އިންތިޙާބު ނުބާއްވާ ފަރަކުނުޖެއްސޭނެ – ޢަލީ ޒާހިރު
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ނުވަތަ ލަސްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ޢަދާލަތު ޕާޓީގެ ނާއިބް ރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް ތުހުމަތުކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަލި ޒާހިރު ވިދާޅުވީ 23 ސެޕްޓެމްބަރުގައި ނަގާ ވޯޓު ނުނެގުމަށް ނުވަތަ ލަސް ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެއްވުމުގެ އިތުރަށް އަލީޒާހިރު ވިދާޅުވީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށެވެ. މީގެކުރިން ސަރުކާރުން ކޮށްފައިވަނީ ގާނޫނާއި ގަވާއިދުގެ ދަށުން ކޮށްފައިވާ ކަންތަކެއް ނޫން ކަމަށާއި އަދި މިގޮތައް ކަންތައް ކުރިޔަކަށް ނުގެންދެވޭނެ ކަންވެސް އަލީ ޒާހިރު ފާހަގަ ކުރިއެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕޭނުކުރަމުންދާއިރު ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށަކަށްވެސް ހުޅިފައިވާ ޕާޓީތަކުގެ ފަރާތުން ޒިޔާރަތްކުރާނެކަމަށާއި އަދި ކެރިގެން ހުރިހާ ރަށަކަށް ގޮސް ރައްޔިތުންގެ އިހްސާސްތައް އަޑުއަހާ، ރަށްތައް ތަރައްގީ ކުރަމުން ގެންދާނެކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބުގެ މަކަރުހެދުމާއި އޮޅުވާލުމަށްތަކައި ގިނަކަންކަން ހިންގަމުންގެނދާކަމަށް ބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަނީ ބޮޑެތި ތުހުމަތުތަކެއްކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.