• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސްބަޔާން: ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕު (CMAG) ގެ ސާޅީސް އަށްވަނަ ބައްދަލުވުމުގައި ދިވެހި ސަރުކާރަށް ކުރަން އެންގިކަންކަން ތަންފީޒުކުރުމަށް ގޮވާލުން

            April 21, 2016

            ނަންބަރު: AP/PR/2016/11
            ނޫސް ބަޔާން

            20 އެޕްރީލް 2016 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕު (ސީމެގް) ގެ 48 ވަނަ ބައްދަލުވުމުގައި ދިވެހި ސަރުކާރަށް ކުރަން އެންގިކަންކަން ލަސްނުކޮށް ތަންފީޒުކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ދިވެހި ސަރުކާރަށް ގޮވާލަމަވެ.

            ސިޔާސީ ލީޑަރުން ނުޙައްޤުން ހިފާހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމާއި، ޝަރުޢީ ނިޒާމު ދުވަހެއްދުވަހަކަށް ދޯހަޅިވެ ރައްޔިތުންގެ އިތުބާރު ގެއްލެމުންއަންނަ އައުމާއި، ތިންބާރު ވަކިވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލާ ނޫސްވެރިކަމާއި މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤަށް ކުރިމަތިކުރުވާ ހުރަސްތަކާމެދު ސީމެގާއި ބައިނަލްއަޤުވާމީ އެހެނިހެން ޖަމްޢިއްޔާތަކާއި ޤައުމުތަކުން ފާޅުކުރަމުންދާ ޚިޔާލުތަކާއި އިރުޝާދުތައް ބަލައިގަނެ އެކަންކަމާމެދު ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި ޕާޓީން ދެކެމެވެ.

            ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށާއި ވާދަވެރި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ބޭނުންވާ އިތުބާރު ޤާއިމުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސީމެގުން އަންގާފައިވާ އެންގުމަކީ ޢަދާލަތު ޕާޓީން އަބަދުވެސް ސަރުކާރަށް ގޮވާލާކަމެއް ކަމުގައި ފާހަގަކުރަމެވެ. އަދި ހަމައެހެންމެ ގޯސްވަމުންއަންނަ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކޮށް، ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމުގައި ދިވެހި ސަރުކާރަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ހޯދިފައިނުވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުން ކޮންމެހެން ލާޒިމުކަމުގައި ވެސް މި ޕާޓީން ދެކެމެވެ.

            ހަމައެހެންމެ، ސީމެގް ގެ ނިންމުންތަކުގެ މަފްހޫމު އޮޅޭގޮތަށް ސަރުކާރުގެ ބަސްމަގު ބައްޓަންކުރަމުން ދިއުމާއި އަދި އެކަމާ ވިދިގެން ސީމެގް ގެ މެންބަރު ގައުމުތަކުން ކަންބޮޑުވުންފާޅުކުރަން ފެށުމަކީ ބައިނަލްއަޤުވާމީ ދުނިޔޭގައި ދިވެހި ސަރުކާރު ވެއްޓިފައިވާ ނިކަމެތި މިންވަރު ހާމަކޮށްދޭ ކަމެއްކަމުގައި ފާހަގަކުރަމެވެ. ސަރުކާރުގެ މިފަދަ ރުންކުރު ޢަމަލުތަކުން ރަމްޒުކޮށްދެނީ ދިވެހި ސަރުކާރުގެ ފޭލިވެފައިވާ ޚާރިޖީ ސިޔާސަތު ބޮއްސުންލާފައިވާ މިންވަރެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ކުރިމަތީގައި ދިވެހި ދައުލަތުގެ ހައިބަތުގެއްލި، ދިވެހި ރައްޔިތުން ލަދުވެތިވާން ޖެހޭ މިންވަރަށް ކަންކަން ދިއުމަކީ ޢަދާލަތު ޕާޓީން ހިތާމަކުރާކަމެކެވެ.

            ޢަދާލަތު ޕާޓީން ދެކޭގޮތުގައި ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ވަކިބައެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމަތީގައި ދިވެހި ދައުލަތުގެ ޤަދަރާއި ހައިބަތު ހިފެހެއްޓުމާއި ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމެވެ.
            14 ރަޖަބު 1437
            21 އޭޕްރިލް 2016

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2016/04/APPR201611-cmag-engi-kan-kan-thanfeez-kurumah-govaalun.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©