• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            އިޢުލާން: ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 2021 ގެ ދާއިމީ ނަތީޖާ

            February 3, 2021

            ނަންބަރު: AP-IUL/2021/16

            ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބާ ގުޅިގެން، ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމާހަމައަށް، 30 ޖަނަވަރީ 2021 ވީ ދުވަހު ކުރިއަށްދިޔަ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބާގުޅިގެން ހުށަހެޅިފައިވާ އެންމެހައި ޝަކުވާއަކަށް ރިޢާޔަތްކުރުމަށްފަހު، ބުނެވުނު ޤަވާޢިދުގެ 12 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނުކުރަމެވެ.
            ކެނޑިޑޭޓް ނަންބަރު 1: ޑރ. އަޙްމަދު ޒާހިރު އަލީ އަދި އޭނާގެ ރަނިންގ މޭޓް އަލްފާޟިލް އަޙްމަދު ނަޝީދުއަށް ލިބުނު ވޯޓުގެ ޖުމްލަ އަދަދު: 167
            ކެނޑިޑޭޓް ނަންބަރު 2: އައްޝައިޚް އިމްރާން ޢަބްދުﷲ އަދި އޭނާގެ ރަނިންގ މޭޓް އަލްފާޟިލް އަޙްމަދު ޝަރީފަށް ލިބުނު ވޯޓުގެ ޖުމްލަ އަދަދު: 921
            ވޯޓްލީ މިހުންގެ ޢަދަދު: 1088
            ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު: 4556
            ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު: 6866
            ވޯޓް ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން، ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ               ނިސްބަތް: % 66.36
            ވޯޓް ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ތެރެއިން ވޯޓްގައި ބައިވެރިވި މީހުންގެ ނިސްބަތް: % 23.88
            ކެނޑިޑޭޓް ނަންބަރު 1: ޑރ. އަޙްމަދު ޒާހިރު އަލީ އަދި އޭނާގެ ރަނިންގ މޭޓް އަލްފާޟިލް އަޙްމަދު ނަޝީދަށް ލިބުނު ވޯޓުގެ އިންސައްތަ: % 15.35
            ކެނޑިޑޭޓް ނަންބަރު 2: އައްޝައިޚް އިމްރާން ޢަބްދުﷲ އަދި އޭނާގެ ރަނިންގ މޭޓް އަލްފާޟިލް އަޙްމަދު ޝަރީފަށް ލިބުނު ވޯޓުގެ އިންސައްތަ: % 84.65
            އިންތިޚާބާ ގުޅިގެން ހުށައެޅުނު ޝަކުވާގެ ޢަދަދު: 09
            ވީމާ،
            ވީމާ، ބަޔާންކުރެވުނު ނަތީޖާއަށް ބަލައި، ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ރައީސެއްގެ ގޮތުގައި އައްޝައިޚް އިމްރާން ޢަބްދުﷲ އަދި ނައިބު ރައީސެއްގެ ގޮތުގައި އަލްފާޟިލް އަޙްމަދު ޝަރީފް އިންތިޚާބު ވެއްޖެކަން އަންގައި އިޢުލާނުކުރަމެވެ.

            21 جُمَادَى الآخر 1442
            3 ފެބުރުއަރީ 2021

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©