ޅެން: ތައުބާވުމަށް ބޭނުންވަނީ
ކުއްތަކެއް ކުރެވޭ ގޮތަށް ހަމަ ކޮންމެ މީހަކުވެސް ވަނީ
ކުއްތަކުން އެހެނަސްވުމަށް ތައުބާގެ ފުރުޞަތު ދެއްވަނީ
އެންމެ ބޮޑު ”ކުށް“ ޝިރުކު ކުރެވުނުނަމަ އެކަމުގައި ދެރަވެފައި
ދެން އެފަދަ ކުއް ނުކުރަމާ ތައުބާ ވުމަށް ބޭނުންވަނީ
ކާކުތޯ މައުޞޫމު މީހެއް މާތް ރަސޫލާ ނޫން އެހެން
ތާކު ދުނިޔޭގައި ހުރީ ނެތްކަން ދުނިޔެވެސް ހެކިވަނީ
ވެވުނުނަމަ ކުޑަވެސް ކުށެއް އަވަހަށް ކުރާށޭ ހެޔޮ ކަމެއް
ވެވުނު އެކުށައް މާފު ދެއްވުން ދާދި ކައިރީގައިވަނީ
ގިނަދުވަސް ވެވިފައިވި ކުއްތައް ގިނަކަމުން މާޔޫސް ނުވޭ!
ވިނަމަ ތައުބާ ތެދުހިތުން ހެޔޮ ޢަމަލު ކަމުގައި ލައްވަނީ
މިގޮތުގައި ހިމެނޭހުށީ ހެއްދެވި ފަރާތުގެ ޙައްޤުތައް
ދެގޮތަކަށް މީހުންގެ ޙައްގާ މެދު ކުރަން ކަންތައްވަނީ
ވެވުނުނަމަ އަނިޔާގެ އަމަލެއް މީހަކާމެގު ޤަސްދުގައި
ދެވުނު ހެޔޮބަދަލެއް ދިނަސް އަދި މާފު ހޯދަންވެސްވަނީ
ނެތްކަމަށް ވާނަމަ މަޢާފަށް އެދި ރުހުންވެސް ހޯދިފައި
ކެތްނުވާ ފަދަ ބޮޑު އުޤޫބާތް ޙައްޤުވާ ކަމަކަށްވަނީ
ކުރެވިފައިވާ ހެޔޮ ޢަމަލު ބަދަލެއް ގޮތުން ދީހުސްވުމުން
ކުރެވިފައި އޭނާގެ ހުރި ނުރަނގަޅު ޢަމަލު ޒިންމާވަނީ
ދުނިޔެއިން ކޮށްފައިވި ހުރިހާ ހެޔޮ ޢަމަލުތައް ހުސްވެގެން
ދުނިޔެ ދޫކުރި ހެޔޮކަމެއް ނެތް މުފްލިސެއް ކަމުގައިވަނީ
ދެއްވި ފުރުޞަތު އާޚިރަތް ހޯދަން މަސައްކަތް ކުރުމުގައި
ގެއްލި ނުދަނީސް ވިސްނެވުން އެދި ދެންނެވުން ބޭނުންވަނީ
=ޢަދާލަތު ޕާޓީގެ މެންބަރެއް=