• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            23 ސެޕްޓެމްބަރު ގައި މުޅި ރާއްޖެވެސް ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނާނެ. އިބޫ

            August 25, 2018

            މިއަހަރުގެ ރިޔާސީ އިންތިހާބަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރައްވާނެ އިންތިހާބެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ރޭގެ ދުވާފަރު ޖަލްސާގައި ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ކުރައްވަމުންދާ ކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ ތެރޭގައި ރައްޔިތުން އިންސާފުން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހުގެ ގާނޫނުތައް އެއްކޮށް ބަދަލުކުރައްވާ، އަދި ބާރުގެ ބޭނުން ހިއްޕަވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލާ، އަބުރުގެ ގާނޫނު ގެނެސް ރައްޔިތުންގެ އަޑު ބަންދުކޮށްފައިވާ ކަމަކީ ގާނޫނު އަސާސީ ދަންނަކަމެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

            މިއަށްފަހު ރައީސް ޔާމީނާއި ހިޔާލު ތަފާތުވާ ހުރިހާ ބޭފުޅުން ބަންދުކުރައްވަން ފެއްޓެވިކަމަށް އިބޫ ވިދާޅުވިއެވެ. މީގެ ތެރެއިން ގާނޫނާއި ހިލާފަށް ހައްޔަރު ކުރެވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ބަލިހާލު ހުރި ގޮތުން ގޭގައި ބަހައްޓަން ޑަކްޓަރުން ލަފާދެއްވަވާފައި ވާއިރު  އެއްޖަލުން އަނެއް ޖަލަށް ޔާމީންގެ އިރުޝާދަށް ގެންދަވާތަން ފެންނަކަންވެސް ފާހަގަކުރެއްވިއެވެ.

            އިބޫ ރަނިންމޭޓާއި އެކު 125 ރަށަށް އެރުއްވި އިރުވެސް ރައީސް ޔާމީނަށް މި ރަށްރަށަށް ގެނެވުނު ތަރައްގީއެއް ނުފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރައްޔިތުން ދައުލަތަށް މި ވޭތުވެދިޔަ 5 އަހަރުތެރޭ ހަވާލުކުރި ބިލިއަނެއްހާ ރުފިޔާއިން ކުރެއްވި އެއްވެސް ކަމެއް ނުފެންނަ ވާހަކައެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދުވާފަރަށް ބޭނުންވާ ހުރިހާ ކަމަކަށް ސަމާލުކަންދީ ތަރައްގީ ގެންނަވާނެކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

            މީގެ އިތުރުން 100 އެއްހާ އާއިލާ ގޯތި ބޭނުންވެފައިވާއިރު ބަޖެޓުން އެބައި އުނިކޮށްފައިވާކަމާއި، އިބޫގެ ވެރިކަމުގައި ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކާއި ބިން ހިއްކާނެ ވާހަކަ ވިދާޅުވިއެވެ. އަދި ދުވާފަރަށް ބަދަލުކޮއްފައިވާ ކަނދޮޅުދޫގެ ރައްޔިތުންނަށް ދެއްވި ގެތަކުގެ ދާއިމީ ރަޖިސްޓަރީ އަދިވެސް ނުލިބޭކަމާއި މިކަމުން ދިމާވާ އުނދަގޫތައް ހުއްޓުވުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

            ޒުވާނުންގެ އާބާދީ ބޮޑުރަށަކަށް ދުވާފަރު ވާއިރު ފުރިހަމަ ޒުވާނުންގެ މަރުކަޒެއް އަޅުއްވާނެކަމާއި، ސިއްހީ އަދި ތައުލީމީ ހިދުމަތް އެންމެ ރަނގަޅުގޮތުގައި ލިބިގެންދާނެކަމުގެ ޔަގީންކަން އިބޫ ދެއްވިއެވެ. އަދި މީގެ އިތުރުން މަސްވެރިކަމަށް ކަނޑައެޅިފައިއޮތް ސިޔާސަތުގެ ދަށުން މަސްވެރިންނަށް ހައްގުވާ ފައިސާ އަދި މަހަށް ލިބެންވާ އަގު ލިބިގެން ދާނެކަމުގެ ޔަގީންކަންވެސް އިބޫ ދެއްވިއެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©