• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ސަރުކާރުން ކަރަންޓުގެ އަގު ބޮޑުކުރުން ކުށްވެރިކުރުން

            February 8, 2016

            ނަންބަރު: AP/PR/2016/06
            ނޫސް ބަޔާން

            ސަރުކާރުން ކަރަންޓުގެ އަގު ބޮޑުކުރުން ކުށްވެރިކުރުން

            1 ފެބްރުއަރީ 2016 އިން ފެށިގެން ކަރަންޓުގެ އަގުތަކަށް ބަދަލުގެނެސް ކަރަންޓު ސަބްސިޑީ ކަނޑާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ޢަދާލަތު ޕާޓީއިން ވަރަށް ބޮޑަށް ކަންބޮޑުވާ ނިންމުމެކެވެ. މި ނިންމުމުގެ ސަބަބުން ގޭބިސީތަކުގެ ކަރަންޓު ބިލު މަހެއްގެ މައްޗަށް 60 ރުފިޔާއާއި 243 ރުފިޔާއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެއެވެ. މިއީ އެވްރެޖްގޮތެއްގައި %20 ގެ އިތުރުވުމެކެވެ. ރާއްޖޭގެ އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ޢާމްދަނީ ދަށްވެ ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ބޮޑު ބުރައެއް ރައްޔިތުންނަށް އުފުލަންޖެހޭގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމީ ޢަދާލަތު ޕާޓީއިން ވަރަށްބޮޑަށް ކުށްވެރިކުރާކަމެކެވެ.
            ނޮވެމްބަރު 2013 އާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %70 ހެޔޮވެފައިވާއިރު ކަރަންޓުގެ އަގު ހެޔޮކުރުމުގެ ބަދަލުގައި ކަރަންޓުގެ އަގު ބޮޑުކުރެވިގެން ދިޔުމީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ހަރުދަނާކަމާއި، އިޚްލާޞްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭކަމެކެވެ. ކަރަންޓުގެ އަގުތަކަށް ބަދަލުގެނެސް ސަބްސިޑީ ކަނޑާލުމުގެ މައިގަނޑު މަޤްޞަދަކީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުން ކަމުގައި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ޢަދާލަތު ޕާޓީއިން ޤަބޫލުކުރާގޮތުގައި ދަޢުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ކަރަންޓު ސަބްސިޑީ ކަނޑާލުމާއި، ޓެކްސްއާއި ޑިއުޓީ ބޮޑުކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދޭންޖެހޭނީ ޢާއްމު ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ނުޖެހޭފަދަ ގޮތްގޮތުން ދަޢުލަތުގެ ބަޖެޓު ހަމަޖެއްސުމަށެވެ. މިގޮތުން ދަޢުލަތައް ލިބޭ އާމްދަނީއިން ކޮރަޕްޝަނުގެ ގޮތުގައި ގެއްލިގެންދާ އެތައް ބިލިޔަން ރުފިޔާއާއި، ސިޔާސީ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ޚަރަދުވާ ފައިސާއާއި ކޮންމެހެން ބޭނުންނުވާ އެކިއެކި ޙަފްލާތަކަށް ކުރެވޭ އިސްރާފު ކުޑަކުރުމީ ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށް ކަރަންޓުގެ އަގު ބޮޑުކުރުމުގެ ބަދަލުގައި ކުރިވެދާނެކަންކަމެވެ.
            ވީމާ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ރައްޔިތުން ނިކަމެތިނުވާނެ އުޞޫލުއްގެ މަތިން ހަރުދަނާގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ޢަދާލަތު ޕާޓީއިން ގޮވާލަމެވެ. އަދި ކަރަންޓުގެ އަގު ހެޔޮކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ފައިދާ ދިވެހި ރައްޔިތުންނާ ހަމަޔަށް އެންމެ އެކަށީގެންވާގޮތުގައި ފޯރުކޮށްދިނުމަށްވެސް ގޮވާލަމެވެ.

            29 ރަބީޢުލްއާޚިރް 1437
            8 ފެބްރުއަރީ 2016

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2017/01/APPR201606-Sarukaarun-karantuge-agu-bodu-kurun-kuhverikurun.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©