• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            އިޢުލާން: ޤައުމީ މަޖިލީހުގެ ދަޢުވަތު

            February 8, 2021

            ނަންބަރު: AP-IUL/2021/17

            ޢަދާލަތު ޕާޓީގެ 2 ވަނަ ދައުރު ނިންމައި 3 ވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ޤައުމީ މަޖިލީސް، 2021 ވަނަ އަހުރުގެ މާރިޗް 11 އިން 13 އަށް ބޭއްވުމަށް ނިންމައިފީމެވެ.

            ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 14.9 ވަނަ މާއްދާއިން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މި ޤައުމީ މަޖިލީސް ވެބްކޮންފަރަންސް މެދުވެރިކޮށް ބޭއްވުމަށް އެ މަޖިލީހުގެ 188 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި މަޖިލިސް ކުރިއަށް ދާނީ، މަޝްވަރާ މަޖިލީހުގެ 188 ވަނަ ޖަލްސާގައި ފާސްކުރެވުނު “ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ވެބްކޮންފަރަންސް މެދުވެރިކޮށް ބޭއްވުމުގެ އުސޫލު” އާ އެއްގޮތަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްލިބި، ކަމާގުޅުންހުރި އިދާރާތަކުންނާއި ސިއްޙީ މާހިރުންގެ އިރުޝާދާ ޚިލާފުނުވެ، އެއްތަނަކަށް ޖަމާވެ މަޖިލިސް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ޙާލަތު ތަންދިން މިންވަރަކުން ޤައުމީ މަޖިލީހުގެ ވީހައިވެސް ގިނަ މެންބަރުންނަށް އެއްތަނަކަށް ޖަމާވެތިބެ މި ބައްދަލުވުމުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެއްސޭނެއެވެ. މިގޮތަށް އިންތިޒާމު ހަމަޖެހުނުކަމުގައިވިއަސް، ވަޑައިންނަވަން އުޒުރުވެރިވެލައްވާ ފަރާތްތަކަށް ވެބްކޮންފަރަންސް މެދުވެރިކޮށް ޤައުމީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެލެއްވޭނެއެވެ. މިގޮތުން އެއްތަނަކަށް ޖަމާވެގެން މަޖިލިސް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ މަޖިލިސް ބާއްވާނީ މާލެސިޓީގައެވެ. ވެބްކޮންފަރަންސް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވާނެގޮތުގެ މަޢުލޫމާތު ޕާޓީގެ އިދާރާއިން ލިބިލައްވާނެއެވެ.

            ޤައުމީ މަޖިލީހުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކަކީ

            1. ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހައި މެންބަރުން
            2. މަޝްވަރާ މަޖިލީހުގެ ހުރިހައި މެންބަރުން
            3. ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހައި މެންބަރުން
            4. އިދާރީ މަޖިލީހުގެ ހުރިހައި މެންބަރުން
            5. އަންހެނުންގެ މަޖިހުގެ ހުރިހައި މެންބަރުން
            6. ޒުވާނުންގެ މަޖިލީހުގެ ހުރިހައި މެންބަރުން
            7. ދާއިރާ ރައީސުން
            8. ގޮފިތަކުގެ ރައީސުންނާއި ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 30.6 ވަނަ މާއްދާގެ ދަށުން ހޮވޭ ގޮފިތަކުގެ އިތުރު މަންދޫބުން (ގޮފީގެ ރައީސަށް ޙާޟިރުނުވެވޭނަމަ، އޭނާގެ ބަދަލުގައި ހިންގާ ކޮމިޓީއިން އައްޔަންކުރާ މީހަކަށް ޙާޟިރުވެވޭނެއެވެ.)
            9. ޕާޓީގެ ގޮތްޕެއް ނެތްނަމަވެސް 15 މެންބަރުން ހަމަވާ ކޮންމެރަށެއްގެ މެންބަރުންގެ މަންދޫބު
            10. ދައުލަތުގެ ސިޔާސީ މަޤާމްތައް އަދާކުރަމުންދާ ޕާޓީގެ ހުރިހައި މެންބަރުން

            ޤައުމީ މަޖިލީހުގެ އެޖެންޑާ

            1. ޤައުމީ މަޖިލީހުގެ އިފްތިތާޙީ ޖަލްސާ ބޭއްވުން
            2. 3 ވަނަ ދައުރަށް އިންތިޚާބުވި ޢަދާލަތު ޕާޓީގެ ރައީސް މަޤާމުގެ ޢަހުދު ކިޔައި، ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއެކުރުން
            3. 3 ވަނަ ދައުރަށް އިންތިޚާބުވި ޢަދާލަތު ޕާޓީގެ ނައިބު ރައީސް މަޤާމުގެ ޢަހުދު ކިޔައި، ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއެކުރުން
            4. ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް މަޤާމުގެ ޢަހުދު ކިޔައި، ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއެކުރުން
            5. ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުގެ ޢަހުދު ކިޔައި، ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއެކުރުން
            6. ޤައުމީ މަޖިލީހުން އިންތިޚާބުކުރާ ޕާޓީގެ ނައިބު ރައީސުން އިންތިޚާބުކުރުން
            7. ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުން
            8. އިސް ފަނޑިޔާރު އިންތިޚާބުކުރުން
            9. ޒުވާނުންގެ މަޖިލީސް/ ހިންގާ ކޮމިޓީ އިންތިޚާބުކުރުން
            10. އަންހެނުންގެ މަޖިލީސް/ ހިންގާ ކޮމިޓީ އިންތިޚާބުކުރުން
            11. ޢަދާލަތު ޕާޓީގެ ދުސްތޫރަށް ހުށައެޅިފައިވާ އިސްލާހުތަކާމެދު ގޮތެއް ނިންމުން
            12. ޤައުމީ މަޖިލީހުން މަޝްވަރާ މަޖިލީހަށް އިންތިޚާބުކުރާ 12 މެންބަރުން އިންތިޚާބުކުރުން
            13. އިދާރީ މަޖިލިސް އެކުލަވައިލުން
            14. މަޝްވަރާ މަޖިލީހުގެ ފުރަތަމަ ބައްދަލްވުން ބޭއްވުން
            15. މަޤާމްތަކަށް އިންތިޚާބުވި ފަރާތްތަކާއި މަޖިލިސް ތަކަށް ޢައްޔަންވި ފަރާތްތައް މަޤާމުގެ ޢަހުދު ކިޔައި، ޢަހުދު ކަށަވަރުކޮށް ޢަހުދުނާމާގައި ސޮއެކުރުން
            16. ޕާޓީގެ ސިޔާސަތުތަކަށް ހުށައެޅޭ ކަރުދާސްތަކަށް ބަހުސްކުރުން
            17. ޕާޓީގެ ދާއިރާތަކާއި ގޮފިތައް ހިންގުމުގެ ކަންކަމާމެދު ބަހުސްކުރުން
            18. ޤައުމީ މަޖިލިސް ނިންމާ ޖަލްސާ ބޭއްވުން

             

            ޤައުމީ މަޖިލީހުގެ އެންމެހައި މެންބަރުންނަށް މި ޤައުމީ މަޖިލީހަށް ދަޢުވަތު އަރުވަމެވެ.

            26 جُمَادَى الآخر 1442

            08 ފެބުރުއަރީ 2021

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©