ނަންބަރު: AP-IUL/2020/04
ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 29.3 ވަނަ މާއްދާއާއި 31.4 ވަނަ މާއްދާގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާކޮމިޓީ ހޮވުމަށްޓަކައި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާކޮމިޓީގެ އިންތިޚާބު 5 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ.
އިންތިޚާބަށް ހުޅުވާލެވިފައިވާ މަޤާމްތަކަކީ؛
ދާއިރާ ރައީސް
ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމުތައް:
ދާއިރާ ރައީސަކަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
ގޮފިތަކުގެ ހިނގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
ވީމާ، ދާއިރާ ރައީސުންގެ އިންތިޚާބަށާއި ގޮފިތަކުގެ ހިންގާކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލާ، އިޢުލާން ކުރަމެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 3:00 އާ ހަމައަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދެންވާނީ އެކަމަށް އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމު ފޮނުވަންވާނީ admin@adhaalath.org.mv އަށެވެ.
އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ. ޕާޓީގެ އަސާސީ ޤަވާއިދާއި، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ޤަވާއިދާއި ޢަދާލަތު ޕާޓީގެ ގޮފިތައް އިންތިޚާބުކުރުމާއި ބެހޭ ޤަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުންވުން ނުވަތަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
19 رَبِيْعُ الأَوَّل 1442
5 ނޮވެމްބަރ 2020