• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
    • މެމްބަރުންގެ ޕޯޓަލް
    • މެމްބަރަކަށް ވުމަށް
✕
            No results See all results

            އައްޝައިޚް އުސްމާން ޢަބްދުالله އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުން

            August 21, 2023

            ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތަށް ގިނަގުނަ ޚިދްމަތްތަކެއް ކުރަށްވާފައިވާ ފަޟީލަތުއްޝައިޚް އުސްމާން ޢަބްދުالله އަވަހާރަވި ޚަބަރު އަޅުގަނޑުމެން އެހީ ނުހަނު ހިތާމައާއެކުއެވެ. މި ހިތާމަވެރި ވަގުތުގައި ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އުސްމާން ޢަބްދުاللهގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި، ޝައިޚްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި މަރުޙޫމުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވައި އިޚުލާޞްތެރި ތައުޒިޔާ ދަންނަވަމެވެ.


            ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އުސްމާން ޢަބްދުالله އަކީ އިސްލާދީން މަތިވެރިކުރުމަށާއި އިސްލާމްދީނުގެ ޢިލްމު ފެތުރުއްވުމާއި އުގަންނައި ދެއްވުމުގައި ހިއްވަރާއިއެކު ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ފެށިގެން މިނިސްޓްރީ އިފް އިސްލާމިކް އެފެއާޒްގައި ޚިދްމަތް ކުރަށްވާފައިވެއެވެ. ޚާއްޞަކޮށް ރޭޑިއޯ ޓީވީ މެދުވެރިކޮށް ދީނީ ޢިލްމާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާފައިވެއެވެ.


            މާތްﷲ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އުސްމާން ޢަބްދުاللهއަށް ރަޙްމަތްލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ ފިރުދައުސް މިންވަރުކުރައްވާށި.

            އާމީން

            إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ
            إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى.


            5 ޞަފަރު 1445
            21 އޮގަސްޓް 2023

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©