ހަރުކަށި ފިކުރު ނައްތާލަން ސައްހަ އިލްމު ފޯރުކޮށްދޭން ޖެހޭ: އައްޝަިޙް އަނީލް
ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރު ނައްތާލަން ޒުވާނުންނަށް އިސްލާމީ ސައްހަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށާއި މިކަމަށް ހައްލު ހޯދުމަށް ގައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝެއިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރު ފެތުރުމާއި ދެކޮޅަށް އައްޑޫ ސިޓީގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ޝެއިޚް އަނީލް އިތުރަށް ވިދާޅުވެފައިވަނީ މިފިކުރުން ޒުވާން ޖީލު ސަލާމަތްކޮށް އަދި އެ ފިކުރު ފެތުރުނަ ނުދިނުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އިސްލާމް ދީން އޭގެ އަސްލުތަކާއި އެއްގޮތަށް ޒުވާނުންނަށް ބަޔާންކޮށް ދިނުން ކަމަށެވެ.