• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބާއްވާނެ ތަންތަން ކަނޑައެޅުމާއި ގުޅޭ

            August 9, 2019

            އަދާލަތު ޕާޓީގެ ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވަމުން ދާތީ، ޕާޓީގެ ކޮންގްރްސް ބާއްވާ، ޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން ދައުރު ބަދަލުވުމާއި ގުޅޭ އެންމެހައި ކަންކަން ކުރުމަށް މަޝްވަރާ މަޖިލިހުން ވަނީ ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ހުޅުވާލެވިގެންދާނެއެވެ. މި ގޮތުން މި ވަގުތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަނިވި އިންތިޚާބުތަކެވެ.
            • ދާއިރާ ރައީސުންގެ އިންތިޚާބު
            • ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު

             

            އިންތިޚާބީ ދާއިރާއެއްގައި ޕާޓީގެ 150 މެމްބަރުން ހަމަވާނަމަ، ޕާޓީގެ މެމްބަރުންގެ ތެރެއިން މި މަޤާމަށް ޝަރުތު ހަމަވާ ކޮންމެ މެމްބަރަކަށް އެ ދާއިރާއެއްގެ ދާއިރާ ރައީސްކަމަށް ކުރިމަތިލެވޭނެއެވެ. ދާއިރާ ރައީސުންނަކީ ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅޭނެ ބަޔެކެވެ.

             

            އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ޕާޓީގެ 30 މެމްބަރުން ހަމަވެއްޖެނަމަ އެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހުޅުވިދާނެއެވެ. މި ގޮތުން ކޮންމެ ރަށެއްގައިވެސް ރަޖިސްޓްރީ ކުރެވޭނީ 1 (އެއް) ގޮތްޕެވެ. ނަމަވެސް އެއް ރަށެއްގައި 1 (އެއް) އިންތިޚާބީ ދާއިރާ އަށްވުރެން ގިނަ ދާއިރާ ހިމެނޭނަމަ، 30 މެންބަރުން ހިމެނޭ ކޮންމެ ދާއިރާއަކަށް ވަކި ގޮތްޕެއް ރަޖިސްޓްރީކުރެވިދާނެއެވެ. ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމްތަކަކީ؛
            1. ރައީސް.
            2. ނައިބު ރައީސް.
            3. ސެކްރެޓަރީ.
            4. ސެކްރެޓަރީގެ ނައިބު.
            5. ޚަޒާންދާރު.
            6. މީޑިއާ ކޯޑިނޭޓަރ.
            7. ޔުނިޓުތަކުގެ މަންދޫބުން.
            8. އަންހެނުންގެ ކޮމިޓީގެ ރައީސާ
            9. ޒުވާނުންގެ ކޮމިޓީގެ ރައީސް

             

            ދާއިރާ ރައީސުންގެ އިންތިޚާބު ބާއްވާނެ ތަންތަނާއި، ގޮފިތަކުގެ އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅިގެންދަނީ އެ ތަނެއްގައި ޕާޓީގެ މެމްބަރުން ތިބި ނިސްބަތަކުން ކަމަށްވާތީ، އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުމުގެ މަޤްސަދަށްޓަކައި، އިންތިޚާބު ބާއްވާ ތަންތަން ކަނޑައެޅިގެންދާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 2:00 އަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ޢަދަދުތަކަށްކަމަށް ޕާޓީގެ އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ނިންމައިފާވާތީ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މި އިންތިޚާބުތަކަށް ކުރިމަތިލުމަށް ފަހުން އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.

             

            ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ޕާޓީގެ ރަޖިސްޓްރަރ އަށް ހުށަހަޅައި، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ރަޖިސްޓްރަރ ކަނޑައަޅާ ހިނދުންފެށިގެން އެ މީޙަކީ ޕާޓީގެ މެމްބަރެކެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ގަވާއިދާއި ޢަދާލަތު ޕާޓީގެ ގޮފިތައް އިންތިޚާބުކުރުމާއި ބެހޭ ގަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
            9 އޯގަސްޓު 2019

             

            އިޢުލާން ޑައުންލޯޑްކުރުމަށް
            ގުޅުންހުރި ގަވާއިދުތައް ބެއްލެވުމަށް

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©