• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕
            No results See all results

            ޤަރާރު: ފަލަތީނާ ދެކޮޅަށް ޞިޙްޔޫނީ ބާރުތަކުން ހިންގާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކުރުމާއި އެކަމާ ދެކޮޅަށް ކުރެވެންހުރި ކަންކަން ކުރުމަށް ގޮވައިލާ ޤަރާރު

            October 14, 2023

            ‏بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

            ‏الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

            ‏އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލަޔަކަށްވާތީ އާއި ޢަދާލަތު ޕާޓީ އުފެދުނީއްސުރެ މި ޕާޓީއިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދީގެން މަސައްކަތް ކޮށްފައިވާ އެއްކަމަކީ އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ޤަޟިއްޔާ ކަމަށްވެފައި، މި މައްސަލައަކީ އެއްވެސް ތަފާތެއްނެތި މުޅި ދިވެހި އުންމަތުގެ އެންމެހައި އަފްރާދުންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގައިފައިވާ މައްސަލަޔަކަށްވީ ހިނދު، އަދި

             ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދައިފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ މުސްތަޙީލު ކަމަކަށް ވެފައި، މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާތީ،

            ‏ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅީން ތަފާތުކުރުމެއް ނެތި ޞަޙްޔޫނީ ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޤަތުލުޢާންމެއް ހިންގައި، ބޯފެނާއި ކާނާއި ބޭސްފަރުވާއިން މަޙުރޫމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރާލުމަށްފަހު ފަލަސްޠީނުގެ ބިމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަބާރުން ބޭރުކޮށްލުމުގެ ނުރައްކާތެރި ޢުދުވާނީ ޖަރީމާ ހިންގަމުންދާ މި ދަނޑިވަޅުގައި،

            ޢަދާލަތު ޕާޓީގެ ލަޔާޤަތާއި ޤާބިލުކަން ތަންދިން އެންމެ މަތީ މިންވަރަކަށް އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް ވާތީ އާއި، އެމީހަކަށް ވެވުނުގޮތަކުން އެހީތެރިވެދިނުމަށް އެދި މުޅި އިސްލާމީ އުންމަތަށާއި މުޅި އިންސާނިއްޔަތަށް ފަލަސްޠީނުގެ ރައްޔިތުން ގޮވާލާ އާދޭހުގެ ރުއިމާއި ކެކުޅުމުގެ އަޑު ގުގުމަމުންދާތީ، 

            ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށާއި، ވަކިން ޚައްޞަކޮށް މިވަގުތު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާަ އިންސާނީ ޙައްޤުތަކާ ޚިލާފު ޣައިރު ޤާނޫނީ ޢުދުވާންތަކުގައި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށާއި، މިމައްސަލައާމެދު ދިވެހިން ހޭލުންތެރިކުރުމަށާއި ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެންހުރިކަން ދެނެގަނެ އެކަންކަން ކުރުމަށަށް ގޮވާލަމެވެ.

            ‏وآخِرُ دَعْوَانَا أَنِ الْحَمْدُ للهِ رَبِّ العَالَمِيْن

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©