• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސްބަޔާން: ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަ މައްސަލައާ ގުޅޭ

            December 31, 2015

            ނަންބަރު: AP/PR/2015/20

            ގެވެށިއަނިޔާގެ މައްސަލަތައް އާދަޔާ ޚިލާފަށް އިތުރުވަމުން ދިޔުމަކީ އެކަމާމެދު ޢަދާލަތު ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ. ސަރުކާރުގެ މެނިފެސްޓޯގައި ‘އަންހެނުންނަށް ކުރާ އަނިޔާއާއި ގޯނާއަށް ފުރުސަތެއް ނުދޭނަން’ ކަމުގައި ބުނެފައިވީނަމަވެސް، މިފަދަ ސީރިއަސް ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު އެކަމާމެދު އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ކަންބޮޑުވާ ކަމެކެވެ.

            އަންހެނުންނާ އަދި ކުޑަކުދިންނާމެދު ހިންގާ އަނިޔާވެރި ޖަރީމާތައް ސިއްރުކޮށް، އެފަދަ ޢަމަލުތައް ހިންގާ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބިދިނުމަށް މެދުވެރިވާ ތަފާތު އެކިހުރަސްތައް ނައްތާލެވިފައި ނުވާކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މިފަދަ މައްސަލަތަކާ ގުޅޭ ޤާނޫނުތައް ވޭތުވެދިޔަ ދުވަސްތަކުގައި ތަޢާރަފު ކުރެވިފައިވީނަމަވެސް، ޤާނޫނުގެ ވެރިކަން ހިނގުމުގައި ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ފޭލިވެފައިވުމަކީ އަނިޔާވެރިކަން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް އިންސާފު ހޯދައިދީ ދިވެހިރާއްޖޭގައި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ. ހަމައެހެންމެ މިފަދަ ލާއިންސާނީ އަދި ނާތަހުޒީބު ކަންކަމުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ޒަމާނުއްސުރެ އަށަގެންފައިފައިވާ ގޯސްއާދަތަކާއި އަސްލެއްނެތް ބޯދާ ޤަބޫލުކުރުންތައް ދޫކޮށް ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާ އަދާކުރަންވާނެކަމުގައިވެސް ފާހަގަކުރަމެވެ.

            ގެވެށިޔަނިޔާގެ ޢަމަލުތައް ހިންގާ މިންވަރާ އަޅާބަލާއިރު، ފެންމަތިވަނީ ނިސްބަތުން ދާދި މަދު މައްސަލަތަކެއް ކަމުގައިވާހިނދު، އެވާހަކަތައް ދައްކާފައި ދޫކޮށްލުމުގެ ބަދަލުގައި ދެމެހެއްޓެނިވި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. މިފަދަ އަނިޔާތައް ލިބެމުންދާ ގިނަ އަންހެނުން ފަރުދާގެ ފުރަގަހުގައި ނިވާވެފައި ތިބިހިނދު، އަވަސްފިޔަވަޅުތަކެއް ނާޅާފިނަމަ އިތުރު ފުރާނަތައް ގެއްލިގެންދިއުމުގެ ބިރު އޮތްކަންވެސް ފާހަގަކުރަމެވެ.

            މުޖުތަމަޢުގެ އަމާންކަން ޤާއިމުކޮށް ލޯތްބާއި އެކުވެރިކަން އާލާކުރުމަށްޓަކައި އިސްލާމީ ރިވެތި އުސޫލްތަކުގައި ހިފުމަށް މިފުރުސަތުގައި އިލްތިމާސް ކުރަމެވެ. ވަކިން ޚާއްސަކޮށް ބައްޕައިންނާއި ފިރިން، އެބައިމީހުންގެ ފަރާތުން އަމާންކަންމާއި ލޯތްބާއި އަޅާލުން ލިބެންޖެހޭ އަންހެނުންނާމެދު ހެޔޮކޮށްހިތުމަށް ނަސޭހަތްތެރިވަމެވެ.
            އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކީ އެއްވެސް މިންވަރަކަށް ޢަދާލަތު ޕާޓީ ބަލައިގަންނާނެ ކަމެއްނޫނެވެ.

            19 ރަބީޢުލްއައްވަލް 1437
            30 ޑިސެމްބަރ 2015

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2015/12/AP.PR_.2015.20-Geveshi-aniyage-massalathah-ithuruvamun-anna-massala-aai-gulhey.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©