1444 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީސް ނަމާދު ކުރުމަށް ޙާފިޡުން ގެނައުމާ ގުޅޭ
ނަމްބަރު: AP/SEC/IUL/2023-001
އިޢުލާން |
ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމަށް މިޕާޓީންވަނީ ނިންމާފައެވެ.
ވީމާ މިއަހަރު، ޢަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 15 ފެބުރުއަރީ 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ލިންކްގައިވާ ފޯމް ފުރުއްވައިދެއްވުން އެދެމެވެ.
ހާފިޒުން ގެނައުމަށް އެދޭ ލިންކް: https://forms.gle/Eg4Aw9o916qexeXS7
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7789355 / 9460170، އަށް ގުޅުއްވުން އެދެމެވެ.
15 ޖުމާދަލްއާޚިރާ 1444
8 ޖަނަވަރީ 2023