އީޔޫގެ ފިޔަވަޅުތައް އަމާޒުވެގެން ދާނީ މަސްވެރިންނަކަށް ނޫން – މާރިޔާ

އީޔޫގެ ފިޔަވަޅުތައް އަމާޒުވެގެން ދާނީ މަސްވެރިންނަކަށް ނޫން – މާރިޔާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އީޔޫގެ ފިޔަވަޅުތައް އަމާޒުކުރަނީ ދިވެހި މަސްވެރިންނަށޭ ބުނުން އެއީ ރައީސް ޔާމީން ހައްދަވާ އިތުރުފުޅެއް ކަމަށެވެ. އަދި މަސްވެރިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫންކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ. އީޔޫއިން ފިޔަވަޅު އަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ޝާމިލްވާގޮތަށް ނުހިންގޭތީ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުގެ އެއްވެސް އަޑެއް ނީވޭކަމާއި މިވަގުތު އެއްވެސް ރައްޔިތެއްގެ ވޯޓު ލުމުގެ ހައްގު ދޫކޮށް ނުލާން ތަކުރާރުކޮށް ހަނދުމަފުޅު އެރުވިއެވެ. މިހެން ކަމުން ކޮންމެ ދުވަހަކުވެސް ރީރަޖިސްޓަރީ ވެފައިވޭތޯ ޔަގީން ކުރެއްވުމަށް އެސްއެމްއެސް ކުރުމަށް އެކަމަނާ ވިދާޅުވިއެވެ.

މާރިޔާ، ރައީސް ޔާމީނަށް ރައްދުކޮށް ވިދާޅުވީ ކޮންމެ ފަހަރަކުވެސް މަކަރާ އޮޅުވާލުމުން ކަންތައް ކުރާނަމަ ރައްޔިތުންނަށް ފަޅާ އަރާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިންނެވުމުންވެސް އެނގިގެންދަނީ އިބޫ އަށް އޮތް ތަރުހީބާއި ސަރުކާރަށް ބަދަލެއް ގެންނަން ރައްޔިތުން ބޭނުންވާ ކަމަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.