• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
    • މެމްބަރުންގެ ޕޯޓަލް
    • މެމްބަރަކަށް ވުމަށް
✕
            No results See all results

            ނޫސް ބަޔާން: ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އެކަހެރިވަމުން އަންނަ މައްސަލައާ ގުޅޭ

            December 19, 2015

            ނަންބަރު: AP/PR/2015/18

            ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގައި ދިވެހި ސަރުކާރު ނުކުޅެދިފައި ވުމާއި، ސަރުކާރުގެ ގޮތްދޫނުކުރުމާއި އަދި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތުމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އެކަހެރިވަމުން އަންނައައުމަކީ ޢަދާލަތު ޕާޓީ އިންތިހާއަށް  ކަންބޮޑުވާކަމެކެވެ. ސަރުކާރުގެ ވިސްނުން ބަދަލުކޮށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށާއި ޤައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

            ބަވަނަވެފައިވާ ދުނިޔޭގައި ޤައުމުތަކުގެ ސަލާމަތާއި އިޤްތިޞާދީ ކުރިއެރުން ބިނާވެގެންވާ އެންމެ މުހިންމު އެއް ރުކުނަކީ ޚާރިޖީ ސިޔާސަތުކަމަށްވާ ހިނދު، އަދި ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް މިކަމުގެ މުހިންމުކަން އިތުރަށް ބޮޑުވެފައިވާތީ، ސަލާމަތީ ގޮތުން ދިމާވެދާނެ ގޮންޖެހުން ތަކުންނާއި މެދުވެރިވެދާނެ އިޤްތިޞާދީ ކާރިސާއަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.

            ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއާމެދު އުފެދިފައިވާ ނުތަނަވަސްކަން ސީދާގޮތުން ގުޅެނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ގެއްލި އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިފައިވާ މައްސަލައާ ކަމަށްވީހިނދު، އަދި މިމައްސަލައަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންވެސް އިންތިހާއަށް އޮތް މައްސަލައަކަށްވީ ހިނދު، އިސްލާމްދީން ވާޖިބްކުރާފަދަ އަދުލުވެރި، އިންސާފުވެރި، އަބުރުވެރި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މިނިވަން ޝަރުޢީ ނިޒާމެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރަށާއި ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ޢަދާލަތު ޕާޓީން އަބަދުވެސް ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރުކުރަމެވެ.

            ބޭރުގެ ބައެއް ބާރުތަކުގެ މަޞްލަޙަތުތައް ކުރިއެރުވުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަމާޒަކަށް ވާންވާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ކުރިއެރުވުމެވެ. ވަކިން ޚާއްޞަކޮށް ސަލާމަތާއި ރައްކާތެރިކަމާ، އިޤްތިޞާދީ ކުރިއެރުމާއި އަދި އިންޑިއާ ކަނޑުގެ ސުލްޙަވެރިކަން ކަށަވަރުކުރުމެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައި ވާދަވެރިކަމުގެ ތެރެއަށް ދިވެހިރާއްޖެ ވެއްދުމަކީ ސަރުކާރުން އަޅާ ގޯސްފިޔަވަޅެއްކަމުގައި މިޕާޓީން ދެކެމެވެ.

            ޤައުމުގެ ކަންކަން އިޞްލާޙްކުމަށްޓަކައި ސަރުކާރާއެކު މަޝްވަރާކޮށްގެން އެއްބަސްވެވޭ ޙައްލެއް ހޯދުމަށް އަބަދުވެސް ޢަދާލަތު ޕާޓީ ތައްޔާރަށް އޮންނާނެކަން މިފުރުޞަތުގައިވެސް އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދެމެވެ.

            08 ރަބީޢުލްއައްވަލް 1437
            19 ޑިސެމްބަރ 2015

            [pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2015/12/AP.PR_.2015.18-Regarding-isolation-of-Maldives-in-the-international-community.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©