• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސް ބަޔާން: ޢަދާލަތު ޕާޓީގެ ރައީސްގެ މައްޗަށް ޓެރަރިޒަމްގެ ދަޢްވާއުފުލުމާ ބެހޭ

            June 2, 2015

             

            ޢަދާލަތު ޕާޓީގެ ރައީސްގެ މައްޗަށް ޓެރަރިޒަމްގެ ދަޢްވާއުފުލުމާ ބެހޭ

            الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.
            ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ހިންގެމުންދާ އިދިކޮޅު ސިޔާސީ ޙަރަކާތްތަކުގެ އަޑު ކަނޑުވާލާ، ސަރުކާރުން ބޭނުން ގޮތަކަށް ކަންތައްކުރުމަށް މަގުފަހިކުރުމުގެ ގޮތުން އުފުލާފައިވާ ސިޔާސީ ދައުވާއެއް ކަމާމެދަކު މިޕާޓީން ޝައްކެއް ނުކުރަމެވެ. އެހެނީ މިޕާޓީގެ ރައީސަކީ ދުވަހަކުވެސް ޓެރަރިޒަމާ ހަމަނުޖެހުމާ އަނިޔާވެރިކަމަށް ހިއްވަރުދެއްވާފައިވާ ބޭފުޅަކަށް ނުވާހިނދު އެމަނިކުފާނަކީ އަބަދުވެސް ސުލްހަވެރިކަމާ އެއްބައިވަންތަކަމާ އަދި އަނިޔާވެރިކަމާ ދެކޮޅަށް ސާބިތުކަމާއެކު ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތް ކުރައްވަމުންދާ ބޭފުޅަކަށް ވާތީއެވެ. އަދި މިޕާޓީގެ ރައީސްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލުމުގެ އަޞްލު ބިނާ ކޮށްފައިވަނީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ޤާނޫނީ އިމުގެތެރެއިން ހިފަމުންދަނިކޮށްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ.
            ސަރުކާރުގެ މިފަދަ ފިނޑި ޢަމަލުތަކުން ދޭހަކޮށްދެނީ އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ވެރިކަންކޮށްދީ އަދި ރައްޔިތުންނަށް ވެފައިވާ ވަޢްދުތައް ފުއްދުމަށް ނުކުޅެދުމުގެ ސަބަބުން ސަރުކާރަށް ރައްޔިތުންކުރާ ތާއިދު ދުވަހެއް ދުވަހަކަށް ފަނޑުވަމުންދާތީވެ އިދިކޮޅު ސިޔާސީ ޙަރަކާތްތަކާ އަޑުތައް ކަނޑުވާލައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރުންކަން ޔަޤީނެވެ. އަދި ދިވެހިރައްޔިތުން ބަލައިގެންފައިވާ ފަރުދީ މިނިވަންކަމާ އިންސާނީ ޙައްޤުތަކުގެ އަސާސްތައް ފުނޑުފުނޑު ކޮށްލާ ދިވެހިން ތަޙައްމަލްކޮށްފައިވާ ބޭއިންސާފު ދުވަސްތައް އަލުން އިޔާދަކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި މިޕާޓީން ދެކެމެވެ.
            ވީމާ ސަރުކާރުގެ ފަރާތުން ހިންގާ މިފަދަ ޖަރީމާތައް ހުއްޓާލާ ރައްޔިތުންނަށް ވަޢްދު ވެފައިވާފަދަ ހެޔޮވެރިކަމެއް ޤާއިމުކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ޖާގަދީގެން ޤައުމުހިންގުމަށް މިފުރުސަތުގައި ގޮވާލަމެވެ.

            وَصَـلَّى اللَّهُ وَسَلَّمَ وَبَارَكَ عَلى سَيِّدِنَا مُـحَمَّدٍ، وَعَلى آلِهِ وَصَحْبِهِ أَجْـمَعِيْنَ.

            15 ޝަޢުބާން 1436
            02 ޖޫން 2015

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2015/12/AP.PR_.2015.18-Regarding-isolation-of-Maldives-in-the-international-community.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©