• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތުން ރިޔާސީ އިންތިޙާބުގެ ނަތީޖާއަށް އަސަރު ކޮށްފާނެ!- ގުޅިފައިވާ ޕާޓީތައް

            August 12, 2018

            އިއްޔެ ހަވީރު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޢަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު ޢަލީ ނަޒީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތުން އިންތިހާޔަށް ކަންބޮޑުވާކަމަށާއި އަދި އެކަންކަމުގެ ސަބަބުން ރިޔާސީ އިންތިޙާބުގެ ނަތީޖާއަށް އަސަރު ކޮށްފާނެކަމަށް ގުޅިފައިވާ ޕާޓީތަކުން ޤަބޫލުކުރާކަމަށެވެ.

            އިލެކްޝަންސް ކޮމިޝަނުން ރީރެޖެސްޓްރޭޝަން ގެ މަސައްކަތް ކުރިޔަށްގެންދާ މަރުކަޒުގައި ބެއްވި މި ބައްދަލުވުމުގައި ނަޒީރު ވިދާޅުވެފައިވަނީ ދައުލަތުގެ މުއައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސިވިލް ސަރވިސް ހިމެނޭ ގޮތަށް ރީރަޖިސްޓްރީ ގެ މަސައްކަތް ކުރަން ރިކުއެސްޓް ކުރުމަކީ ގާނޫނާ ޚިލާފައް ކުރާ ކަމެއް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް އެފަރާތްތައް ސިޔާސީ ހަރަކާތް ތަކަށް ވެއްދުމުގެ އިޙްތިސާސް ލިބިގެން ނުވާ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. އަދި މުއައްސަސާތައް މެދުވެރިކޮށް ރީރަޖިސްޓްރީ ކުރި ފަރާތްތައް ރީރަޖިސްޓަރީ ވެފައި ނުވާކަމުގެ ޝަކުވާ ލިބޭކަން ވެސް ނަޒީރު ފާހަގަ ކުރެއްވިއެވެ. ލައްކައެއްހާ މީހުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ވަންނާނެކަމަށް އަންދާޒާކުރެވޭ ކަމަށް ބުނާ ވާހަކަ އަކީ ގަބޫލު ނުކުރެވޭ ވާހަކައެއްކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރު ކޮށްފާނެ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

            ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެފައިވަނީ ރީރަޖިސްޓަރީ ފޯމު ތަކުގައި ޖެހޭ މައްސަލަ ތަކުން ވޯޓު ލުމުގެ ހައްގު ގެއްލިގެން ދާކަމަށާއި ސިވިލް ސަރވިސް އާއި ސަރުކާރުން މީހުން ލައްވާ ކުރިޔާ ޚިލާފަށް ކުރާ މަސައްކަތަކީ ނުފޫޒާއި ބާރު ބޭނުން ކޮށްގެން ކުރާ ކަންތައް ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. މި ކަންބޮޑުވުން ތަކާއިއެކީ އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވުމުން ބައްދަލު ކުރުމުގެ ފުރުސަތު ނުލިބުނު ކަމަށް ވިދާޅުވިއެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވާ ބޭފުޅުންނަށް ފުރުސަތު ލިބުމަކީ މުހިއްމު ކަމެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހަގީގީ މިނިވަންކަން ލިބި، ރައްޔިތުން ހޯދަން ބޭނުންވާ ތަރައްގީ ލިބެން އޮތީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އަދި ރަނިންގމޭޓް ފައިސަލް ނަސީމް އަށް ވޯޓު ދެއްވައިގެން ކަމަށްވެސް ޑރ. ހުސެއިން ވިދާޅުވިއެވެ.

            މީގެ އިތުރުން ޑރ. ހުސެއިން ވިދާޅުވީ ރާއްޖެއިން ބޭރުގެ އެންބަސީ ތަކަށް ހުށަހަޅާފައިވާ ރީރެޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސް ނުވާ ކަމަށާއި، ޖަލުތަކުގައިވެސް ރީރަޖިސްޓްރޭޝަން ޕްރޮސެސް ކުރިޔަށް ނުދާކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

            އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަނަސް އަބްދުލްސައްތާރު ވިދާޅުވިގޮތުގައި 263000 ބޭފުޅުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވާއިރު އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކުރަނީ ލައްކައެއްހާ ރައްޔިތުންގެ ރީރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާނޭ ކަމަށެވެ. މިއީ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި މިގޮތައް ކަންތައް ވާނަމަ ހުރިހާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީ ތަކަށް ރީ ރަޖިސްޓްރޭޝަން ފޯމް ހުޝަހެޅުއްވި ބޭފުޅުންގެ ފުރިހަމަ މައުލޫމާތު ތަފްސީލާއި އެކީ އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދިނުމަށްވެސް އަނަސް ގޮވާލިއެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©