• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓު ފޮށި ބެހެއްޓުމަށް ހުޅުވައިލުން

            January 12, 2021

            ނަންބަރު: AP-IUL/2021/03

            ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށެވެ. ނަމަވެސް، ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޤަވައިދުގެ ދަށުން ވޯޓް ފޮށި ބަހައްޓަން ބޭނުންވާ ގޮފިތަކަށް، ފޮށި ބަހައްޓައިގެން ވޯޓު ލުމަށް އެދުމުގެ ޙައްޤު ލިބިގެންވެއެވެ. އެގޮތުގެ މަތިން ފޮށި ބަހައްޓައިގެން ވޯޓުލުމަށް ބޭނުންވާ ގޮފިތަކުން 16 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ޕާޓީގެ މައިއިދާރާއަށް ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ފޮނުއްވާނަމަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

            ފޮށި ބަހައްޓައިގެން ވޯޓު ލުމަށް އެދޭ ފޯމްގެ ލިންކް: http://bit.ly/foshibehettun

             

            އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށެވެ. އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ  admin@adhaalath.org.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.

             

            27 جُمَادَى الأُوْلى 1442

            12 ޖެނުއަރީ 2021

             

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©