ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއައް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް ޢަދާލަތު ޕާޓީގެ ޓިކެޓު ދިނުމަށް ހުޅުވާލުން.
މިހިނގާ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޢަދާލަތު ޕާޓީގެ ޓިކެޓު ދިނުމަށްއެދި ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ.
ވީމާ މި އިންތިޚާބުގައި ވާދަކުރުމަށް ޢަދާލަތު ޕާޓީގެ ޓިކެޓު ދިނުމަށް އެދިލައްވާ ފަރާތްތަކުން 26 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މިއިންތިޚާބުގެ ޢަދާލަތު ޕާޓީގެ ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމް ފުރިހަމަކުރުމަށް ފަހު ޢަދާލަތުޕާޓީގެ މައި އޮފީސް، ހ.ފުލިދޫގެ، ތިންވަނަ ފަންގިފިލާ އަށް ހުށައެޅުއްވުން އެދެމެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނާނެއެވެ. އަދި އީމެއިލުން ހުށައަޅާނަމަ މިފޯމާއި ހުށައަޅަންޖެހޭ ތަކެތީގެ ކުލަ ސްކޭން PDF ފޯމެޓްގައި މިޕާޓީގެ އީމެއިލް admin@adhaalath.org.mv އަށް ފޮނުވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
11 ޖުމާދުލް އައްވަލް 1441
6 ޖަނަވަރީ 2020
[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2020/01/LOCAL-COUNCIL-ADHI-ANHENUN-THARAQEE-AH-MASAHKAI-KURAA-COMMITTEE-INTHIKHAAB-2020-PARTY-TICKET-EDHE-FORM-1.pdf“ download=“Download“ ]