• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޤަރާރު

            March 16, 2015

            ނަންބަރު: AP /QR/2015/01

             

            الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.

             

            ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތައް ހަނިކޮށް، ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމު ރޫޅާލާ، ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ދައުލަތުގެ އެންމެހައި ބާރުތައް ޖަމަޢަކުރުމުގެ ސަބަބުން ޤާނޫނު އަސާސީގެ ބާރުކެނޑެމުންދާތީ އާއި ޝަރުޢީ ނިޒާމުގެ އެކި ގުނަންތަކުގެ މައްޗަށް ނާޖާއިޒު ނުފޫޒުތައް ފޯރުވާ، ޝަރީޢަތުގެ ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ސުވާލުއުފެދި، އަދުލުވެރިކަމާއި ހަމަހަމަކަން ގެއްލެމުންދާތީ އާއި ކަރަޕްޝަނާއި ފަސާދަ ޢާންމުވެ، މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ހެދިފައިހުރި ޤާނޫނުތައް އިތުރަށް ހަރުދަނާކުރުމުގެ ބަދަލުގައި އެމަގަށް މަގުފަހިކުރަމުން ދާތީ އާއި ބޮޑެތި ކުށްތަކާއި އަނިޔާވެރި ޖަރީމާތައް ހިންގާ ކުށްވެރިންނަށް މަގުފަހިވާގޮތަށް ޤައުމުގެ މުހިންމު ސިޔާސަތުތައް ބައްޓަންކޮށް، އެފަދަ ނުފޫޒުތައް ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދަމުންދާތީ އާއި ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި ޒިންމާ އަދާކުރުމަށް ޢާލަމްތަކުގެވެރި ﷲ ގަންދީ ޙުވާކޮށްގެންތިބި ރައްޔިތުންގެ ޚާދިމުންގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އާންމުވެ، މީސްމީހުންގެ މުދާ ނުޙައްޤުން ފިރުކައިގަނެ، ރައްޔިތުން ޙިމާޔަތަށްޓަކައި އެކަނި ވުޖޫދުގައި އޮންނަ ޤައުމުގެ ސަލާމަތީ ބާރުތަކާއި ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމްކުރުމަށްޓަކައި އުފައްދާފައިހުރި މުއައްސަސާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާތީ އާއި ދިވެހިރާއްޖެއިން ނެތެމުންދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވަމުންއަންނަކަން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކަށަވްރުވެއްޖެ ހިނދު، މި އެންމެހައި އަނިޔާވެރި ކަންކަމާދެކޮޅަށް، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އަދި ޢަދާލަތު ޕާޓީގެ ދުސްތޫރާއި އުސޫލުތަކުން ބާރުލިބިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤުރާރުވަމެވެ.

             

            وَصَـلَّى اللَّهُ وَسَلَّمَ وَبَارَكَ عَلى سَيِّدِنَا مُـحَمَّدٍ، وَعَلى آلِهِ وَصَحْبِهِ أَجْـمَعِيْنَ.

             

            25 ޖުމާދުލްއައްވަލް 1436

            16 މާރިޗް 2015

             

             

             

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©