އިޢުލާން: ޢަދާލަތު ޕާޓީގެ ދުސްތޫރަށް އަންނަނިވި އިޞްލާޙު ގެނެވިފައިވާކަން ޢާއްމުކުރުން
ނަންބަރު: AP-IUL/2021/23
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ހިންގާ ޤަވާއިދުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މަޝްވަރާ މަޖިލީހުގެ 2ވަނަ ދައުރުގެ 190 ވަނަ ބައްދަލުވުމުގައި ޢަދާލަތުޕާޓީގެ ދުސްތޫރަށް އަންނަނިވި އިޞްލާހުތައް ގެނެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މާއްދާ 20.2 އަންނަވި ގޮތައް އިޞްލާހު ކުރެވިފައި | |||
20 | 20.2 | މި މަޖިލީހުގައި 5 މެންބަރުން ތިބެންވާނެއެވެ. މި މަޖިލިސް އެކުލެވިގެންވަނީ އަންނަނިވި މެމްބަރުންގެ މައްޗަށެވެ. | |
20 | 20.2 | (ހ) | ޢިލްމުވެރިންގެ މަޖިލީހުން އިންތިޚާބުކުރާ އެމަޖިލީހުގެ މެންބަރެއް؛ |
20 | 20.2 | (ށ) | މަޝްވަރާ މަޖިލީހުން އިންތިޚާބުކުރާ އެމަޖިލީހުގެ މެންބަރެއް؛ |
20 | 20.2 | (ނ) | މަޝްވަރާ މަޖިލީހުގެ ރުހުމާއެކު، ޕާޓީގެ ރައީސް ޢައްޔަންކުރާ މެމްބަރެއް؛ |
20 | 20.2 | (ރ) | ޤައުމީ މަޖިލީހުން އިންތިޚާބުކުރާ 2 މެމްބަރުން. |
މާއްދާ 20.3 އުވާލެވިފައި | |||
20 | 20.3 | ފަނޑިޔާރުންގެ މަޖިލީހުގައި އެ ދައުރެއްގައި ތިބެންވާ މެންބަރުންގެ ފުރިހަމަ ޢަދަދު ކަނޑައަޅާނީ މަޝްވަރާ މަޖިލީހުންނެވެ. ކޮންމެ އައު ދައުރެއްގެ ޤައުމީ މަޖިލިސް ބޭއްވުމުގެ 30 ދުވަސް ކުރިން މަޝްވަރާ މަޖިލީހުން އެ ޢަދަދު ކަނޑައަޅަންވާނެއެވެ. |
މާއްދާ 20.4 އަންނަވި ގޮތައް އިޞްލާހު ކުރެވިފައި | |||
20 | 20.4 | ފަނޑިޔާރުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުންގެ ތެރެއިން، ޤައުމީ މަޖިލީހާއި، މަޝްވަރާ މަޖިލީހާއި، ޢިލްމުވެރިންގެ މަޖިލީހުން ފަނޑިޔާރުންގެ މަޖިލީހަށް ޢައްޔަންކުރާނެ މެންބަރު އިންތިޚާބުކުރާނީ އެމަޖިލީސްތަކުގެ މެންބަރުންނަށް، ފަނޑިޔާރުންގެ މިޖިލީހަށް ކުރިމަތިލުމަށް ހުޅުވައިލުމަށްފަހު، އެކަމަށް ކުރިމަތިލާ މެމްބަރުންގެ މެދުގައި، އެ މަޖިލީހެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ. |
28 رجب 1442
12 މާރޗް 2021