 

(އ)

މި ދުސްތޫރުގެ 38.1 ވަނަ މާއްދާގެ (ޅ) އަދި (ކ) ގައި ބުނެފައިވާ ގޮތުގެ މަތިން، ޤައުމުގެ ރިޔާސަތަށް ކުރިމަތިލުމަށްޓަކައި ޕާޓީގެ ރައީސް ނޫން މީހަކު ހޮވުނު ކަމުގައި ވިއަސް، ހިނގަމުންދާ ދައުރުގައި ޕާޓީގެ ރައީސަކަށް ހުންނާނީ ޕާޓީގެ އެ ދައުރުގެ ރައީސެވެ.

 

 

(ވ)

ޕާޓީގެ ރައީސްގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. އެކަކަށް ރައީސްކަން ޖެހިޖެހިގެން އެއްމެ ގިނައިން ކުރެވޭނީ 2 ދައުރެވެ.

 

 

(މ)

ރައީސްކަމުގެ ކޮންމެ ދައުރެއް ނިމުމުގެ 30 ދުވަސް ކުރިން، ކުރިއަށް އޮތް ދައުރުގެ ރައީސް ހޮވަންވާނެއެވެ.

 

 

(ފ)

ޕާޓީގެ ރައީސް އިސްތިޢުފާ ދީފިނަމަ، ނުވަތަ ނިޔާވެއްޖެނަމަ، ނުވަތަ ޕާޓީއިން ވަކިވެއްޖެނަމަ، ނުވަތަ މަޤާމުން ވަކިކޮށްފިނަމަ، 30 ދުވަހުގެތެރޭގައި މި ދުސްތޫރުގެ 38.3 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން ޕާޓީގެ ރައީސްކަމަށް އަންނަމީހަކު މަޝްވަރާމަޖިލީހުގެ ޖަލްސާއެއްގައި މަޤާމާ ހަވާލުވެ މަޤާމުގެ ހުވާ ކުރަންވާނެއެވެ.

 

38.2

ރައީސްގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

ޕާޓީގެ ދުސްތޫރަށް ރައްކައުތެރިވުމާއި ދުސްތޫރު ދިފާޢު ކުރުން.

 

 

(ށ)

ޕާޓީގެ ސިޔާސަތުތައް ހިންގައި، ޕާޓީ ތަމްސީލުކުރުން.

 

 

(ރ)

ޕާޓީގެ މެންބަރުންގެ މެދުގައި ސުލްޙަމަސަލަސްކަމާއި އެކުވެރިކަން ޤާއިމުކުރުމަށް މަސައްކަތްކުރުން.

 

 

(ބ)

މި ދުސްތޫރުން ރައީސަށް ލިބިދޭ ބާރުތަކުގެ ދަށުން ކަންކަން ހިންގުން.

 

 

(ޅ)

މި ދުސްތޫރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރައީސް ބައިވެރިވާންޖެހޭ ރަސްމީ ހުރިހާ ޖަލްސާތަކެއްގެ ރިޔާސަތު ބެލެހެއްޓުން.

 

 

(ކ)

އިދާރީ މަޖިލީހަށް ރައީސް ޢައްޔަންކުރާ މެންބަރުން ޒިންމާދާރު ކުރުވައި، އެ އެންމެންގެ މަސައްކަތްތައް ވިލަރެސް ކުރުން.

 

 

(އ)

އިދާރީ މަޖިލީހަށް ޢައްޔަންކުރެވޭ މީހުން ޢައްޔަންކޮށް، މަޝްވަރާ މަޖިލީހުގެ ލަފާއާއި ތަޞްދީޤަކަށް އެދި ހުށަހެޅުން.

 

 

(ވ)

ޕާޓީގެ މައިއޮފީހާއި، އެހެނިހެން އޮފީސްތަކުގެ ޙަރަކާތްތަކާއި، މެންބަރުންގެ ކަންތައްތަކާއި، ޕާޓީގެ ހުރިހާ ކަމެއް އިސްވެ ބެލެހެއްޓުން.

 

 

(މ)

އިދާރީ މަޖިލީހަށާއި 37.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިމީ ކޮމިޓީތަކަށް ރައީސް އައްޔަންކުރާ މެމްބަރުން ވަކިކުރުން.

 

38.3

ނައިބު ރައީސް:

 

 

(ހ)

ޕާޓީގެ 3 ނައިބު ރައީސުން ތިބެންވާނެއެވެ.

 

 

(ށ)

ޕާޓީގެ ނައިބު ރައީސުންނަކީ، ރައީސް އަންގާ ކަމެއް އަދާކުރުމުގައި ދެމިތިބޭ ބައެކެވެ.

 

 

(ނ)

ޕާޓީގެ ނައިބު ރައީސުން ހޮވާނީ އަންނަނިވި ގޮތަށެވެ:

 

 

 

(1)

ޕާޓީގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވައި ކާމިޔާބުވާ ކެނޑިޑޭޓްގެ ރަނިންގ މޭޓެއްގެ ގޮތުގައި ވާދަކުރައްވާ ފަރާތް؛

 

 

 

(2)

ޤައުމީ މަޖިލީސް ބާއްވާ ތާރީޚުގެ 15 ދުވަސް ކުރިން، ޕާޓީގެ އާ ދައުރުގެ ރައީސްކަމަށް ހޮވޭ ފަރާތުން ނައިބުރައީސުންގެ މަޤާމަށް ހޮވުމަށް ހުށައަޅާ ނަންތައް އިލެކްޝަސް ކޮމިޓީއަށް ހުށައަޅަންވާނެއެވެ. އަދި ހުށައަޅާ ނަންތަކުގެ ތެރެއިން ޤައުމީ މަޖިލީހުގައި އެންމެ ގިނަ ވޯޓު ލިބޭ 2 ނަމެއް ނައިބުރައީސްކަމަށް ހޮވޭނެއެވެ. މިގޮތުން ނަން ހުށައަޅާއިރު، މަދުވެގެން 3 ނަމެއް ހުށައަޅަންވާނެއެވެ.

 

 

(ރ)

އެއްވެސް ސަބަބަކާހުރެ ޕާޓީގެ ރައީސްގެ މަޤާމު ހުސްވެއްޖެނަމަ، ރައީސްކަމުގެ މަޤާމާ ހަވާލުވާނީ ޕާޓީގެ ނައިބު ރައީސުންގެ ތެރެއިން، ރަނިންގމޭޓްގެ ގޮތުގައި ވާދަކޮށް ހޮވުނު ނައިބުރައީސެވެ.

 

 

(ބ)

އެއްވެސް ސަބަބަކާހުރެ ޕާޓީގެ ރައީސްގެ މަޤާމު ހުސްވާއިރު، ރަނިންގމޭޓްގެ ގޮތުގައި ވާދަކޮށް ހޮވުނު ނައިބުރައީސް އެމަޤާމުގައި ނެތްނަމަ، ރައީސްކަމާ ހަވާލުވާނެ ފަރާތެއް ކަނޑައަޅާނީ، އެވަގުތެއްގައި ތިބި ނައިބު ރައީސުންގެތެރެއިން މަޝްވަރާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ހޮވޭ ފަރާތެކެވެ.

 

 

(ޅ)

ޕާޓީގެ ނައިބު ރައީސުންގެ ދައުރެއްގެ މުއްދަތަކީ 5 އަހަރުދުވަހެވެ.

 

 

(ކ)

ޕާޓީގެ ނައިބު ރައީސަކު އިސްތިޢުފާ ދީފިނަމަ، ނުވަތަ ނިޔާވެއްޖެނަމަ، ނުވަތަ މަޤާމުން ވަކިކޮށްފިނަމަ، އެ މަޤާމަށް ނައިބު ރައީސަކު ހޮވުމަށް 30 ދުވަހުގެ ތެރޭގައި މަޝްވަރާމަޖިލީހަށް ޕާޓީގެ ރައީސް ނަމެއް ހުށައަޅަންވާނެއެވެ. ނައިބުރައީސްކަމަށް ޢައްޔަންކުރުމަށް ރައީސް ހުށައަޅާނަމަކަށް މަޝްވަރާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ރުހުން ނުލިބިއްޖެނަމަ 15 ދުވަހުގެ ތެރޭގައި އެހެން ނަމެއް ހުށައަޅަންވާނެއެވެ.

 

38.4

ނައިބު ރައީސުންގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސަށް އެހީތެރިވުން. 

 

 

(ށ)

ރައީސް ނެތް ޙާލަތެއްގައި، ރައީސްގެ މަސްއޫލިއްޔަތު އުފުލުން.

 

 

(ނ)

ރައީސް ނެތް ހާލަތުގައި، ރައީސްގެ މަސްއޫލިއްޔަތު އުފުލާނީ މި ދުސްތޫރުގެ 41.3 (ނ) އަދި (ރ) ގެ ދަށުން ރައީސްކަމަށް އިސްވާ ތަރުތީބުން އެންމެ އިސްވާ ނައިބުރައީސެވެ.

 

38.5

ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް:

 

 

(ހ)

ޢިލްމުވެރިންގެ މަޖިލީހުގެ ރައީސަކީ ޢިލްމުވެރިންގެ މަޖިލީހުގެ އެންމެ އިސް ވެރިޔާއެވެ. 

 

 

(ށ)

ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

 

(ނ)

އިލްމުވެރިންގެ މަޖިލީހުގެ ރައީސަކު ހޮވާނީ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގެވޭ ސިއްރު ވޯޓަކުންނެވެ.

 

38.6

ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

މި ދުސްތޫރުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ޢިލްމުވެރިންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް އިސްވެ އުފުލުން.

 

 

(ށ)

ޢިލްމުވެރިންގެ މަޖިލިސް ހިންގުމާއި އެމަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި އިސްވެ ޙަރަކާތްތެރިވުން.

 

 

(ނ)

ދީނީ ސިޔާސަތުގެ ދަށުން ޕާޓީގެ ރައީސަށާއި މަޝްވަރާ މަޖިލީހަށް ލަފާ ދިނުން.

 

 

(ރ)

ޕާޓީގެ ރައީސާއި ނައިބު ރައީސް ނެތް ޙާލަތެއްގައި، ޕާޓީއަށް ދިމާވާ ކޮންމެ ބޮޑު ކަމެއް އިސްވެ ކުރުމާއި، އެފަދަ ޙާލަތެއްގައި، އިދާރީ މަސައްކަތް ފިޔަވައި އެހެނިހެން ކަންތައްތައް ހިންގުމުގައި އަމީން ޢާއްމަށް މަޝްވަރާ ދިނުން.

 

38.7

އިސް ފަނޑިޔާރު:

 

 

(ހ)

އިސް ފަނޑިޔާރަކީ ފަނޑިޔާރުންގެ މަޖިލީހުގެ އިސްވެރިޔާއެވެ.

 

 

(ށ)

އިސް ފަނޑިޔާރުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.8

އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

މި ދުސްތޫރުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ފަނޑިޔާރުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަނޑިޔާރުންގެ މަޖިލީހުގެ ފަރާތުން އެކަންތައްތަކުގެ މަސްއޫލިއްޔަތާއި ޒިއްމާ އިސްވެ އުފުލުން.

 

 

(ށ)

ފަނޑިޔާރުންގެ މަޖިލިސް ހިންގުމާއި އެމަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި އިސްވެ ޙަރަކާތްތެރިވުން.

 

38.9

އަމީން ޢާއްމު:

 

 

(ހ)

އަމީން ޢާއްމަކީ މި ދުސްތޫރުގެ 38.2 ވަނަ މާއްދާގެ (އ) އާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ރައީސް ޢައްޔަންކުރާ މީހެކެވެ. މިމަޤާމަށް ޢައްޔަން ކުރެވޭ މީހާގެ ނަން މަޝްވަރާ މަޖިލީހުން ތަޞްދީޤު ކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

 

 

(ށ)

އަމީން ޢާއްމުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.10

އަމީން ޢާއްމުގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

ރައީސްގެ ލަފާގެ މަތިން، އިދާރީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ހިންގުން.

 

 

(ށ)

ދުވަހުން ދުވަހަށް ޕާޓީގެ ޚަބަރާއި ހިނގާނުހިނގާގޮތް ރައީސަށް އެންގުން.

 

 

(ނ)

ޕާޓީގެ ރައީސް، ނުވަތަ މަޝްވަރާ މަޖިލީހުން، ޙަވާލުކުރާ އެންމެހައި އިދާރީ ކަންތައްތައް އިދާރީ މަޖިލިސް މެދުވެރިކޮށް ކުރުން.

 

 

(ރ)

ޕާޓީގެ ރައީސާއި ނައިބު ރައީސް ނެތް ޙާލަތެއްގައި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަޝްވަރާގެ މަތިން، އެމީހުންގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

 

 

(ބ)

ޕާޓީގެ ރަޖިސްޓްރަރ ގެ ލަފާގެ މަތިން ޕާޓީ ޕްރޮމޯޓު ކުރުމަށާއި މެންބަރުން އިތުރު ކުރުމަށް ތަފާތު ޙަރަކާތްތައް ރާވާ ހިންގުން.

 

 

(ޅ)

ޕާޓީގެ ރައީސްގެ ލަފާގެ މަތިން އަހަރީ ޢާންމު ޖަލްސާ އިންތިޒާމުކޮށް ހިންގުން.

 

38.11

އަމީން ޢާއްމުގެ ނައިބު:

 

 

(ހ)

އަމީން ޢާއްމުގެ ނައިބަކީ މި ދުސްތޫރުގެ 41.2 ގެ (އ) އާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ރައީސް ޢައްޔަންކުރާ މީހެކެވެ. މި މަޤާމަށް ޢައްޔަން ކުރެވޭ މީހާގެ ނަން މަޝްވަރާ މަޖިލީހުން ތަޞްދީޤުކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

 

 

(ށ)

މި މަޤާމުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.12

އަމީން ޢާއްމުގެ ނައިބުގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

އަމީން ޢާއްމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުން.

 

 

(ށ)

އަމީން ޢާއްމު ނެތް ޙާލަތެއްގައި އަމީން ޢާއްމުގެ މަސްއޫލިއްޔަތުތައް އަދާކުރުން.

 

38.13

ޕާޓީގެ ރަޖިސްޓްރަރ:

 

 

(ހ)

ޕާޓީގެ ރަޖިސްޓްރަރއަކީ މި ދުސްތޫރުގެ 38.2 ވަނަ މާއްދާގެ (އ) އާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ރައީސް ޢައްޔަންކުރާ މީހެކެވެ. މި މަޤާމަށް ޢައްޔަން ކުރެވޭ މީހާގެ ނަން މަޝްވަރާ މަޖިލީހުން ތަޞްދީޤުކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

 

 

(ށ)

ޕާޓީގެ ރަޖިސްޓްރަރގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

 

(ނ)

ޕާޓީގެ ރަޖިސްޓްރަރއަކީ ޕާޓީގެ މެންބަރުންގެ ދަފުތަރު ބަލަހައްޓާ މީހާއެވެ.

 

38.14

ޕާޓީގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

ޕާޓީގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުން.

 

 

(ށ)

ޕާޓީއަށް ވަންނަ މީހުންނާއި ޕާޓީއިން ވަކިވާ މީހުންގެ މަޢުލޫމާތު ހޯދައި ބެލެހެއްޓުން.

 

 

(ނ)

ޕާޓީގެ ގޮފިތަކުގެ މެންބަރުންނާއި އެ ގޮފިތަކުގެ ރަޖިސްޓަރީ ވިލަރެސްކުރުން.

 

 

(ރ)

ގޮފިތައް ރަޖިސްޓަރީ ކުރުމާއި، ގޮފިތަކުގެ ކޮމެޓީތައް ހޮވައި، އެކަންކަން އިލެކްޝަންސް ކޮމިޝަނަށް އެންގުން.

 

 

(ބ)

މި ދުސްތޫރުގެ 38.14 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ކަންތައްތައް ހިނގަމުންދާގޮތް އަމީން ޢާއްމަށް، ނުވަތަ ޕާޓީގެ މައި އޮފީހާއި ޙަވާލުވެ ހުރި މީހަކަށް ދުވަހުން ދުވަހަށް އެންގުން.

 

 

(ޅ)

މެންބަރޝިޕް ކޮމިޓީގެ މުޤައްރިރުކަމުގެ ދައުރު އަދާކުރުން

 

38.15

އަންހެނުންގެ މަޖިލީހުގެ ރައީސާ:

 

 

(ހ)

އަންހެނުންގެ މަޖިލީހުގެ ރައީސާއަކީ އަންހެނުންގެ މަޖިލިހުގެ އެއްމެ އިސްވެރިޔާއެވެ.

 

 

(ށ)

އަންހެނުންގެ މަޖިލީހުގެ ރައީސާގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.16

އަންހެނުންގެ މަޖިލީހުގެ ރައީސާގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

މި ދުސްތޫރުގެ 25 ވަނަ މާއްދާގައި ބުނެފައިވާ އަންހެނުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންހެނުންގެ މަޖިލީހުގެ ފަރާތުން އެކަންތައްތަކުގެ މަސްއޫލިއްޔަތާއި ޒިއްމާ އިސްވެ އުފުލުން.

 

 

(ށ)

އަންހެނުންގެ މަޖިލިސް ހިންގުމާއި އެމަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި އިސްވެ ޙަރަކާތްތެރިވުން.

 

38.17

ޒުވާނުންގެ މަޖިލީހުގެ ރައީސް:

 

 

(ހ)

ޒުވާނުންގެ މަޖިލީހުގެ ރައީސަކީ ޒުވާނުންގެ މަޖިލީހުގެ އެއްމެ އިސްވެރިޔާއެވެ.

 

 

(ށ)

ޒުވާނުންގެ މަޖިލީހުގެ ރައީސްގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.18

ޒުވާނުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

މި ދުސްތޫރުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ޒުވާނުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޒުވާނުންގެ މަޖިލީހުގެ ފަރާތުން އެކަންތައްތަކުގެ މަސްއޫލިއްޔަތާއި ޒިއްމާ އިސްވެ އުފުލުން.

 

 

(ށ)

ޒުވާނުންގެ މަޖިލިސް ހިންގުމާއި އެމަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި އިސްވެ ޙަރަކާތްތެރިވުން

 

38.19

ޕާޓީގެ އިސްތަރުޖަމާނު:

 

 

(ހ)

ޕާޓީގެ އިސްތަރުޖަމާނަކީ މި ދުސްތޫރުގެ 38.2 ވަނަ މާއްދާގެ (އ) އާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ރައީސް ޢައްޔަންކުރާ މީހެކެވެ. މި މަޤާމަށް ޢައްޔަން ކުރެވޭ މީހާގެ ނަން މަޝްވަރާ މަޖިލީހުން ތަޞްދީޤުކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

 

 

(ށ)

ޕާޓީގެ އިސްތަރުޖަމާނުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.20

ޕާޓީގެ އިސްތަރުޖަމާނުގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

ޕާޓީގެ ރައީސާއި، ނައިބު ރައީސްގެ ލަފާގެ މަތިން ޕާޓީގެ ސިޔާސަތާއި އެކި ކަންކަމުގައި ޕާޓީއިން ގެންގުޅޭ މައުޤިފް ހާމަކުރުން.

 

 

(ށ)

އިދާރީ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ މަތިން، ޕާޓީގެ އެކިއެކި ޙަރަކާތްތަކާއި ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތުދިނުން.

 

 

(ނ)

މީޑިއާ ކޮމިޓީގެ މުޤައްރިރުކަމުގެ ދައުރު އަދާކުރުން

 

38.21

ޚަޒާންދާރު:

 

 

(ހ)

ޚަޒާންދާރަކީ މި ދުސްތޫރުގެ 38.2 ވަނަ މާއްދާގެ (އ) އާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ރައީސް ޢައްޔަންކުރާ، ޕާޓީގެ ހިސާބުކިތާބާއި ބެހޭ އެންމެ އިސް ފަރާތެވެ. މި މަޤާމަށް ޢައްޔަން ކުރެވޭ މީހާގެ ނަން މަޝްވަރާ މަޖިލީހުން ތަޞްދީޤުކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

 

 

(ށ)

ޚަޒާންދާރުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.22

ޚަޒާންދާރުގެ މަސްއޫލިއްޔަތުތައް: 

 

 

(ހ)

ޕާޓީއަށް ސަރުކާރުންނާއި، ހެއުއެދޭ ފަރާތްތަކުންނާއި، މެންބަރުންގެ ފަރާތުން ލިބޭ އެންމެހައި އެހީގެ ފައިސާއާއި މުދަލާއި ތަކެތި، ލިޔެ ބެލެހެއްޓުން.

 

 

(ށ)

ޕާޓީގެ އަހަރީ ބަޖެޓު ތައްޔާރުކުރުން.

 

 

(ނ)

މަޝްވަރާ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން، ޕާޓީއަށް ލިބޭ ފައިސާއާއި، ޕާޓީއިން ކުރާ ޚަރަދުތަކުގެ ތަފްޞީލު، ލިޔެ ރައްކައުކުރުން.

 

 

(ރ)

މި ދުސްތޫރުގެ 43 ވަނަ މާއްދާގެ ދަށުން ޕާޓީގެ މާލީ ކަންތައްތައް ގެންދަން އަންގާފައިވާ ގޮތުގެ މަތިން، އަމީން ޢާއްމުގެ ލަފާއާއި އެއްގޮތަށް ކަންތައްތައް ގެންދިއުން.

 

 

(ބ)

މަޝްވަރާ މަޖިލިހުން، ނުވަތަ އިދާރީ މަޖިލީހުން، އެދިއްޖެ ކޮންމެ ހިނދަކު ޕާޓީގެ މާލީ ޙާލަތު ބަޔާންކޮށްދިނުން.

 

 

(ޅ)

ފައިސާ އާއިބެހޭ ކަންކަމުގައި ރައީސަށާއި އަމީން ޢާއްމަށާއި މަޝްވަރާ މަޖިލީހަށް ލަފާ އެރުވުން.

 

 

(ކ)

މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމުގެ ދައުރު އަދާކުރުން

 

38.23

އިންތިޒާމު ސެކްރެޓަރީ:

 

 

(ހ)

އިންތިޒާމު ސެކްރެޓަރީއަކީ މި ދުސްތޫރުގެ 38.2 ވަނަ މާއްދާގެ (އ) އާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ރައީސް ޢައްޔަންކުރާ މީހެކެވެ. މި މަޤާމަށް ޢައްޔަން ކުރެވޭ މީހާގެ ނަން މަޝްވަރާ މަޖިލީހުން ތަޞްދީޤުކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

 

 

(ށ)

އިންތިޒާމު ސެކްރެޓަރީ މަސައްކަތްކުރަމުންދާނީ އަމީންޢާއްމުގެ ލަފާގެ މަތިންނެވެ.

 

 

(ނ)

އިންތިޒާމު ސެކްރެޓަރީގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

38.24

އިންތިޒާމު ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް:

 

 

(ހ)

އަމީން ޢާއްމުގެ ލަފާގެ މަތީން ޕާޓީގެ އޮފީސްތަކުގެ އިޖްތިމާޢީ ޙަރަކާތްތައް އިންތިޒާމުކުރުން.

 

 

(ށ)

ޕާޓީގެ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމުގެ ހުރިހާ ކަމެއް، އިދާރީ އޮނިގަނޑުގެ ދަށުން، އިސްވެ ހިންގުން.

 

 

(ނ)

ހަރަކާތު ކޮމިޓީގެ މުޤައްރިރުކަމުގެ ދައުރު އަދާކުރުން

 

މާއްދާ 39

ޕާޓީގެ އެއްމެ އިސް މަޤާމުތަކަށް ހޮވޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

 

39.1

ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

ބޭރު ޤައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.

 

 

(ބ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ޅ)

މި ޕާޓީގެ މެންބަރެއް ކަމުގައިވުން.

 

 

(ކ)

މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

 

 

(އ)

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

 

 

(ވ)

ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

 

(މ)

މި ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން.

 

 

(ފ)

ސަނަދުގެ ފެންވަރު ބެލުމާއި ބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ޙާސިލްކޮށްފައިވުން، އަދި މަދުވެގެން 3 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

 

39.2

ޕާޓީގެ ނައިބު ރައީސުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

ބޭރު ޤައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.

 

 

(ބ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ޅ)

މި ޕާޓީގެ މެންބަރެއް ކަމުގައިވުން.

 

 

(ކ)

މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

 

 

(އ)

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

 

 

(ވ)

ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

39.3

ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއި އޭނާގެ ރަނިންގމޭޓުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

ބޭރު ޤައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.

 

 

(ބ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ޅ)

މި ޕާޓީގެ މެންބަރެއް ކަމުގައިވުން.

 

 

(ކ)

މީލާދީ ސަނަތުން 35 (ފަންސަތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

 

 

(އ)

ސަނަދުގެ ފެންވަރު ބެލުމާއިބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ޙާސިލްކޮށްފައިވުން، އަދި މަދުވެގެން 3 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

 

 

(ވ)

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

 

 

(މ)

ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

 

(ފ)

މި މާއްދާގައި ބަޔާންވެދިޔަ ސިފަތައް ފިޔަވައި، އިތުރު އެހެން ސިފައެއް ރިޔާސީ ކެނޑިޑޭޓާއި އޭނާގެ ރަނިންގމޭޓުގެ ކިބައިގައި ހުރުމަށް ދައުލަތުގެ ކަމާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާނަމަ އެސިފައެއް އެމީހެއްގެ ކިބައިގައި ހުންނަންވާނެއެވެ.

 

39.4

ޢިލްމުވެރިންގެ މަޖިލިހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ބ)

ޢިލްމުވެރިންގެ މަޖިލިހުގެ މެންބަރަކު ކަމުގައިވުން.

 

 

(ޅ)

ޢާއްމު މީހުންގެ ތެރޭގައި އަޚްލާޤީގޮތުން ޢަބުރު ގެއްލިފައިވާ މީހަކު ކަމުގައި ނުވުން.

 

 

(ކ)

ޢިލްމުވެރިންގެ މަޖިލީހުގައި އެއްދައުރު އުޅެފައިވާ މީހަކު ކަމުގައިވުން. 

 

 

(އ)

ސަނަދުގެ ފެންވަރު ބެލުމާއިބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ އިސްލާމީ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން، ދީނީ ރޮނގުން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ މީހަކު ކަމުގައިވުން، އަދި މަދުވެގެން 3 އަހަރު ދުވަހު އިސްލާމްދީން އުގަންނައިދިނުމަށް، ނުވަތަ ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވުން.

 

39.5

އިސްފަނޑިޔާރުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ބ)

ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރަކު ކަމުގައި ވުން.

 

 

(ޅ)

ފިރިހެނަކު ކަމުގައިވުން.

 

 

(ކ)

މަޤާމަށް ޢައްޔަންކުރުމާ ހަމައަށް މެދުނުކެނޑި ޕާޓިގައި 1 އަހަރުދުވަސް ހޭދަކޮށްފައި ވުމާއެކު ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން؛

 

39.6

އަމީން ޢާއްމާއި އަމީން ޢާއްމުގެ ނައިބާއި ރަޖިސްޓްރަރ އާއި އިސްތަރުޖަމާނުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

މި ޕާޓީގެ މެންބަރެއް ކަމުގައިވުން.

 

 

(ބ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ޅ)

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

 

(ކ)

ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

 

(އ)

މި ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 1 (އެއް) އަހަރު ދުވަހު އުޅެ، ޕާޓީގެ ކަންކަމުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން.

 

39.7

އަންހެނުންގެ މަޖިލީހުގެ ރައީސާއާއި ޒުވާނުންގެ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

 

 

(ހ)

މުސްލިމަކު ކަމުގައި ވުން.

 

 

(ށ)

ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

 

 

(ނ)

ދިވެހި ރައްޔިތެއް ކަމުގައިވުން.

 

 

(ރ)

މި ޕާޓީގެ މެންބަރެއް ކަމުގައިވުން.

 

 

(ބ)

ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

 

 

(ޅ)

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

 

(ކ)

ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

 

(އ)

ރައީސްކަމަށް ކުރިމަތިލާ،  ނުވަތަ ރައީސްކަމަށް ހޮވުނު، މަޖިލީހުގެ މެންބަރަކަށްވުން.

 

މާއްދާ 40

ޕާޓީގެ މަޤާމަކުން ވަކިކުރުން

 

40.1

ޕާޓީގެ ރައީސާއި، ނައިބު ރައީސުންނާއި، އެނޫންވެސް ޕާޓީގެ އެއްވެސް މަޤާމެއްގައި ހުރި މީހަކު އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެމީހަކު ޕާޓީގައި އެހުރި މަޤާމަކުން ވަކިކުރެވޭނެއެވެ.

 

 

(ހ)

ދީނުން ބޭރުވުން.

 

 

(ށ)

އެ މަޤާމަކަށް ކަނޑައެޅިފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް، ނުވަތަ ޝަރުޠުތަކެއް، އެމީހެއްގެ ކިބައިން ނެތި ދިއުން. 

 

 

(ނ)

ސިޔާސީ އެހެން ޕާޓީއެއްގެ މެންބަރަކަށްވުން، ނުވަތަ ސިޔާސި އެހެން ޕާޓީއެއްގެ ޙަރަކާތްތަކުގައި މި ޕާޓީ ތަމްސީލުކުރުން ނޫންގޮތަކަށް، އަމިއްލައަށް ބައިވެރިވެއުޅުން.

 

 

(ރ)

މި ދުސްތޫރަށް އިންކާރުކުރުން.

 

 

(ބ)

ބުއްދިގޯސްވުން. ނުވަތަ މޮޔަވުން.

 

 

(ޅ)

ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ބަދުއަޚްލާޤީ ކުށެއް ކުރިކަމަށް ޝަރީޢަތަށް ސާބިތުވުން.

 

 

(ކ)

ޚިޔާނަތުގެ މައްސަލައެއް ޝަރީޢަތަށް ސާބިތުވުން.  

 

 

(އ)

ޕާޓީގެ މުދަލަކަށް، ނުވަތަ އެއްޗަކަށް، ނުވަތަ ފައިސާއަކަށް، ނުވަތަ ޕާޓީގެ ކަމަކަށް، ނުވަތަ ޕާޓީގެ ސިއްރުތަކުގެ ތެރެއިން ފައުޅުކުރަންނުޖެހޭ ސިއްރެއް ފައުޅުކޮށް އެއަށް، ޚިޔާނަތްތެރިވުން.

 

 

(ވ)

މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން، ނުވަތަ އެކަމަށް ނުކުޅެދުން.

 

40.2

ޕާޓީގެ މަޤާމެއްގައި ހުންނަ މީހެއް އެނާ ހުރި މަޤާމުން ވަކިކުރާނަމަ، އެމަޤާމެއްގައި ހުރި މީހަކު ވަކިކުރުމަށް މިމާއްދާގައި ބަޔާންކުރާ ހުރިހައި އިޖުރާއަތެއް ފުރިހަމަކުރަންވާނެއެވެ.

 

 

(ހ)

ޕާޓީގެ ރައީސްގެ މައްސަލައެއް ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެމައްސަލައާމެދު ގޮތެއް ނިންމައި މަޝްވަރާމަޖިލީހަށް އަންގަންވާނެއެވެ. ޕާޓީގެ ރައީސް މަޤާމުން ވަކިކުރަންޖެހޭ ސަބަބެއް އޮތްކަމަށް ފަނޑިޔާރުންގެ މިޖިލީހަށް ފެނިއްޖެހިނދެއްގައި 15 ދުވަހުގެ ތެރޭގައި، ޕާޓީގެ ރައީސް މަޤާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޝްވަރާ މަޖިލީހުގެ ޖަލްސާއެއް ބާއްވަންވާނެއެވެ. މިގޮތުން ބާއްވާ ޖަލްސާއެއްގައި މަޝްވަރާ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތުން ޕާޓީގެ ރައީސް މަޤާމުން ވަކިކުރަން ފެންނަކަމަށް ނިންމައިފިނަމަ، އޭނާ މަޤާމުން ވަކިވީއެވެ.

 

 

(ށ)

ޕާޓީގެ ނައިބު ރައީސެއްގެ މައްސަލައެއް ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެމައްސަލައާމެދު ގޮތެއް ނިންމައި މަޝްވަރާމަޖިލީހަށް އަންގަންވާނެއެވެ. ޕާޓީގެ ނައިބު ރައީސް މަޤާމުން ވަކިކުރަންޖެހޭ ސަބަބެއް އޮތްކަމަށް ފަނޑިޔާރުންގެ މިޖިލީހަށް ފެނިއްޖެހިނދެއްގައި 15 ދުވަހުގެ ތެރޭގައި، ޕާޓީގެ ނައިބު ރައީސް މަޤާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޝްވަރާ މަޖިލީހުގެ ޖަލްސާއެއް ބާއްވަންވާނެއެވެ. މިގޮތުން ބާއްވާ ޖަލްސާއެއްގައި މަޝްވަރާ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތުން ޕާޓީގެ ނައިބު ރައީސް މަޤާމުން ވަކިކުރަން ފެންނަކަމަށް ނިންމައިފިނަމަ، އޭނާ މަޤާމުން ވަކިވީއެވެ.

 

 

(ނ)

ޕާޓީގެ ރައީސާއި ނައިބު ރައީސުން ފިޔަވައި އެނޫން މަސްއޫލުވެރި މަޤާމެއްގައި ހުންނަ މީހެއްގެ މައްސަލައެއް ސުލޫކު ކޮމިޓީއަށް ހުށައެޅިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެމައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި އޭނާ މަޤާމުން ވަކިކުރަންޖެހޭ ސަބަބެއް މެދުވެރިވެއްޖެ ކަމަށް ސުލޫކު ކޮމިޓީއިން ނިންމައިފި ހިނދެއްގައި އެކޮމިޓީއިން އެކަން ފަނޑިޔާރުންގެ މަޖިލީހަށް 5 ދުވަހުގެތެރޭގައި އަންގަންވާނެއެވެ. އަދި އެނިންމުމަކާމެދު ފަނޑިޔާރުންގެ މަޖިލިހުން 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ވާނެއެވެ. މިގޮތުން އޭނާ މަޤާމުން ވަކިކުރަން ފެންނަކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިނަމަ، އޭނާ މަޤާމުން ވަކިވީއެވެ.

 

 

 

މާއްދާ 41

ޕާޓީގެ މަޤާމުތަކަށް ހޮވޭ މީހުންގެ ދައުރުގެ މުއްދަތު

 

41.1

ޕާޓީގެ އެކިއެކި މަޖިލިސްތަކަށާއި މަޤާމުތަކަށް މީހުން ޢައްޔަންކުރާނީ، ނުވަތަ ހޮވާނީ ޕާޓީގެ އިންތިޚާބީ އެއް ދައުރަށެވެ. މި ދުސްތޫރުގައި ވަކި އަހަރުތަކެއް ކަނޑައެޅި ބަޔާންވެފައި އޮތްކަމުގައި ވިއަސް އެ އަހަރުތައް ގުނޭނީ، އެހިނގާ ދައުރެއް ނިމެންދެންނެވެ. ހިނގަމުންދާ ކޮންމެ ދައުރެއް ނިމުމުން، ނުވަތަ ނިމުމުގެ ކުރިން، މި ދުސްތޫރުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، އައު ދައުރަކަށް މީހުން ޢައްޔަންކުރަން، ނުވަތަ ހޮވަންޖެހޭނެއެވެ.

 

41.2

ޕާޓީގެ ފަރާތުން ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިޔާސީކެނޑިޑޭޓަކާއި ރަނިންގމޭޓަކު ހޮވައިފިކަމުގައިވާނަމަ، އެ ދެމީހުންގެ މަޤާމުގެ ދައުރުގެ މުއްދަތަކީ ރިޔާސީ އިންތިޚާބު ނިމި ރަސްމީކޮށް އިޢުލާން ކުރަންދެންނެވެ. މިގޮތުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށާއި ރަނިންގމޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ، އޭނާ ދައުލަތުގެ އެމަޤާމުގައި ދެމިހުންނާނެއެވެ.

 

41.3

ޕާޓީގެ މަޖިލީހަކަށް ނުވަތަ ކޮމިޓީއަކަށް ދައުރުގެ މެދުތެރޭގައި މީހަކު ޢައްޔަން ކުރެވުނު ކަމުގައި ވިއަސް ނުވަތަ ހޮވުނު ކަމުގައި ވިއަސް އެމީހެއްގެ މަޤާމުގެ ދައުރުގެ މުއްދަތު ހިނގާނީ ޕާޓީގެ ދައުރުގެ މުއްދަތު ނިމުމާ ހަމައަށެވެ.

 

ހަވަނަ ބާބު

މާއްދާ 42

ޕާޓީގެ އޮފީސް

 

42.1

(ހ)

ޕާޓީގެ އިދާރީ ކަންކަން ހިންގުމަށްޓަކައި ޕާޓީގެ މައި އޮފީހެއް ހުންނަންވާނެއެވެ. މި އޮފީސް ހިންގާނީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ރަށް އަދި އެޑްރެހުގައެވެ.

 

 

(ށ)

ޢަދާލަތު ޕާޓީގެ އިދާރީ މައި އޮފީސް ހުންނާނީ، ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ، އެޕާޓްމަންޓް 1 އަދި 2، ކަލާފާނު ހިނގުން، 20063، ކ.މާލެގައެވެ.

 

42.2

ޕާޓީގެ ގޮތްޕެއް އުފެދޭ ކޮންމެ ރަށެއްގައި ގޮފީގެ ކަންކަން ހިންގުމަށްޓަކައި ގޮފި ހިންގާނެ ތަނެއް ނުވަތަ އޮފީހެއް ކަނޑައެޅިފައި ހުންނަންވާނެއެވެ. މިތަން ނުވަތަ މިއޮފީސް ހުންނަންވާނީ އެއިރަކަށް ޕާޓީގެ މާލީ ޙާލަތު، ނުވަތަ ގޮފީގެ މާލީ ޙާލަތު ތަންދޭ އުޞޫލެއްގެ މަތިންނެވެ.

 

42.3

ގޮފިތަކާއި މަޖިލިސްތަކުގެ އޮފީސްތައް ހިންގަންވާނީ އިދާރީ މަޖިލީހުގެ ލަފާގެ މަތިންނެވެ.

 

42.4

ޕާޓީގެ މައި އޮފީހާއި ޕާޓީގެ އެހެނިހެން އޮފީސްތައް ހިންގަންވާނީ އިދާރީ މަޖިލީހުން އެކުލަވާލާ ފާސްކޮށްފައި އޮންނަ އޮފީސް ހިންގުމުގެ ޤަވާއިދަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 

 

މާއްދާ 43

ޕާޓީގެ މާލިއްޔާ

 

43.1

މީލާދީ ކޮންމެ އަހަރެއް ނިމުމުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ޕާޓީ ހިންގުމަށްޓަކައި ޚަރަދުކުރާނެ ބައިތަކާއި އެބައިތަކަށް ޚަރަދުކުރެވޭނެ އަންދާޒީ ބަޖެޓެއް ކަނޑައަޅައި މަޝްވަރާ މަޖިލީހުން އެބަޖެޓު ފާސްކުރަންވާނެއެވެ.

 

43.2

ޕާޓީ ހިންގަން ފައިސާ ހޯދާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން އެއިރަކަށް ޕާޓީއަށް ފަސޭހަވީ ގޮތެއް، ނުވަތަ ގޮތްތަކެއްގެ މަތިންނެވެ.

 

 

(ހ)

ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކާއި ޕާޓީގެ މެންބަރުން ދޭ މުދަލާއި ފައިސާ.

 

 

(ށ)

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ބަޖެޓުން ލިބެންޖެހޭ ޙިއްޞާ.

 

 

(ނ)

ޕާޓީގެ ނަމުގައި ކުރެވޭ އިންވެސްޓްމަންޓްތަކާއި ވިޔަފާރިން ލިބޭ ފައިދާ.

 

43.3

ޕާޓީއަށް ލިބޭ ހުރިހާ ފައިސާއަކާއި މުދަލެއްގެ ހިސާބުކިތާބު، އަމީން ޢާއްމުގެ ބެލުމުގެ ދަށުން ބަލަހައްޓާނީ ޕާޓީގެ ޚަޒާންދާރެވެ. ޕާޓީގެ ހިސާބުކިތާބު ބަލަހައްޓަންވާނީ ބައިނަލްއަޤްވާމީ އެކައުންޓިންގ ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ޕާޓީތަކާއި ބެހޭ ޤާނޫނުން ކަނޑައެޅޭ އުޞޫލެއްގެ މަތިންނެވެ.

 

43.4

ޕާޓީގެ ފައިސާ ޖަމާކުރާނީ ޕާޓީގެ ނަމުގައި ހުޅުވާ ބޭންކު އެކައުންޓުތަކަށެވެ. އެ އެކައުންޓުތައް ހިންގާނެ ގޮތާއި، ޗެކްތަކުގައި ސޮއިކުރާނެ ފަރާތްތައް ކަނޑައަޅާނީ މަޝްވަރާ މަޖިލީހުންނެވެ.

 

43.5

ޕާޓީގެ ހިސާބުތައް އަހަރަކު އެއްފަހަރު އޯޑިޓްކުރަންވާނެއެވެ. އޯޑިޓްކުރާނީ ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ އޯޑިޓް ފަރމަކުންނެވެ.

 

43.6

ކޮންމެ އަހަރެއްގެ އޯޑިޓް ރިޕޯޓު މަޝްވަރާ މަޖިލީހަށް ހުށަހަޅައި ފާސްކުރަންވާނެއެވެ. އަދި، މި ރިޕޯޓު އަހަރީ ޢާއްމު ޖަލްސާއަށް އިއްވަންވާނެއެވެ.

 

43.7

ޕާޓީގެ ނަމުގައި އެއްވެސް ފަރާތަކުން ސޫދުއެކުލެވޭ މުޢާމަލާތެއް ހިންގައިގެންނުވާނެއެވެ.

 

43.8

މަޝްވަރާ މަޖިލިހުގެ ފަރާތުން، މީލާދީ ކޮންމެ އައު އަހަރެއް ފެށުމުގެ ކުރިން، ޕާޓީގެ މަޤާމުތަކުގެ ތެރެއިން މުސާރަވެރި މަޤާމުތަކާއި އެނޫންވެސް މުސާރަވެރި ވަޒީފާތައް ކަނޑައަޅައި، ވަޒީފާއާއި ބެހޭ އޮނިގަނޑެއް ހަމަޖައްސަންވާނެއެވެ.

 

43.9

ޕާޓީގެ ފަރާތުން ކުރެވޭ އެއްވެސް މުޢާމަލާތެއްގައި ޖުވާއާއި، އެނޫންވެސް، އިސްލާމްދީން މަނާކުރާ އެއްވެސް ކަމެއްކުރުމަށް ބައިވެރިވެގެންނުވާނެއެވެ.

 

ހަތްވަނަބާބު

މާއްދާ 44

ވޯޓުދިނުމާއި ވޯޓުނެގުން

 

44.1

ތިރީގައިވާ ކަންކަމުގައި ނަގާނީ ސިއްރު ވޯޓެވެ.

 

 

(ހ)

ޕާޓީގެ ރައީސާއި ޕާޓީގެ ނައިބު ރައީސް ހޮވުން. 

 

 

(ށ)

ޕާޓީގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުން.

 

 

(ނ)

ޕާޓީއިން ކުރިމަތިލާނެ ރިޔާސީ ކެނޑިޑޭޓާއި ރަނިންގމޭޓު ހޮވުން.

 

 

(ރ)

ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުން ހޮވުން.

 

 

(ބ)

އިސްފަނޑިޔާރު ހޮވުން.

 

 

(ޅ)

މަޝްވަރާ މަޖިލީހަށް ހޮވޭ 12 މެންބަރުން ހޮވުން.

 

 

(ކ)

އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ މެންބަރުން ހޮވުން.

 

 

(އ)

ޒުވާނުންގެ މަޖިލީހުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށާއި އަންހެނުންގެ މަޖިލީހުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މީހުން ހޮވުން.

 

 

(ވ)

ޢިލްމުވެރިންގެ މަޖިލީހުގެ މަޤާމުތަކަށް މީހުން ހޮވުން.

 

 

(މ)

ގޮފިތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މީހުން ހޮވުން.

 

 

(ފ)

ދާއިމީ ކޮމިޓީތަކުގެ މަޤާމުތަކަށް މީހުން ހޮވުން.

 

44.2

ތިރީގައިވާ ކަންކަމުގައި ނަގާނީ ހާމަ ވޯޓެވެ.

 

 

(ހ)

މި ދުސްތޫރުގައި، ނުވަތަ ކަމާބެހޭ ޤަވާޢިދެއްގައި، ވަކިގޮތަކަށް ބަޔާން ނުކުރާނަމަ، މަޝްވަރާ މަޖިލީހާއި އެހެނިހެން މަޖިލިސްތަކާއި ކޮމެޓީތަކުގައި ކަންކަން ފާސްކުރުމަށް ވޯޓުނެގުން.

 

 

(ށ)

ޚާއްޞަ ކޮމެޓީތަކުގެ މަޤާމުތަކަށް މީހުން ހޮވުން.

 

 

(ނ)

މި ދުސްތޫރުގެ 49 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޕާޓީ އުވާލުން.

 

މާއްދާ 45

އެހެން ޕާޓީތަކާއި ގުޅުން ބޭއްވުން

 

45.1

ޢަދާލަތު ޕާޓީއާއި ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކާއި ގުޅުން ބާއްވާނީ މި ދުސްތޫރުގައްޔާއި ޕާޓީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން އެ ގުޅުމުގައި މުޖުތަމަޢާއި، ދެފަރާތުގެ ފާއިދާއާއި މަޞްލަޙަތު އޮންނަ ގޮތަކަށެވެ.

 

45.2

މި ދުސްތޫރުގެ 45.1 ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތީން، ޕާޓީތަކާއި ގުޅުން ބާއްވަންވާނީ މަޝްވަރާ މަޖިލީހުން ކަނޑައަޅާ އުޞޫލެއްގެ މަތިންނެވެ.

 

މާއްދާ 46

އިއްތިޙާދުވުން

 

46.1

މި ދުސްތޫރުގެ 45 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، އެއްވެސް ސިޔާސީ ޕާޓީއަކާއި ނުވަތަ އެނޫންވެސް ބަޔަކާއި އިއްތިހާދުވެ ސަރުކާރެއް ހެދުން، ނުވަތަ އެނޫންވެސް ކަމެއް ކުރަންވާނީ މި ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްގެންނެވެ.

 

46.2

އިއްތިޙާދުވެގެން އުފައްދާ ސަރުކާރަކުން ނުވަތަ ހިނގަމުންދާ ސަރުކާރެއްގައި ޙިއްސާވުމަށް ޕާޓީއިން ހަދާ އެއްބަސްވުމަކުން ޕާޓީއަށް ކަނޑައެޅޭ މަޤާމުތަކަށް މީހުން ހަމަޖެއްސުމައްޓަކައި ޕާޓީގެ ފަރާތުން ނަން ހުށަހަޅާނީ ޕާޓީގެ ރައީސެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި  ވަޒީރުން ފެންވަރުގައި ޢައްޔަންކުރެވޭ މަޤާމުތަކަށާއި,  ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ޢައްޔަންކުރެވޭ މަޤާމުތަކަށާއި, ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ ކުރިން މަޝްވަރާ މަޖިލީހުގެ ރުހުން ހޯދަންވާނެއެވެ. އަދި ވަޒީރުންގެ ނައިބުންނާއި, ވަޒީރުންގެ ނައިބުންގެ ފެންވަރުގައި ޢައްޔަންކުރެވޭ މަޤާމުތަކަށާއި, ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ ކުރިން އިދާރީ މަޖިލީހުގެ ރުހުން ހޯދަންވާނެއެވެ.

 

46.3

އެއްވެސް ބަޔަކާއި އިއްތިޙާދުވާނަމަ، ލިޔެވިފައިވާ، ކަމާއި ބެހޭ އެއްބަސްވުމެއް އޮންނަންވާނެއެވެ.

 

46.4

ޕާޓީއިން ހަދާ އިއްތިޙާދެއްގެ ތެރެއިން ނުވަތަ ޕާޓީން އެކުލަވާލާ ސަރުކާރަކުން، ޕާޓީއަށް ލިބޭ، ނުވަތަ އުފެދޭ ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވޭ މީހުންނާ ޕާޓީއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެއެވެ. އަދި މި އެއްބަސްވުން ތަންފީޒުކުރުމަކީ ޕާޓީގެ ރައީސްގެ ޒިންމާއެކެވެ.

 

މާއްދާ 47

ބޭރު ޤައުމުތަކުގެ ޖަމާޢަތްތަކާއި ގުޅުންބޭއްވުން

 

47.1

ސިޔާސީ މައިދާނުގައި، ސިޔާސީ ފައިތިލަ ސާބިތުކުރުމުގެ ގޮތުން ބޭރު ޤައުމުތަކުގެ ޕާޓީތަކާއި އެކު ސިޔާސީ ގުޅުން ބޭއްވުމަކީ، މަޝްވަރާ މަޖިލީހުގެ ލަފާގެ މަތިން ކުރެވިދާނެ ކަމެކެވެ.

 

47.2

މި ދުސްތޫރުގެ 47.1 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް، ބޭރުގެ ސިޔާސީ ފަރާތްތަކާއި އެކު ގުޅުން ބޭއްވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޤަވާޢިދު ތަންދޭ މިންވަރަކަށެވެ.

 

47.3

ރާއްޖެއިން ބޭރުގައި އިޖްތިމާޢީ ތަފާތު ޚިދުމަތް ދެމުންގެންދާ ޖަމާޢަތްތަކާއި އެކު، ގުޅުން ބޭއްވުމަކީ މިޤަވާޢިދުގެ 47.1 ވަނަ މާއްދާއާއި 47.2 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން، މި ދުސްތޫރު މަނާކުރާ ކަމެއް ނޫނެވެ.

 

މާއްދާ 48

މި ދުސްތޫރު އިޞްލާހުކުރުން

 

48.1

މި މާއްދާގައި ބުނެފައިވާ މާއްދާތައް އިސްލާޙުކުރެވޭނީ ހަމައެކަނި ޤައުމީ މަޖިލީހުންނެވެ.

 

 

(ހ)

މާއްދާ 1

 

 

(ށ)

މާއްދާ 2

 

 

(ނ)

މާއްދާ 4

 

 

(ރ)

މާއްދާ 11

 

 

(ބ)

މާއްދާ 13

 

 

(ޅ)

މާއްދާ 49

 

48.2

މި ދުސްތޫރުގެ 48.1 ވަނަ މާއްދާގައި ބުނެފައިވާ މާއްދާތައް ފިޔަވައި މި ދުސްތޫރުގެ އެހެނިހެން މާއްދާތަކަށް އިސްލާޙު ގެނެވޭނީ، މި ދުސްތޫރުގެ 18.1 ވަނަ މާއްދާގެ (ރ) އިން ލިބިދޭ ބާރުގެ ދަށުން، ހަމައެކަނި މަޝްވަރާ މަޖިލިހަށެވެ. މިގޮތުން، މި ދުސްތޫރަށް އިސްލާޙު ހުށަހެޅޭނީ، އަދި އިސްލާޙު ގެނެވޭނީ، މި ދުސްތޫރުގެ 18.2 ވަނަ މާއްދާގައި ބުނެފައިވާ، މަޝްވަރާ މަޖިލިހުގެ ހިންގުމުގެ ޤަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިންނެވެ.

 

48.3

މި ދުސްތޫރުގެ 48.1 އަދި 48.2 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން މި ދުސްތޫރަށް ގެނެވޭ އިސްލާޙުތަކަށް ޢަމަލު ކުރަން ފެށޭނީ އެ އިސްލާޙެއް ފާސްވިތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ޝާއިޢުކުރުމަށްފަހުއެވެ.

 

މާއްދާ 49

ޕާޓީ އުވާލުން

 

49.1

ޕާޓީ އުވާލެވޭނީ ހަމައެކަނި މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

 

 

(ހ)

ޕާޓީ އުވާލުމަށް ވޯޓަކަށް އެހުމަށް ހުށަހެޅޭނީ ޤައުމީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުން ސޮއިކޮށް، ޕާޓީގެ ރައީސަށް ހުށަހެޅުމުން އެކަން ޢިލްމުވެރިންގެ މަޖިލީހަށް ހުށަހަޅާ އެމަޖިލިހުގެ ރުހުން ލިބުމުންނެވެ.

 

 

(ށ)

ޕާޓީ އުވާލެވޭނީ، މި ދުސްތޫރުގެ 49.1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް ޢިލްމުވެރިންގެ މަޖިލީހުން ރުހުން ލިބުމަށްފަހު، އެކަމަށްޓަކައި ބާއްވާ ޤައުމީ މަޖިލީހުގެ ޚާއްޞަ ޖަލްސާއަކުންނެވެ. އަދި ޕާޓީ އުވާލުމަށްޓަކައި ޙާޟިރުވި މެންބަރުންގެ މެދުގައި ނެގޭ ހާމަ ވޯޓަކުން، ޙާޟިރުވި މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތު ލިބެންވާނެއެވެ.

 

 

(ނ)

ޕާޓީ އުވާލުމަށް ބޭއްވޭ ޤައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ ކުރިން ޕާޓީގެ އަރަންޏާއި ދަރަނި ހުރިތޯ ބަލައި، އެޖަލްސާގައި އެކަން ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅަން ވާނެއެވެ.

 

 

(ރ)

ޕާޓީ އުވާލުމަށް ބާއްވާ ބައްދަލުވުމަށް ޤައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ހަތަރު ބައިކުޅަ ތިންބައި  ޙާޟިރުވާންވާނެއެވެ.

 

 

(ބ)

ޕާޓީ އުވާލާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް އެކަން އަންގަންވާނެއެވެ.

 

 

(ޅ)

ޕާޓީ އުވާލުމަށްފަހު ޕާޓީގެ މުދަލަކީ ޕާޓީގެ އެއްވެސް މެންބަރެއްގެ މިލްކެއް ނޫނެވެ. އެ މުދަލަކާއި މެދު ޢަމަލު ކުރާނީ ދިވެހި ރާއްޖޭގެ ޕާޓީތަކާއި ބެހޭ ޤާނޫނުގައިވާ ގޮތެއްގެ މަތިންނެވެ.

 

 

(ކ)

ޕާޓީ އުވާލުމަށްފަހު ޕާޓީގެ މެންބަރުން ރަޖިސްޓަރީ ކުރާ ދަފްތަރުގައި ޕާޓީ އުވާލެވިއްޖެ ކަމުގެ ޤަރާރެއް ލިޔެ، އެލިއުމުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ސޮއިކުރަން ވާނެއެވެ. އަދި، މި ލިއުމުގައި ހިޖްރީ އަދި މީލާދީ ތާރީޚް ލިޔެ ޕާޓީގެ ސިއްކަ ޖަހަންވާނެއެވެ. އެއަށްފަހު، މި މީހުންގެ ޙާޟިރުގައި ޕާޓީގެ ސިއްކަ ނައްތާލަންވާނެއެވެ. މިކަން ކުރަންވާނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ ޙާޟިރުގައެވެ.

 

މާއްދާ 50

ޕާޓީގެ ދަރަނި

50

ޕާޓީ އުވާލެވޭހިނދު ޕާޓީގެ ދަރަންޏެއް ވާނަމަ އެދަރަނި އަދާކުރުމަށް ޕާޓީގެ މުދާ ބޭނުންކުރަންވާނެއެވެ. ޕާޓީގެ މުދަލުން ދަރަނި އަދާނުކުރެވިއްޖެ ހާލަތެއްގައި އެ ދަރަނި އަދާ ކުރުމުގެ ޒިންމާ އެޅޭނީ އިދާރީ މަޖިލިހުގެ މެމްބަރުންގެ މައްޗަށް ހަމަހަމައަށެވެ. ދަރަނި އަދާކުރުމަށްފަހު ޕާޓީގެ މުދަލުން ބާކީ ހުރި އެއްޗެއް ޖަމާކުރަންވާނީ ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށެވެ.

 

މާއްދާ 51

މި ދުސްތޫރަށް ޢަމަލުކުރަން ފެށުން

 

51.1

މި ދުސްތޫރަށް ޢަމަލުކުރަން ފެށޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

 

 

(ހ)

ޕާޓީގެ މަޝްވަރާ މަޖިލީހުން މި ދުސްތޫރު ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި މިދުސްތޫރު ޝާއިޢުކޮށް އިޢުލާން ކުރަންވާނެއެވެ.

 

 

(ށ)

މި ދުސްތޫރަށް ޢަމަލުކުރެވޭނީ، މި ދުސްތޫރުގެ 51.1 ވަނަ މާއްދާ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން، މި ދުސްތޫރު ޝާއިޢުކޮށް އިޢުލާން ކުރުމަށްފަހުއެވެ.

 

 

(ނ)

މި ދުސްތޫރު ފާސްވެ، ޝާއިޢުވުމަށްފަހު ދުސްތޫރުގައި ބުނާ ކަންކަމަށް 3 މަސްދުވަހުގެ ތެރޭގައި ޢަމަލުކުރަންވާނެއެވެ.

 

 

(ރ)

މި ދުސްތޫރުގެ 51.1 ވަނަ މާއްދާގެ (ނ) ގައި އެހެން ބުނެފައި އޮތްކަމުގައިވިޔަސް، މި ދުސްތޫރުގެ 37.1 ވަނަ މާއްދާގައި ބުނެފައިވާ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ސުލޫކު ކޮމިޓީއާއި އިންތިޚާބީ ކަންތައްތަކާ ބެހޭ ކޮމިޓީ ފިޔަވައި އެހެނިހެން ކޮމިޓީތަކުގެ މެންބަރުކަން ކުރުމަށް ޤާބިލު މީހުން ލިބެންދެން، ނުވަތަ ތަމްރީނު ކުރެވެންދެން، އެ ކޮމިޓީތައް އުފެއްދުން ލަސްކުރެވިދާނެއެވެ. އެފަދަ މީހުން ހޯދުމަށްޓަކައި، ނުވަތަ އުފެއްދުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޕާޓީއިން ކުރަންވާނެއެވެ.

 

 

(ބ)

މި ދުސްތޫރު ޝާއިޢުވުމުގެ ކުރިން ހެދިފައިވާ މަޖިލިސްތަކާއި އެންމެހައި ކޮމެޓީތަކުގެ މުއްދަތަކީ ޕާޓީގެހިނގަމުންދާ ދައުރުގެ މުއްދަތެވެ. 

 

 

(ޅ)

މި ދުސްތޫރު ޝާއިޢުވުމަށް ފަހު ކުރީގައި ޢަމަލުކުރަމުންދިޔަ ދުސްތޫރު އުވުނީއެވެ.

 

މާއްދާ 52

ދައުރު ބަދަލުވުމުގައި ކުރަންޖެހޭ ކަންތައްތައް

 

52.1

މި މާއްދާގައި ބުނެފައިވާ ކަންތައްތައް ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއް ނިމި އައު ދައުރަކަށް ފެށުމުގައި ފުރިހަމަ ކުރަންޖެހޭނެއެވެ.

 

 

(ހ)

ޕާޓީގެ ރަސްމީ ދައުރެއް ނިމި ފެށޭ ކޮންމެ އައު ދައުރެއްގައި ދެ ދައުރުގެ އިދާރީ މަޖިލިހުގެ ފަރާތުން ޕާޓީގެ މައި އޮފީހުގެ އިންވެންޓަރީއާއ، ސްޓޮކާއި، ފައިސާއާއި، ލިޔެކިއުމާއި، އެހެނިހެން ތަކެތި، ދެފަރާތުން ބަލައި ޗެކް ކުރުމަށްފަހު ދެފަރާތުން ސޮއިކޮށް، އާ ދައުރުގެ އިދާރީ މަޖިލީހާއި ޙަވާލުކުރަންވާނެއެވެ.

 

 

(ށ)

ޕާޓީގެ މަޖިލިސްތަކުގެ، ނުވަތަ ގޮފިތަކުގެ އޮފީހެއްވާނަމަވެސް، މި ދުސްތޫރުގެ 52.1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ޢަމަލު ކުރަންޖެހޭނެއެވެ.

 

 

(ނ)

ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއް ނިމި، އައު ދައުރަކަށް މަޤާމާއި ޙަވާލުވުމުގެ ކުރިން ޕާޓީގެ ރައީސް، ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ ކުރިމަތީގައި ޤައުމީ މަޖިލީހުގެ ޙާޟިރުގައި، މި ދުސްތޫރުގެ ޖަދުވަލް 4 ގައިވާ ޢަހުދުނާމާ (1) ކިޔައި ޢަހުދުކަށަވަރުކޮށް ޢަހުދުނާމާގައި ސޮއިކުރަންވާނެއެވެ. އަދި ޕާޓީގެ ނައިބު ރައީސް އައުދައުރުގެ ރައީސްގެ ކުރިމަތީގައި ޤައުމީ މަޖިލީހުގެ ޙާޟިރުގައި، މިބުނެވުނު ޢަހުދުނާމާ (1) ކިޔައި އަޙުދު ކަށަވަރުކޮށް ޢަހަދުނާމާގައި ސޮއިކުރަންވާނެއެވެ.

 

 

(ރ)

ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއް ނިމި އައު ދައުރަކަށް މަޤާމާއި ޙަވާލުވުމުގެ ކުރިން ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރުން ޕާޓީގެ ރައީސްގެ ކުރިމަތީގައި މި ދުސްތޫރުގެ ޖަދުވަލް 4 ގައިވާ ޢަހުދުނާމާ (2) ކިޔައި ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއިކުރަންވާނެއެވެ.

 

 

(ބ)

ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއް ނިމި އައު ދައުރަކަށް މަޤާމާއި ޙަވާލުވުމުގެ ކުރިން ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުން އައު ދައުރުގެ ރައީސްގެ ކުރިމަތީގައި މި ދުސްތޫރުގެ ޖަދުވަލް 4 ގައިވާ ޢަހުދުނާމާ (3) ކިޔައި ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއިކުރަންވާނެއެވެ. 

 

 

(ޅ)

ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއް ނިމި އައު ދައުރަކަށް މަޤާމާއި ޙަވާލުވުމުގެ ކުރިން ޕާޓީގެ މަޝްވަރާ މަޖިލީހުގެ އެންމެހައި މެންބަރުން އައު ދައުރުގެ ރައީސްގެ ކުރިމަތީގައި މި ދުސްތޫރުގެ ޖަދުވަލް 4 ގައިވާ ޢަހުދުނާމާ (4) ކިޔައި ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއިކުރަންވާނެއެވެ. 

 

 

(ކ)

ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއް ނިމި އައު ދައުރަކަށް މަޤާމާއި ޙަވާލުވުމުގެ ކުރިން ޕާޓީގެ އަމީން ޢާއްމާއި އަމީން ޢާއްމުގެ ނައިބާއި ރަޖިސްޓްރަރ އާއި އިސްތަރުޖަމާނާއި އަންހެނުންގެ މަޖިލިހުގެ ރައީސާއާއި ޒުވާނުންގެ މަޖިލިހުގެ ރައީސް، އައު ދައުރުގެ ރައީސްގެ ކުރިމަތީގައި މި ދުސްތޫރުގެ ޖަދުވަލް 4 ގައިވާ ޢަހުދުނާމާ (5) ކިޔައި ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއިކުރަންވާނެއެވެ. 

 

 

(އ)

ޕާޓީގެ ހިނގަމުންދާ ކޮންމެ ދައުރެއްނިމި އައުދައުރަށް ފަށާ ޤައުމީ މަޖިލީހުގެ ޖަލްސާ ފެށުމާއެކު، ޤައުމީ މަޖިލީހުގެ ފަރާތުން ޢިލްމުވެރިންގެ މަޖިލިސް، އައު ދައުރަކަށް ތަޞްދީޤުކުރަންވާނެއެވެ.

 

 

(ވ)

މި ދުސްތޫރުގެ 52.1 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ ފަދައިން ޢިލްމުވެރިންގެ މަޖިލިސް ތަޞްދީޤުވުމަށްފަހު، ޕާޓީގެ ނިމޭ ދައުރުގެ ރައީސްގެ ކުރިމަތީގައި ޢިލްމުވެރިންގެ މަޖިލިސްގެ ރައީސް، މި ދުސްތޫރުގެ ޖަދުވަލް ނަންބަރު 4 ގައިވާ ޢަހްދުނާމާ (2) ކިޔައި ޢަހުދު ކަށަވަރުކޮށް ސޮއިކުރަންވާނެއެވެ.

 

ޖަދުވަލްތައް

ޖަދުވަލު 1

ޢަދާލަތު ޕާޓީގެ ނިޝާން

 

ޖަދުވަލް 2

ޢަދާލަތު ޕާޓީގެ ދިދަ

 

ޖަދުވަލް 3

ޢަދާލަތު ޕާޓީގެ ސިއްކަ

 

ޖަދުވަލް 4

ޢަދާލަތު ޕާޓީގެ ޢަހުދުނާމާ (1)

އަހުރެން ............... ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބޯލަނބައި ކިޔަމަންތެރިވުމަށާއި އިސްލާމްދީނުގެ އެންމެހައި ޙުކުމްތަކަށް އަހުރެންނަށް ކުޅަދާނަވީ މިންވަރަކުން ޢަމަލުކުރުމަށާއި ޢަދާލަތު ޕާޓީގެ ދުސްތޫރަށް ޙުރުމަތްތެރިކޮށްހިތައި، އެއާއެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ޢަދާލަތު ޕާޓީގެ ފަރާތުން އަހުރެންނާ ޙަވާލުކުރި .......... ކަމުގެ މަޤާމު ދިވެހިޤައުމާއި ރައްޔިތުންނަށްޓަކާ، އަމާނާތްތެރިކަމާއެކު އަދާކުރުމަށާއި ޕާޓީގެ އެންމެހާ މުދަލަށާއި ފައިސާއަށް އަމާނާތްތެރިވެ ހުރެ ޕާޓީއަށާއި ޕާޓީގެ ކަންތައްތައް ކުރުމުގައި އަހުރެންގެ އަމިއްލަ މަޞްލަޙަތަށްވުރެ ޕާޓިގެ މަޞްލަޙަތު އިސްކުރާ ޙާލު ޕާޓީގެ އެންމެހާ މެންބަރުންނާ މުޢާމަލާ ކުރުމުގައި ޢަދުލުވެރިކަމާއި އިންޞާފުވެރިކަން ދަމަހައްޓާނެކަމަށް ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް އަހުދުކަށަވަރުކުރަމެވެ.

ނަން:

ސޮއި:

ތާރީޚް:

 

ޢަދާލަތު ޕާޓީގެ ޢަހުދުނާމާ (2)

އަހުރެން ............... ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިވެހުރެ، އިސްލާމްދީނުގެ އެންމެހައި ޙުކުމްތަކަށް، އަހުރެންނަށް ކުޅަދާނަވީ މިންވަރަކުން ޢަމަލުކުރުމަށާއި، ޢަދާލަތު ޕާޓީގެ ދުސްތޫރަށް ޙުރުމަތްތެރިކޮށްހިތައި، ޕާޓީގެ ފަރާތުން އަހުރެންނާ ޙަވާލުކުރި ޕާޓީގެ .......... ކަމުގެ މަޤާމު ދިވެހިޤައުމާ ރައްޔިތުންނަށްޓަކައި އަމާނާތްތެރިކަމާއެކު އަދާކުރުމަށާއި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ޖަލްސާތަކުގައްޔާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދީން އޮޅުން ފިލުވާ ދިމުގައި މަޒުހަބީ ތަޢައްޞުބުން އެއްކިބާވެހުރެ، ސުންނަތް ޖަމާޢަތުގެ ޢަޤީދާއާއި އެއްގޮތްވާގޮތުގެމަތިން  އެނގިހުރި މިންވަރަކުން ދަލީލާ ޙުއްޖަތުގެ އަލީގައި ޙައްޤު ބަޔާންކުރާނެ ކަމަށާއި، ދިވެހި ސަރުކާރާއި، ޕާޓީގެ އެއްވެސް ކަމެއް އިސްލާމްދީނާ ޚިލާފަށް ދާނަމަ، ދީނުގައިވާ ގޮތް ހާމަކޮށް އަހުރެންނަށް ކުޅަދާނަވީ މިންވަރަކުން އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށާއި، އަހުރެންގެ އަމިއްލަ މަޞްލަޙަަތައްވުރެ އިސްލާމްދީނުގެ މަޞްލަޙަތު އިސްކުރާޙާލު، ﷲގެ ވާގިފުޅާއެކު ދީނަށް ނަޞްރުދިނުމުގައި ދެމިހުންނާނެ ކަމަށް ޢާލަމްތަކުގެ ވެރިﷲ ހެކިކޮށް އަޙުދުކަށަވަރުކޮށް ވަޢުދުވަމެވެ.

ނަން:

ސޮއި:

ތާރީޚް:

 

ޢަދާލަތު ޕާޓީގެ ޢަހުދުނާމާ (3)

އަހުރެން .................. ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބޯލަނބައި ކިޔަމަންތެރި ވުމަށާއި އިސްލާމް ދީނުގެ އެންމެހާ ޙުކުމްތަކަށް އަހުރެންނަށް ކުޅަދާނަވީ މިންވަރަކުން ޢަމަލު ކުރުމަށާއި އިސްލާމީ ޝަރީޢަތާއި ޢަދާލަތުޕާޓީގެ ދުސްތޫރަށް ޙުރުމަތްތެރިކޮށް ހިތައި އެއާއެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ޢަދާލަތު ޕާޓީގެ ފަރާތުން އަހުރެންނާ ޙަވާލުކުރި ......... ކަމުގެ މަޤާމު ދިވެހިޤައުމާއި ރައްޔިތުންނަށްޓަކާ، އަމާނާތްތެރިކަމާއެކު އަދާކުރުމަށާއި ޕާޓީގެ ފަރާތުން ބާއްވާ އެންމެހާ ޙަރަކާތްތަކުގައި އަހުރެންނަށް ކުޅަދާނަވީ އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވުމަށާއި ޕާޓީއާއި ޕާޓީގެ މެންބަރުންނާއި ދިވެހިރައްޔިތުންގެ ކަންތައްތައް ބަލައި ތަޙްޤީޤުކުރުމުގެ ގޮތުން އަހަންނާއި ޙަވާލުކުރެވޭ މައްސަލަތައް އަހަންނަށް އެނގިހުރި މިންވަރަކުން، އަހުރެންގެ ބައިވެރިންގެ މަޝްވަރާއާއި ލަފާގެ މަތިން އިސްލާމީ ޝަަރީޢަތާއި ޕާޓީގެ އަސާސީ ޤަވާޢިދު ބުނާ ގޮތަކަށް ނިންމައި އަހަންނާއި އަހުރެންގެ ބައިވެރިންނާއި ޢަދާލަތުޕާޓީގެ ފަރާތުން ޙަވާލުކުރި އަމާނަތަށް ތެދުވެރިވެހުރެ، ދިވެހިރައްޔިތުންނާއި ޕާޓީގެ އެންމެހާ މެންބަރުންނާ މުޢާމަލާ ކުރުމުގައި ޢަދުލުވެރިކަމާއި އިންޞާފުވެރިކަން ދަމަހައްޓާނެ ކަމަށް ޢާލަމުތަކުގެ ވެރި މާތް ﷲ  ހެކިކޮށް ޢަހުދުކަށަވަރުކުރަމެވެ.

ނަން:

ސޮއި:

ތާރީޚް:

 

ޢަދާލަތު ޕާޓީގެ ޢަހުދުނާމާ (4)

އަހުރެން .................. ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރި ވުމަށާއި އިސްލާމް ދީނުގެ އެންމެހާ ޙުކުމްތަކަށް އަހުރެންނަށް ކުޅަދާނަވީ މިންވަރަކުން ޢަމަލު ކުރުމަށާއި ޢަދާލަތުޕާޓީގެ ދުސްތޫރަށް ޙުރުމަތްތެރިކޮށް ހިތައި އެއާއެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ޢަދާލަތު ޕާޓީގެ ފަރާތުން އަހުރެންނާ ޙަވާލުކުރި ......... ކަމުގެ މަޤާމު ދިވެހިޤައުމާއި ރައްޔިތުންނަށްޓަކާ، އަމާނާތްތެރިކަމާއެކު އަދާކުރުމަށާއި ޕާޓީގެ ފަރާތުން ބާއްވާ އެންމެހާ ޙަރަކާތްތަކުގައި އަހުރެންނަށް ކުޅަދާނަވީ އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވުމަށާއި ޕާޓީގެ ........ މަޖިލީހުގެ ޖަލްސާތަކުގައި އަހުރެންނަށް ފެނުނު އެންމެ ހެއު ލަފައާއި އިރުޝާދު ހުށަހަޅައި އެފަދަ ލަފާތަކާއި އިރުޝާދުތަކަށް ތާއީދު ކުރާނެކަމަށާއި ޕާޓީގެ ކަންތައްތައް ކުރުމުގައި އަހުރެންގެ އަމިއްލަ މަޞްލަޙަތަށްވުރެ ޕާޓީގެ މަޞްލަޙަތު އިސްކުރާ ޙާލު ޕާޓީގެ އެންމެހާ މެންބަރުންނާއި ދިވެހިރައްޔިތުންނާ މުޢާމަލާ ކުރުމުގައި ޢަދުލުވެރިކަމާއި އިންޞާފުވެރިކަން ދަމަހައްޓާނެ ކަމަށް ޢާލަމުތަކުގެ ވެރި މާތް ﷲ  ހެކިކޮށް ޢަހުދުކަށަވަރުުވަމެވެ.

ނަން:

ސޮއި:

ތާރީޚް:

 

ޢަދާލަތު ޕާޓީގެ ޢަހުދުނާމާ (5)

އަހުރެން .................. މާތް ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބޯލަނބައި ކިޔަމަންތެރި ވުމަށާއި އިސްލާމް ދީނުގެ އެންމެހާ ޙުކުމްތަކަށް އަހުރެންނަށް ކުޅަދާނަވީ މިންވަރަކުން ޢަމަލު ކުރުމަށާއި ޢަދާލަތުޕާޓީގެ ދުސްތޫރަށް ޙުރުމަތްތެރިކޮށް ހިތައި އެއާއެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ޢަދާލަތު ޕާޓީގެ ފަރާތުން އަހުރެންނާ ޙަވާލުކުރި ......... ކަމުގެ މަޤާމު ދިވެހިޤައުމާއި ރައްޔިތުންނަށްޓަކާ، އަމާނާތްތެރިކަމާއެކު އަދާކުރުމަށާއި ޢަދާލަތުޕާޓީގެ އަސާސީ ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތައި އެއާއެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، އެކިއެކި ޙަރަކާތްތައް އަހުރެންނަށް ކުޅަދާނަވީ އެންމެ ފުރިހަމަ ގޮތުގައި ރާވާ ހިންގުމަށާއި، ޕާޓީގެ އެއްމެހައި ޙަރަކާތްތަކުގައި އަހުރެންނަށް ކުޅަދާނަވީ އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވުމަށާއި ޕާޓީގެ އެންމެހާ މުދަލަށާއި ފައިސާއަށް އަމާނާތްތެރިވެ ހުރެ ޕާޓީއަށާއި ޕާޓީގެ ކަންތައްތައް ކުރުމުގައި އަހުރެންގެ އަމިއްލަ މަޞްލަޙަތަށްވުރެ ޕާޓީގެ މަޞްލަޙަތު އިސްކުރާ ޙާލު ދިވެހިރައްޔިތުންނާއި ޕާޓީގެ އެންމެހާ މެންބަރުންނާ މުޢާމަލާ ކުރުމުގައި ޢަދުލުވެރިކަމާއި އިންޞާފުވެރިކަން ދަމަހައްޓާނެ ކަމަށް ޢާލަމުތަކުގެވެރި މާތްﷲ ހެކިކޮށް ޢަހުދުކަށަވަރުކުރަމެވެ.

ނަން:

ސޮއި:

ތާރީޚް:

 

ޖަދުވަލް 5

މާނަކުރުން

ދުސްތޫރު

ޢަދާލަތު ޕާޓީގެ އަސާސީ ޤަވާޢިދު

މި ދުސްތޫރު

ޢަދާލަތު ޕާޓީގެ އަސާސީ ޤަވާޢިދު

މެނިފެސްޓޯ

ޕާޓީގެ އުޞޫލުތަކާއި ސިޔާސަތުގެ މައިގަނޑު ކަނޑައަޅާ އިޢުލާނުކުރުމަށް ލިއެ ޝާއިޢުކޮށްފައިވާ ލިއުން

މި ޕާޓީ

ޢަދާލަތު ޕާޓީ

ޕާޓީ

ޢަދާލަތު ޕާޓީ

ރުކުން

އަސްލު ގުނަން

ޕާޓީގެ ރުކުންތައް

އެބައިތަކުގެ މައްޗަށް ޢަދާލަތު ޕާޓީގެ އަޞްލު އެކުލެވިގެންވާ ގުނަންތައް.

ޕާޓީގެ އިސްވެރިން

މި ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ކ) އާ ދެމެދުގައިވާ މަޖިލިސްތަކުގެ ރައީސުންނާއި ޕާޓީގެ ރައީސާއި ނައިބު ރައީސެވެ.

ދާއިމީ މަންހަޖު

މި ދުސްތޫރުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދާލަތު ޕާޓީ އެއުޞޫލުތަކަށް ތަބާވާންޖެހޭ އުޞޫލުތައް.

މަތީ ތަޢުލީމު

ދަށްވެގެން ޔުނިވަރސިޓީގެ ފުރަތަމަ ޑިގްރީ

ދީނީ ޢިލްމުވެރިން

ސަނަދުގެ ފެންވަރުބެލުމާއި ބެހޭ ދައުލަތުގެ ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން، ދީނީ ރޮގުން، ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ މީހުން. އަދި، ދީނީ ޙުކުމްތަކުގެ ޢިލްމުތަކާއި އެ ޢިލްމުތައް ޒަމާނީ މާޙައުލެއްގައި ތަންފީޒުކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މީހުން.

ދާއިރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް.

ރައީސް

ޢަދާލަތު ޕާޓީގެ ރައީސް.

ނައިބު ރައީސް

ޢަދާލަތު ޕާޓީގެ ނައިބު ރައީސް.

މަސްއޫލިއްޔަތު

އެމީހެއްގެ ނުވަތަ އެފަރާތެއްގެ ބޮލުގައި އެޅިފައިވާ ޒިއްމާ.

މައްސަލަ ބެލުން

ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަކާއި ގުޅޭ ޙުކުމަކާއި ހަމައަށް ޥާޞިލްވެ އެ ކަމަކާއި ގުޅޭގޮތުން ކުރަންޖެހޭ ޙުކުމް ކުރުން.

ތަޞްދީޤު ކުރުން

ތެދުކަމަށް ޤަބޫލުކޮށް ހާނބަސްދިނުން.

ސިއްރުވޯޓު

ޢާއްމުންނަށް ނޭގޭގޮތަށް ނެގޭ ވޯޓު.

ހާމަވޯޓު

ހާމައަށް ފެންނަގޮތަށް ނެގޭ ވޯޓު.

ޚާރިޖީ

ބޭރާބެހޭ.

ނެޝަނެލިޓީ

ޤައުމެއްގެ ރައްޔިތުކަން.

ރިލޭޝަންސް

ގުޅުންތަކާބެހޭ.

ސަސްޕެންޑް ކުރުން

ވަގުތީ ގޮތުން ވަކިކަމަކާއި ބެހޭ ހައިސިއްޔަތު އެމީހެއްގެ ކިބައިން ނެގުން.

އަޣުލަބިއްޔަތު

ކަމަކާމެދު ގިނަ މީހުން އެއްބަސްވާގޮތް.

ދަފްތަރު

ކަމަކާ ބެހޭ ރެކޯޑުތައް ލިޔެ ނޯޓުކޮށް ބަލަހައްޓާ ފޮތް، ނުވަތަ އެފަދަ އިލެކްޓްރޯނިކް ޞަފްޙާ

ސުއްނަތްޖަމާޢަތުގެ މީހެއް

އިސްލާމީ ޝަރީޢަތުގެ މައިގަނޑު ދެމަޞްދަރުކަމުގައިވާ ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުއްނަތަކީ އިސްލަމީ ޝަރީޢަތުގެ މައިގަނޑު ދެމަޞްދަރުކަމުގައި ޤަބޫލުކުރުމާއެކު، ބާޠިލު އެންމެހައި ޢަޤީދާތަކުން އެއްކިބާވެ ހުރެ، އަޞްޙާބު ބޭކަލުންނާއި، ތާބިޢީ ބޭކަލުންގެ ޢަޤީދާގެ މަތީގައިހުރެ، އިސްލާމީ ފިޤްހުގެ ހަތަރު އިމާމުންނާއި އެއިމާމުންގެ މަޛްހަބްތަކަށް ތަބާވީހައި އިމާމުންގެ ފިޤްހު ޤަބޫލުކޮށްގެންހުންނަ ކޮންމެ މީހެއް.

ޝާއިޢުވުން / ކުރުން

ޢާއްމުކޮށް ލިއުމުން ފެންނަންގޮތަށް ހުރުން / ހަމަޖެއްސުން.

މުޅި

ޖުމްލަ ޢަދަދުގެ މައްޗަށް އެކުލެވިގެންވުން.

ސިއްކަ

ޕާޓީގެ ތައްގަނޑު.

ސިޔާސީ މަޤާމް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޢައްޔަންކުރަށްވާ މަޤާމުތަކާއި، ޤާނޫނަކުން އުފެދިފައިވާ މަޤާމުތަކުގެ ތެރެއިންް މިނިވަން މުއައްސަސާއެއްގެ ނުވަތަ ސަރުކާރު ނޫން ދައުލަތުގެ ބާރެއްގެ މަޤާމުތަށް ފިޔަވައި ރައީސުލް ޖުމްހޫރިއްޔާ ޢައްޔަންކުރަށްވާ މަޤާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުތައް.

 

 

އެއްވަނަ ބާބު

މާއްދާ 1

ޕާޓީގެ ނަން، މޮޓޯ، ނިޝާން، ކުލަ، ދިދަ، ސިއްކަ

1.1 ޕާޓީގެ ނަމަކީ “ޢަދާލަތު ޕާޓީ“ އެވެ. އިނގިރޭސި ބަހުން “Adhaalath Party” މިއެވެ.
1.2 ޕާޓީގެ  މޮޓޯ އަކީ ﷲ ގެ ވަޙީ ބަސްފުޅު ﴿وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ﴾  މިއާޔަތެވެ.
މިއާޔަތުގެ މާނައަކީ: ”އަދި ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ޙުކުމް ކުރާހިނދު ޢަދުލު އިންޞާފަށް ޙުކުމް ކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ.“
1.3 ޕާޓީގެ ނިޝާން ހުންނާނީ ހަނދުފަޅިއެއްގެ ތެރޭގައި ދެޢަދަދު ފިޔަހުރެފައި، އެފިޔައިގެ މަތީގައި ފަސް ތަރިއެވެ. އަދި ފިޔައިގެ ތިރީގައި ”ޢަދާލަތު“ މި ނަމެވެ. ނިޝާނުގެ ނަމޫނާ ކުރެހުމެއް މިދުސްތޫރުގެ ޖަދުވަލް 1 ގައި އެވަނީއެވެ.
1.4 ޕާޓީގެކުލައަކީ ފެހިކުލައެވެ. ކުލައިގެ ކޯޑަކީ   CMYK 100%, 0%, 47%, 34%އެވެ.
1.5 ޕާޓީގެ ދިދަ ހުންނާނީ ފެހިކުލައިންނެވެ. ދިދައިގެ މެދުގައި ޕާޓީގެ ނިޝާން ހުންނާނެއެވެ. މިނިޝާން ހުންނާނީ ހުދު ކުލައިންނެވެ. ދިދައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 2 ގައި އެވަނީއެވެ.
1.6 ޕާޓީގެ ސިއްކައަކީ ވަށް ރޮނގެއް ކުރަހާފައި، އެރޮނގުގެ އެތެރޭގައި ޕާޓީގެ ނިޝާން އޮވެފައި، އެރޮނގުގެ ބޭރުން އިތުރު ވަށް ރޮނގެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، އެ ދެ ރޮނގުގެ ދެފަރާތުގެ މެދުގައި ތަރިއެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، މަތީ ކައިރީގައި ”ޢަދާލަތު ޕާޓީ“ އަދި ތިރީގައި ”ދިވެހިރާއްޖެ“ މިގޮތަށް ލިޔެފައިވާ ކުރެހުމެކެވެ. ސިއްކައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 3 ގައި އެވަނީއެވެ.
1.1 ޕާޓީގެ ނަމަކީ “ޢަދާލަތު ޕާޓީ“ އެވެ. އިނގިރޭސި ބަހުން “Adhaalath Party” މިއެވެ.      
1.2 ޕާޓީގެ  މޮޓޯ އަކީ ﷲ ގެ ވަޙީ ބަސްފުޅު ﴿وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ﴾  މިއާޔަތެވެ.
މިއާޔަތުގެ މާނައަކީ: ”އަދި ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ޙުކުމް ކުރާހިނދު ޢަދުލު އިންޞާފަށް ޙުކުމް ކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ.“
     
1.3 ޕާޓީގެ ނިޝާން ހުންނާނީ ހަނދުފަޅިއެއްގެ ތެރޭގައި ދެޢަދަދު ފިޔަހުރެފައި، އެފިޔައިގެ މަތީގައި ފަސް ތަރިއެވެ. އަދި ފިޔައިގެ ތިރީގައި ”ޢަދާލަތު“ މި ނަމެވެ. ނިޝާނުގެ ނަމޫނާ ކުރެހުމެއް މިދުސްތޫރުގެ ޖަދުވަލް 1 ގައި އެވަނީއެވެ.      
1.4 ޕާޓީގެކުލައަކީ ފެހިކުލައެވެ. ކުލައިގެ ކޯޑަކީ   CMYK 100%, 0%, 47%, 34%އެވެ.      
1.5 ޕާޓީގެ ދިދަ ހުންނާނީ ފެހިކުލައިންނެވެ. ދިދައިގެ މެދުގައި ޕާޓީގެ ނިޝާން ހުންނާނެއެވެ. މިނިޝާން ހުންނާނީ ހުދު ކުލައިންނެވެ. ދިދައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 2 ގައި އެވަނީއެވެ.      
1.6 ޕާޓީގެ ސިއްކައަކީ ވަށް ރޮނގެއް ކުރަހާފައި، އެރޮނގުގެ އެތެރޭގައި ޕާޓީގެ ނިޝާން އޮވެފައި، އެރޮނގުގެ ބޭރުން އިތުރު ވަށް ރޮނގެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، އެ ދެ ރޮނގުގެ ދެފަރާތުގެ މެދުގައި ތަރިއެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، މަތީ ކައިރީގައި ”ޢަދާލަތު ޕާޓީ“ އަދި ތިރީގައި ”ދިވެހިރާއްޖެ“ މިގޮތަށް ލިޔެފައިވާ ކުރެހުމެކެވެ. ސިއްކައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 3 ގައި އެވަނީއެވެ.      
އެއްވަނަ ބާބު
މާއްދާ 1
ޕާޓީގެ ނަން، މޮޓޯ، ނިޝާން، ކުލަ، ދިދަ، ސިއްކަ
ޕާޓީގެ ނަމަކީ “ޢަދާލަތު ޕާޓީ“ އެވެ. އިނގިރޭސި ބަހުން “Adhaalath Party” މިއެވެ. 1.1  

ޕާޓީގެ  މޮޓޯ އަކީ ﷲ ގެ ވަޙީ ބަސްފުޅު ﴿وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ﴾  މިއާޔަތެވެ.

މިއާޔަތުގެ މާނައަކީ: ”އަދި ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ޙުކުމް ކުރާހިނދު ޢަދުލު އިންޞާފަށް ޙުކުމް ކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ.“

1.2  
ޕާޓީގެ ނިޝާން ހުންނާނީ ހަނދުފަޅިއެއްގެ ތެރޭގައި ދެޢަދަދު ފިޔަހުރެފައި، އެފިޔައިގެ މަތީގައި ފަސް ތަރިއެވެ. އަދި ފިޔައިގެ ތިރީގައި ”ޢަދާލަތު“ މި ނަމެވެ. ނިޝާނުގެ ނަމޫނާ ކުރެހުމެއް މިދުސްތޫރުގެ ޖަދުވަލް 1 ގައި އެވަނީއެވެ. 1.3  
ޕާޓީގެކުލައަކީ ފެހިކުލައެވެ. ކުލައިގެ ކޯޑަކީ   CMYK 100%, 0%, 47%, 34%އެވެ. 1.4  
ޕާޓީގެ ދިދަ ހުންނާނީ ފެހިކުލައިންނެވެ. ދިދައިގެ މެދުގައި ޕާޓީގެ ނިޝާން ހުންނާނެއެވެ. މިނިޝާން ހުންނާނީ ހުދު ކުލައިންނެވެ. ދިދައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 2 ގައި އެވަނީއެވެ. 1.5  
ޕާޓީގެ ސިއްކައަކީ ވަށް ރޮނގެއް ކުރަހާފައި، އެރޮނގުގެ އެތެރޭގައި ޕާޓީގެ ނިޝާން އޮވެފައި، އެރޮނގުގެ ބޭރުން އިތުރު ވަށް ރޮނގެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، އެ ދެ ރޮނގުގެ ދެފަރާތުގެ މެދުގައި ތަރިއެއް ކުރަހާފައި، އެ ދެ ރޮނގުގެ ދެމެދުގައިވާ ގޮތަށް، މަތީ ކައިރީގައި ”ޢަދާލަތު ޕާޓީ“ އަދި ތިރީގައި ”ދިވެހިރާއްޖެ“ މިގޮތަށް ލިޔެފައިވާ ކުރެހުމެކެވެ. ސިއްކައިގެ ނަމޫނާ ކުރެހުމެއް މި ދުސްތޫރުގެ ޖަދުވަލް 3 ގައި އެވަނީއެވެ. 1.6