• ފުރަތަމަ ޞަފްޙާ
  • ޢަދާލަތު ޕާޓީ
    • މެމްބަރަކަށް ވުމަށް
  • މީޑިއާ
    • ޚަބަރު
    • އިޢުލާން
    • ނޫސްބަޔާން
    • ކަރުދާސް
    • ޤަރާރު
  • ޑައުންލޯޑްސް
  • ގުޅުއްވާ
✕
            No results See all results

            ނޫސް ބަޔާން: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަނުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމާ ގުޅޭ!

            January 17, 2017

            ނަންބަރު: AP/PR/2017/01
            ނޫސް ބަޔާން
            ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަނުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމާ ގުޅޭ!

            ދިވެހި ރައްޔިތުންގެ އިންތިޚާބީ ޙައްގުތައް ނިގުޅާގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭރުން 2017 ވަނައަހަރު ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން އިޢުލާންކޮށްފައިވާ ލޯކަލްކައުންސިލްތަކުގެ އިންތަޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ވާދަނުކުރުމަށް ނިންމީ، ސަރުކާރާއި އިލެކްޝަންސް ކަމިޝަނާއި ދިވެހި ދަޢުލަތް ހިންގުމަށް ހަވާލުކޮށްފައިތިބި އެހެން ބައެއްފަރާތްތައް ގުޅިގެން، ޤާނޫނީ ނިޒާމުގެ ބޭރުން ހިންގާ ބޮޑު ޖަރީމާއެއްގައި ބައިވެރިވެ އެފަދަކަންކަމަށް ޤާނޫނީ ހައިޞިއްޔަތު ހޯދައިދިނުމުގައި ޢަދާލަތު ޕާޓީގެ ދައުރެއް ނުބޭއްވުމަށެވެ.
            އަދި ދަންނަވަމެވެ. ޤާނޫނީ ހަމަތަކުގެމަތިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ 2017 ވަނައަހަރުގެ ލޯކަލްކައުންސިލްތަކުގެ އިންތިޚާބު ނިގުޅާގަނެ، އެކަމާމެދު ޢަމަލުކޮށްފައިވާގޮތާއި ނިންމާފައިވާ ނިންމުންތަކުގައި ހުރީ އިންތިޚާބުތަކާގުޅިގެން އާންމުގޮތެއްގައި ފެންމަތިވާފަދަ އާދައިގެ ކުދިކުދި މައްސަލަތަކެއްނޫނެވެ. މިކަމުގެ ތެރޭގައި ހާމަޔަށް ފެންނަންހުރީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމާއި، ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު މުޅިން ހަލާކުކޮށް ރައްޔިތުންގެ ވެރިކަމާއި ޤާނޫނުގެ ބާރު ނެތިކޮށްލާން ހިންގާފައިވާ ބޭއިންސާފު އަނިޔާވެރި ޖިނާއީ ކުށްތަކެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ދިވެހި ޤައުމުގެ ސިޔާދަތު ދެމިއޮތުން ބިނާވެގެންވަނީ ރައްޔިތުންގެ ވެރިކަމާއި ޤާނޫނުގެ ބާރު ދިވެހިރާއްޖޭގައި ހިންގާ މިންވަރެއްގެ މައްޗަށް ކަމުގައި ވީހިނދު، މިކަންކަމަށް ލޮޅުމެއް އަތުވެދާނެ ކޮންމެކަމަކާ ދެކޮޅުހަދާ އެކަންކަން ހުއްޓުވާ ދިވެހި ރައްޔިތުންގެ މަސްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައި ކުރާމަސައްކަތުގައި ޢަދާލަތު ޕާޓީ އަބަދުވެސް ދެމިއޮންނާނެ އެވެ.
            އިސްވެދެންނެވުނުފަދައިން ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރާބުކޮށްފައިވާހިނދު، ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަކީ ގައުމުގެ މުސްތަގުބަލް އެ އިންތިޚާބާ ހުރިހާގޮތަކުން ގުޅިލާމެހިފައިވާ އިންތިޚާބަކަށްވާތީ، ކުރިޔަށްހުރި އިންތިޚާބުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އިންތިޚާބުގެ ނަމުގައި މިވަގުތު ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ކަންކަން ހުއްޓުވާ އެކަންކަމަށް ފާޅުގައި ދެކޮޅުހަދާ ނޫނެކޭބުނެ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުން ބާރުލިބިގެން، ދިވެހިރާއްޖެ ގުޅިފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އެކުވެރި ދަޢުލަތްތަކުގެ ސަމާލުކަމަށް މިކަންކަންގެނެސް، ސަރުކާރާއި ދަޢުލަތުގެ އެހެން ފަރާތްތަކުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވާ، އިންތިޚާބީ ކަންކަން އަލުން ޤޫނޫނުގެ ތަރަހައިގެ ތެރެއަށްގެނެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ ހުރިހާ ފަރާތްތަކަށްވެސް ވާދަކުރެވޭ ދެފުށްފެންނަ އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުން އެންމެ މުހިންމު ދަނޑިވަޅަކީ މިވަގުތު ކަމުގައިވެސް މި ޕާޓީން ދެކެމެވެ.
            އެހެންކަމުން ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ނަމުގައި ހިންގަމުދާ ޤާނޫނާ ޚިލާފު ކަންކަމަށް ނޫނެކޭބުނެ އެކަންކަމަށް ޤާނޫނީ ހައިޞިއްޔަތު ދިނުމަށް އިންކާރުކުރުމަކީ ޢަދާލަތު ޕާޓީން ނިންމި އުނދަގޫ އެހެންނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން މުހިންމު ނިންމުމެކެވެ.
            19 ރަބީޢުލް އާޚިރާ 1438
            17 ޖަނަވަރީ 2017

            [pdf-embedder url=”https://www.adhaalath.org.mv/wp-content/uploads/2017/01/APPR201701-Local-council-thakuge-inthikhaabugai-vaadha-nukurumah-Adhaalath-Partyn-nimmi-nimmumaai-gulhey.pdf”]
            Download PDF

            • Click to share on Twitter (Opens in new window)
            • Click to share on Telegram (Opens in new window)
            • Click to share on WhatsApp (Opens in new window)
            • Click to share on Pocket (Opens in new window)
            • Click to print (Opens in new window)
            Share
            0
            Adhaalath Party , Email: admin@adhaalath.org.mv , Phone: 3342671 ©