• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބާއްވާނެ ތަންތަން ކަނޑައެޅުމާއި ގުޅޭ

            October 9, 2019

            އިއުލާން ނަންބަރު AP-IUL/2019/10 އާއި ހަވަލާދީ ދަންނަވަމެވެ. ދާއިރާ ރައީސުންގެ އިންތިޚާބު ބާއްވާނެ ތަންތަނާއި، ގޮފިތަކުގެ އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅިގެންދަނީ އެ ތަނެއްގައި ޕާޓީގެ މެމްބަރުން ތިބި ނިސްބަތަކުން ކަމަށްވާތީ، އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުމުގެ މަޤްސަދަށްޓަކައި، އިންތިޚާބު ބާއްވާ ތަންތަން ކަނޑައެޅިގެންދާ މުއްދަތު 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 2:00 އަށް އިތުރުކޮއްފައިވާތީ މި ކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މި އިންތިޚާބުތަކަށް ކުރިމަތިލުމަށް ފަހުން އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.

            ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިޚާބުތަކާއި ގުޅޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

            • ދާއިރާ ރައީސުންގެ އިންތިޚާބު
            • ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު

            އިންތިޚާބީ ދާއިރާއެއްގައި ޕާޓީގެ 150 މެމްބަރުން ހަމަވާނަމަ، ޕާޓީގެ މެމްބަރުންގެ ތެރެއިން މި މަޤާމަށް ޝަރުތު ހަމަވާ ކޮންމެ މެމްބަރަކަށް އެ ދާއިރާއެއްގެ ދާއިރާ ރައީސްކަމަށް ކުރިމަތިލެވޭނެއެވެ. ދާއިރާ ރައީސުންނަކީ ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅޭނެ ބަޔެކެވެ.

            އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ޕާޓީގެ 30 މެމްބަރުން ހަމަވެއްޖެނަމަ އެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހުޅުވިދާނެއެވެ. މި ގޮތުން ކޮންމެ ރަށެއްގައިވެސް ރަޖިސްޓްރީ ކުރެވޭނީ 1 (އެއް) ގޮތްޕެވެ. ނަމަވެސް އެއް ރަށެއްގައި 1 (އެއް) އިންތިޚާބީ ދާއިރާ އަށްވުރެން ގިނަ ދާއިރާ ހިމެނޭނަމަ، 30 މެންބަރުން ހިމެނޭ ކޮންމެ ދާއިރާއަކަށް ވަކި ގޮތްޕެއް ރަޖިސްޓްރީކުރެވިދާނެއެވެ. ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމްތަކަކީ؛

            1. ރައީސް.
            2. ނައިބު ރައީސް.
            3. ސެކްރެޓަރީ.
            4. ސެކްރެޓަރީގެ ނައިބު.
            5. ޚަޒާންދާރު.
            6. މީޑިއާ ކޯޑިނޭޓަރ.
            7. ޔުނިޓުތަކުގެ މަންދޫބުން.
            8. އަންހެނުންގެ ކޮމިޓީގެ ރައީސާ
            9. ޒުވާނުންގެ ކޮމިޓީގެ ރައީސް

            ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ޕާޓީގެ ރަޖިސްޓްރަރ އަށް ހުށަހަޅައި، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ރަޖިސްޓްރަރ ކަނޑައަޅާ ހިނދުންފެށިގެން އެ މީޙަކީ ޕާޓީގެ މެމްބަރެކެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ގަވާއިދާއި ޢަދާލަތު ޕާޓީގެ ގޮފިތައް އިންތިޚާބުކުރުމާއި ބެހޭ ގަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

            2 ޞަފަރު 1441

             1 އޮކްޓޯބަރ 2019

            [googlepdf url=”https://www.adhaalath.org.mv/wp-content/uploads/2019/10/Iulaan_12-Partyge-ethereyge-inthikhaabaa-gulhey.pdf” download=”Download” ]

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©