• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތުން މޫސާ ހިތާމް އާ ޢަދާލަތު ޕާޓީން ބައްދަލުކޮށްފި

            August 28, 2018

            މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު  ތުން މޫސާ ހިތާމް އާ ޢަދާލަތު ޕާޓީގެ ފަރާތުން ބައްދަލުކޮށްފިއެވެ. މިއަދު ހެނދުނު އެމަނިކުފާނުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ ދިވެހިރާއްޖޭއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައިވާ އަލްފާޟިލް ދާތޯ ,މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. އެމަނުކުފާނާއެކު އެ ވަފުދުގައި އިތުރަށް ބައިވެރިވެވަޑައިގެންނެވީ އަލްފާޟިލް ޢަލީ ޠާލިބް އާއި އަލްފާޟިލް އިސްމާއިލް ޒަކީ އެވެ.

            މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުންނެވެ. ވަކިން ޚާއްސަކޮށް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި މި އިންތިޚާބު ކުރިމަތިވީ އިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކަށާއި، ވަކިން ޚާއްސަކޮށް ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައްމޫން ޢަބްދުލް ޤައްޔޫމަށާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމަށް ކުރިމަތި ކޮށްފައިވާ ސިޔާސީ ގޮންޖެހުންތަކާ ގުޅޭގޮތުން ޓުން މޫސާއަށް މައުލޫމާތު ހިއްސާކުރެވުނެވެ.

            23 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ ސުލްޙަވެރި، ދެފުށްފެންނަ، އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭނުންވާކަމާއި އަދި އެކަމަށް ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުން އޮތްކަންވެސް ޢަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އަލުން ކޮމަންވެލްތާ ގުޅުމާމެދުވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

            ތުން މޫސާ ހިތާމް ވިދާޅުވީ ދިވެހިރާއްޖެ އަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރި ޤައުމެއް ކަމަށާއި ދިވެހިރާއްޖެ އާއި މެލޭޝިއާ ދެމެދު އޮންނަ ރަޙުމަތްތެރި އަދި އުޚުއްވަތްތެރިކަމުގެ ގާތްގުޅުން އިތުރަށް ބަދަހިވުން އަބަދުވެސް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ހެޔޮއެދުންތަށް ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމަށްވެސް ވިދާޅުވިއެވެ.ް

            ތުން މޫސާ ހިތާމް އަކީ 2005 ވަނަ އަހަރުން 2008 ގެ ނިޔަލަށް އދ އިން ދިވެހިރާއްޖެ އަށް  ކަނޑައަޅުއްވާފައި ހުންނެވި ޚާއްސަ މަންދޫބެވެ. އެމަނިކުފާނަކީ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ޗެއަރމަން ކަން ކުރައްވާ އަދި ކޮމަންވެލްތުގެ ފަރާތުން މެންބަރު ޤައުމުތަކުގެ އިންތިޚާބުތައް އޮބްޒާވްކުރެއްވުމާއި ސިޔާސީ ހަމަނުޖެހުންތަކަށް ޙައްލު ހޯއްދެވުންފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©
                 

                Loading Comments...