އިޢުލާން:ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ޢަދާލަތު ޕާޓީގެ ޓިކެޓަށް ހުޅުވާލުން
AP-IUL/2019/1-R ނަންބަރު:
މިހިނގާ 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ޓިކެޓު ދިނުމާ ގުޅޭގޮތުން ދަންނަވަމެވެ. 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ޕާޓީއިން ޓިކެޓު ދިނުމަށް ހަމަޖެހިފައި ވަނީ މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ގަވައިދާއެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ އިންތިޚާބީ ދާއިރާތަކަށެވެ. ވީމާ މި އިންތިޚާބީ ދާއިރާތަކުގެ ގޮނޑިއަށް ވާދަކުރައްވަން އެދިލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމާއި، ތާޢީދު އޮތް މިންވަރު އަންގައިދޭ ފޯމް ފުރިހަމަކޮށް ހުށައެޅުއްވުން އެދެމެވެ. މިފޯމްތައް ޕާޓީގެ އިދާރާއިންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އިންތިޚާބީ ދާއިރާތައް:
- ކެލާ ދާއިރާ
- ވައިކަރަދޫ ދާއިރާ
- ހަނިމާދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ކާށިދޫ ދާއިރާ
- މަހިބަދޫ ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ގަމު ދާއިރާ
- ފުވައްމުލަކު ދެކުނު ދާއިރާ
- ފޭދޫ ދާއިރާ
- މާފަންނު ދެކުނު ދާއިރާ
ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
09 ޖަނަވަރީ 2019
[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2019/01/Qaanoonee-form-draft-8-1-2019.pdf“ download=“Download“ ]
އިސްލާހްކުރެވިފައި 15 ޖަނަވަރީ 2019
[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2019/01/Majlis-Inthikhaabu-Qavaidhu-15-01-2019-Final-Version.pdf“ download=“Download“ ]
[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2019/01/Majilish-inthihaab-Aplication-form-AP-8-1-2019.pdf“ download=“Download“ ]
[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2019/01/Iulaan_01-R.pdf“ download=“Download“ ]
[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2019/01/1547114750306_Dhaairaage-thaaeedhu-oiikan-angaidhey-form-8-1-20192770440156066819942.pdf“ download=“Download“ ]