އިޢުލާން: ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ އޮބްޒާވަކުރުމުގެ ފުރުޞަތު ހުޅުވާލުން
ނަންބަރު: AP-IUL/2021/09
ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް އޮބްޒާވް ކުރުމަށް އެދޭ ޖަމިއްޔާ، ޖަމާއަތްތަކާއި މީޑިއާތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަން އިޢުލާން ކުރަމެވެ.
ވީމާ މި އިންތިޚާބުގެ ކަންތައްތައް އޮބްޒާވްކުރަން އެދޭ ޖަމިއްޔާ، ޖަމާއަތްތަކާއި މީޑިއާތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 29 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ނުވަތަ admin@adhaalath.org.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު އޮބްޒާވަރުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމްގެ ލިންކް: https://wp.me/a17HRP-Y1
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު އޮބްޒާވަރުންގެ އިޤްރާރު: https://wp.me/a17HRP-Y3
އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ admin@adhaalath.org.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.
14 جُمَادَىٰ ٱلْآخِرَة 1442
27 ޖެނުއަރީ 2021