• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
    • މެމްބަރުންގެ ޕޯޓަލް
    • މެމްބަރަކަށް ވުމަށް
✕
            No results See all results

            އަވައްޓެރި ގައުމުތަކާ ގުޅުން ނުތަނަވަސްވުމަކީ ސަރުކާރުގެ މައްސަލައެއް -ނަޒީރު

            August 26, 2018

            އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު އިއްްޔެ އެމްވީޓީވީ ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބުގައި ކަންތައް ރަނގަޅައް ނުގޮއްސިނަމަ އިންޑިއާއިން ރާއްޖެ ހިފާ ވާހަކަޔަކީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ. އަދި ރާއްޖެ އިސްތިއުމާރު ކުރުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއް ނޫންކަމުގައެވެ. އަވައްޓެރި ގައުމުތަކުން ރާއްޖެއަށް ކިރިޔާވެސް ކަމެއް ދިމާވާއިރަށް އެހީވެދެއްވާ، އެކުވެރި، އަވައްޓެރި ގައުމެއްކަމުގައި ދެކޭ އިންޑިއާ ރައްޔިތުން އަދި ސަރުކާރުގެ ވިސްނުން އެގޮތަށް ހުރި ކަމަށް ގަބޫލު ނުކުރައްވާކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ބައިނަލްއަގުވާމި ދުނިޔެއާއި މުޅިން ގުޅުން ކެނޑެމުން ދިޔުމަކީ މިސަރުކާރުގެ ޙާރިޖީ ސިޔާސަތު އޮންނަ ގޮތުން ދިމާވާ ކަމެއް ކަމަށްވިދާޅުވެ، މިކަމާމެދު ނަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަންކަން ބަދަލުކުރުމަށާއި ކޮރަޕްޝަނާއި އިދިކޮޅަށް ތެދުވެ އިބޫ އަށް ވޯޓު ދެއްވުމަށްވެސް ހުރިހާ ރައްޔިތުންނަށް ނަޒީރު ގޮވާލެއްވިއެވެ.

            މީގެ އިތުރުން ނަޒީރު ވަނީ އަދާލަތު ޕާޓީގެ ނިންމުން ތަކަކީ ދެމީހެއްގެ ނިންމުންކަމަށް ބުނާވާހަކަ ދޮގުކުރައްވާފައެވެ. އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހެއް އޮންނައިރު، އެ މަޖިލީސް އިތުރަށް ޖަވާބުދާރީ ކުރުވޭނެ، ދިވެހިރާއްޖޭގައި އިތުބާރު ހުރި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އެކުލެވިގެންވާ މަޖިލީހެއް އޮންނަކަމަށް ނަޒީރުވަނީ ހާމަކުރައްވާފައެވެ. ކޮންމެ ނިންމުމެއްވެސް ނިންމެނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި، މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސް ވެގެން ކަންވެސް ނަޒީރު ފާހަގަކުރެއްވި އެވެ.

            މިފަދަ ނިންމުންތައް އޮޅުވާލުމަކީ ކޮށްގެން ވާނެވަރުގެ ކަމެއް ނޫން ކަމާއި، މީގެ އިތުރުން އަދާލަތު ޕާޓީގެ މާލީ ކަންކަމަށް ސުވާލު އުފައްދާ ބަޔަކު ދޮގު ވާހަކަތަކެއް ފަތުރާއިރު، ދައުލަތުން ފައިސާ ނުދޭން ގަސްތުގަ މެމްބަރޝިޕް އުނި ކޮށްފަ ހުރިކަންވެސް އިނގިވަޑައިގަންނަވާކަމަށް ނަޒީރު ވިދާޅުވިއެވެ. ނަމަވެސް، އަދާލަތު ޕާޓީ އާމެދު ތުހުމަތު ކުރެވުނު އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމާއި، އޮޅުވާލުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީއަށް ނިސްބަތް ނުވާ ބަޔަކު ބައިވެރިވިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ރައީސް ޔާމީން ގޮތް ހުސްވެގެން ކުރެއްވި ކަމެއް ކަމަށެވެ.

            ނަޒީރު ވިދާޅުވީ ސަރުކާރުގެ މައްޗަށް ތުހުމަތުކުރެވޭ ފައިސާގެ ވާހަކަ އަބަދު ރައްޔިތުން ދައްކާއިރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދު ﷲ އަކީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ ބޭފުޅެއްކަމަށެވެ. ސަރުކާރުން މިހާރު އިމާމުންނަށް މެދުވެރިކުރާ ދަތިތަކުގެ ތެރޭގައި އެބޭފުޅުންގެ ދޫ ބަންދުކުރުވާ، އަދި ޖަލްސާތަކުގައި ގުރުއާން ކިޔަވައި ބޭފުޅުން ވަޒީފާއިން ކަނޑާލުމުގެ މަސައްކަތް ހިމެނޭކަން ނަޒީރު ފާހަގަ ކުރެއްވިއެވެ. މި ވެރިކަމުގައި ދީނީ އިލްމުވެރިންނަށް އެކި ކަހަލަ ފިތުންތައް ކުރިމަތިވެ، އިސްލާމްދީނާއި އިދިކޮޅަށް ކަންތައް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©