• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
    • މެމްބަރުންގެ ޕޯޓަލް
    • މެމްބަރަކަށް ވުމަށް
✕
            No results See all results

            ސިއްހީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން – އިބޫ  

            September 11, 2018

            ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަމަށެވެ. 178 ރަށަށް ކެމްޕެއިން ދަތުރުތެރޭގައި ދަތުރު ކުރެވުނުއިރު އިވެމުން އައީ މިދިޔަ 5 އަހަރުތެރޭ ނާއިންސާފުވެރިކަން ކަމަށެވެ. ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބޮއްސުންލާފައިވާ ދައުލަތުގެ ސިއްހީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަމަށް ވެސް އިބޫ ވިދާޅުވެ އެމަނިކުފާނު ގާއިމް ކުރައްވަން ބޭނުންފުޅުވާ ސިއްހީ ނިޒާމުގެ ކުރު ތަސައްވަރެއް އެމަނިކުފާނު ދެއްވިއެވެ.

            އާސަންދަ ނުލިބި ފަންޑުފޮށި ހުޅުވާތަން ފެންނަކަމަށާއި، ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި އާސަންދައިގެ ނިޒާމުގެ މަންފާ ލިބޭގޮތަށް ހަމަ ޖައްސާދޭނެކަމެވެ. ރާއްޖޭގައި މާލެ ފިޔަވާ އެހެން ސަރަހައްދުތަކަށް އެކަށީގެންވާ ސިއްހީ ހިދުމަތް މިހާރު ނުލިބޭއިރު ކަނޑާއި، އެއްގަމާއި އަދި ވައިގެ އެންބިއުލެންސް ހިދުމަތާއި އަވަސް ޕެރަމެޑިކުންގެ ހިދުމަތް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީ ހޯދަދިނުމާއި ތެލެސީމިއާ ކުދިންނަށް ބޭހާއި ލޭ އެޅޭނެ ގޮތް އެކި ސަރަހައްދުގައި ގާއިމް ކުރެވި ހޮސްޕިޓަލް ތަކުގައި ލިބިގެން ދާނެކަންވެސް މި ސިއްހީ ނިޒާމުގެ ތަސައްވަރުގައި ހިމެނުއްވިއެވެ.

            ސްޕެޝަލިސްޓަކަށް ދައްކަން ބޭނުންވާ މީހުންނަށް ލުއިފަސޭހަ ގޮތެއް ހޯދަދެއްވުމުގެ އިތުރުން ސިއްހީ ދާއިރާގައި ޚިދުމަތްދެއްވާ މުސާރަ ބޮޑުކޮށްދީ އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަން ކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ. 4 ސަރަހައްދެއްގައި ފެންވަރު ރަނގަޅު 4 ހޮސްޕިޓަލް އެޅޭނެކަމާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭންޖެހޭ ފަރާތްތައް މަދުނޫން އިރު މެންޓަލް ހެލްތް ސެންޓަރެއް އުފައްދާ، ނަފްސާނީ ބަލިތަކަށް ދޭ ފަރުވާ އާސަންދައިގެ ދަށުން ހަމަޖައްސާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

            މީގެ އިތުރުން ރައީސް ޔާމީނު ކުރާ ވައްކަން ތަކަށް ނޫނެކޭ ބުނެ، ޖަލަށް ލާފައިވާ ހުރިހާ ބޭފުޅުން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©