• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ވޯޓު އޮޅުވާލަން ސަރުކާރުން ދަނީ އެތައް މަސައްކަތެއް ކުރަމުން- ގުޅިފައިވާ ސިޔާސީ ޕާޓީތައް

            August 15, 2018

            ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރީރަޖިސްޓްރޭޝަން ޕްރޮސެސް ހިނގަނީ އިލެކްޝަންސް ކޮމިޝަން ތެރޭތޯ ނުވަތަ މުލިޔާގޭގަތޯ ޔަގީން ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. މުލިޔާގޭގައި ރީރަޖިސްޓްރީ ކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ ބޭފުޅަކު ބައިވެރިވާކަމުގެ މައުލޫމާތުވެސް ލިބޭކަމަށް އޭނާ ވިދާޅުވިއެވެ. މިޕްރޮސެސް ހިނގާ ގޮތް ގާތުން ބަލަން ބޭނުންފުޅުވާކަމާއި، ހާމަކަން ބޮޑު ގޮތުގައި ކަންކަން ކުރުމަށް ނިޔާޒު ގޮވާލިއެވެ. އަދި މަކަރާއި އޮޅުވާލުމުން ކަންތައް ނުކުރެވޭނެ ކަމާއި، އެއްބާރުލުން ދޭނެ ފަރާތްތައް ހުރިހާ ދިމާލަކު އެބަހުރި ކަމުގެ ޔަގީންކަން އެބޭފުޅާ ދެއްވިއެވެ.

            އިންތިހާބު މޮނިޓަރ ކުރައްވަން ބޭރުގެ މީޑިޔާތަކުން އަންނަން ބޭނުންވާ ޖަރނަލިސްޓުން އެބަތިބި ކަމާއި އެބޭފުޅުންނަށް ހުރަސް އަޅަން އުޅޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ. މިނިވަން ނޫސްވެރިކަން ހުއްޓުވާ ނުލާ މިކަމަށް ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މީޑިއަރ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނަށް ހަރުކަށި އިބާރާތުން ގޮވާލެއްވިއެވެ.

            މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެހެން ބޭފުޅުން ވިދާޅުވެފައިވަނީ ވޯޓު ގުނުމުގެ ނަމުގައި ޗައިނާއިން ވަކި ގޮތަކަށް ޕްރޮގްރާމް ކޮށްފައިވާ ޓެބްލެޓްތަކެއް ގެންނަން ޕްލޭން ކުރާ މައުލޫމާތުވެސް ލިބޭކަމަށެވެ. މިއީ ކަނޑައެޅިގެން ނަތީޖާ އަށް ނުފޫޒު ފޯރުވާ، ވޯޓު އޮޅުވާލަން ކުރާ ކަމެއްކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ބިރުދެއްކުމުގެ ގޮތުން ގިނަ އަދަދެއްގެ ބޭފުޅުން ދަނީ ވަޒީފާތަކުން ވަކި ކުރަމުން ކަމަށާއި، މި ބޭފުޅުންނަށް މިކަމުގެ އިންސާފު ހޯދަދޭނެކަމުގެ ޔަގީންކަން ވެސް ގުޅިފައިވާ ޕާޓީއެރުވިއެވެ. އަދި ވަޒީފާއިން ނަހަމަ ގޮތުގައި ވަކި ކޮށްފި ނަމަ، ނުވަތަ ވަކި ކުރަން ބިރު ދައްކާނަމަ ރިޕޯޓު ކުރެވޭނެ އޮންލައިން ޕްލެޓްފޯރމް އެއް މިހާރު ވާނީ ހުޅުވިފައި ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

            ޕީޕީއެމްގެ ފަރާތުން މާލޭގައި ދިރިއުޅޭ ޒުވާން އެތައް ކުދިންނެއް ރީރަޖިސްޓްރީ ކުރައްވާފައި ރަށުގައިވެސް ވޯޓު ލެވޭނެކަމުގެ މައުލޫމާތު ދެމުންދާކަމާއި، އެއްވެސް ވަރަކަށް ރީރަޖިސްޓަރީ އެއްވެސް ރަށެއްގައި ނުކުރާ މީހުންގެ ނަމުގައިވެސް ރީރަޖިސްޓަރީ ކުރަމުންދާ ކަމުގެ މައުލޫމާތުވެސް ލިބޭކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިން ލައްވާ ތަކުރާރުކޮށް ވޯޓު އެޅުއްވުމުގެ މަސައްކަތް ކުރުމަށް ރާވާކަމާއި ސަރުސާރުގެ މުވައްޒަފުނަށް ބިރުދއްކައިގެން ގަދަކަމުން ރައީސް ޔާމީނަށް ކެމްޕެއިން ކުރުވާ ކަމުގެ މައުލޫމާތުވެސް ލިބިގެން ދާކަމަށް ވިދާޅުވިއެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©