• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            އިއްތިހާދުގެ ސަރުކާރު ވެގެންދާނީ ދީނީގޮތުން މިހާތަނަށް ރާއްޖެ ނުދެކޭފަދަ އިންޤިލާބީ ސިޔާސަތުތަކެއް ތަންފީޒު ކުރާ ސަރުކާރަކަށް – ޝިދާތާ

            August 11, 2018

             

            އިއްތިހާދުގެ ސަރުކާރު ވެގެންދާނީ ދީނީގޮތުން މިހާތަނަށް ރާއްޖެ ނުދެކޭފަދަ އިންޤިލާބީ ސިޔާސަތުތަކެއް ތަންފީޒު ކުރާ ސަރުކާރަކަށް – ޝިދާތާއިއްތިހާދުގެ ސަރުކާރު ވެގެންދާނީ ދީނީގޮތުން މިހާތަނަށް ރާއްޖެ ނުދެކޭފަދަ އިންޤިލާބީ ސިޔާސަތުތަކެއް ތަންފީޒު ކުރާ ސަރުކާރަކަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
            ގުޅިފައިވާ ޕާޓީތަކުން ޅ.ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ފެނިގެންދާނީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ތަރައްޤީގެ ފުރިހަމަ ޞަފްޙާތަކެއް އުކަމުންދާ ސަރުކާރެއް ކަމަށެވެ.
            ޝިދާތާ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލާނެ ފަރާތެއް ކަނޑައެޅުމަށް ރައްޔިތުންނަށް ވަރަށް ފަސޭހަ ކަމަށާއި އެހާ ފަސޭހަކަމާއެކު މި އިންތިޚާބު ގުޅިފައިވާ އިއްތިހާދަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
            “އެހެންވީމަ ރައްޔިތުން ވިސްނަން މިޖެހެނީ ވައްކަންކުރާ ބަޔަކު ގެންނާނީތޯ ނުވަތަ ވައްކަން ނުކުރާ ބަޔަކު ގެންނާނީތޯ؟ އަޅުގަނޑުމެން ވިސްނަން މިޖެހެނީ ރައްޔިތުންނަށް އަނިޔާ ކުރާ ބަޔަކު ގެންނާނީތޯ ނުވަތަ ނޫންތޯ؟ އަޅުގަނޑުމެން ވިސްނަން މިޖެހެނީ މޫނުހަދައިގެން ޕޯޑިއަމް ކައިރިއަށް އައިސް ރައްޔިތުންނަށް ހެސްކިޔާފަ ބަވާ މީހަކު ގެންނާނީތޯ ނޫނީ ރައްޔިތުންނަށް އޯގާތެރިކަމާއެކު މަސައްކަތް ކޮށްދޭނެ މީހަކު ގެންނާނީތޯ؟” ޝިދާތާ ޝަރީފް ވިދާޅުވިއެވެ.
            ޝިދާތާ ވިދާޅުވީ ފެންނަމުން މިދަނީ ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލި ތަރައްޤީގެ ނަމުގައި މީހުން އެއްތަނަކަށް ތޮއްޖައްސަމުންދާ މަންޒަރު ކަމަށާއި މިކަން ހިންގަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ނޫން ކަމަށެވެ.
            ގުޅިފައިވާ އިއްތިހާދުން ޅ.ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ފެންންނަމުން މިދަނީ ރައްޔިތުންގެ ފައިސާއިން އެތައް މަޝްރޫއެއް ހިންގައި ބައެއްގެ ޖީބަށް އަޅައި ހުސްކުރަމުންދާ މަންޒަރު ކަމަށާއި އެފަދަ މަންޒަރު ބަލަން ދިވެހިރައްޔިތުން ނުތިބޭނެ ކަމަށެވެ.
            ޝިދާތާ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުތައް ބައްޓަން ކުރަމުންދަނީ ރާއްޖޭގައި ހުރި ބޮޑެތި އާބާދީތަކާއި ބޮޑެތި ރަށްތަކެކޭ އެއްގޮތަށް ކުދި އާބާދީތަކާއި ކުދިރަށްތަކުގައި ދިރިއުޅޭ އާބާދީތަކުގެ ޙައްޤުތައްވެސް ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.
            “އަޅުގަނޑުމެންގެ މި ކެމްޕޭންގެ މަސައްކަތްތައްވެސް، ހަރަކާތްތައްވެސް ބައްޓަން ވަމުންދާއިރުވެސް މާލޭގެ ހަރަކާތްތައް ރޭވޭ މިންވަރަށްވުރެ ބޮޑަށް މިފަދަ ހަރަކާތްތައް ރޭވިފައި ހުރީވެސް މިފަދަ ރަށްތަކަށް” ޝިދާތާ ވިދާޅުވިއެވެ.
            ރައީސް ޔާމީނަށާއި ޑރ.ޝަހީމަށް ފާޑުވިދާޅުވަމުން ޝިދާތާ ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމަށް އިދިކޮޅު ކެނޑިޑޭޓާއި ރަނިންމޭޓް ގެންގުޅުއްވާ ވިސްނުންފުޅެއް ރައީސް ޔާމީނާއި ޝަހީމްގެ ނުހުންނާނެ ކަމަށާއި އިބްރާހިމް މުޙައްމަދު ޞާލިހާއި ފައިސަލް ނަސީމް ކުރައްވާ ހިތްވަރެއް ޔާމީނަކަށް ޝަހީމަކަށް ނުކުރެއްވޭނެ ކަމަށެވެ.
            އަދި އިދިކޮޅު ކެނޑިޑޭޓާއި ރަނިންމޭޓް ރައްޔިތުންނަށް ދައްކަވާ ސާބިތުކަމާއި ތެދުވެރިކަމެއް ޔާމީނާއި ޝަހީމްގެ ނުހުންނާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©