ޢަދާލަތު ޕާޓީ އަކީ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރެވި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވައިލެވުމާއެކު އެންމެ ފުުރަތަމަ ރަޖިސްޓްރީ ކުރެވުނު އެއް ސިޔާސީ ޕާޓީއެވެ. 18 އޮގަސްޓް 2005 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު މި ޕާޓީއަކީ މިހާރު ރާއްޖޭގައި ހުއްޓުމެންނެތި ހަރަކާތްތެރިވަމުން އަންނަތާ އެންމެ ގިނަދުވަސްވީ އެއް ޕާޓީއެވެ. ފާއިތުވި 16 އަހަރުގެ މާޒީގައި ޢަދާލަތު ޕާޓީގެ ބައިވެރިވުމާއެކު 3 ސަރުކާރެއް އުފެދިފައިވެއެވެ.
ތަޢާރަފް
ޢަދާލަތު ޕާޓީ އަކީ ދިވެހިރާއްޖޭގައި ފަނޑުވަމުންދާ އިސްލާމީ ޘަޤާފަތާއި، ޙަޟާރަތު ދެމެހެއްޓުމަށްޓަކައި، އަދި ދިވެހިރާއްޖޭގައި ދީނީ ރޫޙް އާލާކުރުމުގެ ގޮތުން ޢަމަލީ ސިފައެއްގައި މަސައްކަތްކޮށް، ފިތުނަފަސާދައިން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް މަސައްކަތްކުރުމަށާއި، އިޤްތިޞާދީ ފުދުންތެރިކަން ޢަދުލުވެރިގޮތުގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ޕާޓީއެކެވެ. ޢަދާލަތު ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ ހަމަހަމަކަމާއި، ޢަދުލު އިންޞާފު ދަމަހައްޓައި، ޙައްޤާއި މިނިވަންކަމުގެ މައްޗަށް ބިނާވެފައިވާ، އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތާ ސަރުކާރެއް ދިވެހި ދަޢުލަތުގައި ޤާއިމުކުރުމަށެވެ.ޢަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.
ވޭތު ވެދިޔަ ތަނުގައި ޕާޓީގެ ފަރާތުން ކުރެވިފައި ހުރި ބައެއް މަސައްކަތްތައް
- ދިވެހިރާއްޖޭގައި އިސްލާމީ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރުން
- ތަޢުލީމީ ނިޒާމުގައި އަރަބި އިސްލާމީ ތަޢުލީމް ހަރުދަނާކުރުމަށް މަސައްކަތްކުރުން
- ނޭދެވޭ ކަންކަން މުޖުތަމަޢުގައި އާލާވެ، އަށަގަތަ ދިއުމުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުތަކަށް ބާރުއެޅުން
- ވެރިކަމުގެ ނިޒާމް ޚަރާބްވިޔަ ނުދިއުމާއި ސަރުކާރުތައް ޒިންމާދާރު ކުރުވުމުގައި ސާބިތުވެތިބުން
- ރައްޔިތުންގެ މަޖިލިސް ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރުން
- ދީނީ ކަންކަމާއި ގުޅޭގޮތުން ދިވެހިރައްޔިތުން ހޭލުންތެރިކުރުވާ، މުޖުތަމަޢަށް ހެޔޮބަދަލުތަކެއް ގެނުވާ މިސްކިތްތައް އާބާދުކުރުން. މި ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތްކުރެވުން
- އިސްލާމްދީނުގައި އަންހެނުންނަށް ދެވިފައިވާ މަތިވެރި މަޤާމާއި ގުޅޭގޮތުން ވަކާލާތުކުރުން
- މުޖުމަތަޢަށް މުހިންމު މަޢުލޫތަކަށް ބިނާކޮށް ރައްޔިތުންނަށް ހިލޭ ލިބޭނެހެން ފޮތް ޗާޕްކުރުން
- ޤުރުއާނުގެ ދިވެހިތަރުޖަމާއެއް އެކުލަވާލުމުގެ މަސައްކަތް ފެށުން
- ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްޤުގައި މަސައްކަތްކުރުން
- ރައްޔިތުންގެ މަޖިލިހުގައި ތަމްސީލުކުރާނެ ޤާބިލް، ޢިލްމުވެރި، ޚުލްޤުވެރި ބަޔަކު ހޯދާ، ތަމްރީންކޮށް އެފަރާތްތަކަށް އެއްބާރުލުންދިނުން
- ދިވެހި ދަޢުލަތުގެ ތެރޭގައި ހިންގޭ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކާއި ދެކޮޅަށް އަޑުއުފުލާ ޒިންމާދާރުކުރުވުމަށް މަސައްކަތްކުރުން
- އިސްލާމީ އުސޫލުތަކާއި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ޤަވާޢިދުތަކާއި އުސޫލަތަކާއި ދެކޮޅަށް އަޑުއުފުލުން
- އަސާސީ ހައްޤުތަށް ދިވެހިރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބާދިނުމަށް ވަކާލާތުކުރުން
- އިސްލާމީ އުއްމަތަށް ދިމާވާ ބޮޑެތި ކާރިޘާތަކާއި ގުޅިގެން ދިވެހިން ރައްޔިތުން ހޭލުންތެރިކުރުމާއި ގައުމީ ފެންވަރުގައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް ފަންޑުހޯދުމުގެ މަސައްކަތްކުރުމާއި އަމާނާތްތެރިކަމާއި އެކު އެ ފަދަ ފައިސާ ރައްދުކުރުން
- ދިވެހި ދަރިން ތަރުބިއްޔަތުކުރުމުގައި ޚާއްސަ ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުން
- ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނުތަކަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފަރުމާކުރެވޭ ބިލްތަކަށް ހެދުމަށް މަސައްކަތްކުރުން
މަޝްވަރާ މަޖިލިސް
[tmm name=”adhaalath-party”]