English  Dhivehi
 

ޤުރުއާން ތަރުޖަމާ
 

 
ފުތަރަމަ ޞަފްޙާ
ވޯޓު ލުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯއެވެ؟ ސަލަފި ޝެއިޚުން މިއީ ބިދުއައެއް ކަމުގައި ވިދާޅުވެއެވެ. އަދި ވޯޓުލުމަކީ ޑިމޮކްރަސީގެ ދަށުން ޔަހޫދީންނާއި ނަސާރާއިންގެ ކިބައިން މުސްލިމުން ކޮޕީކޮށްގެން އުޅޭކަމެކެވެ. ވީމާ ޤުރުއާނާއި ރަސޫލާގެ ސާފު ސުންނަތުން ވޯޓުލުމަކީ ހަލާލް ކަމެއްތޯ ބަޔާންކޮށްދެއްވާށެވެ. މިޙްސަން.
ލިޔުއްވީ: Administrator   
20/06/2009

ވޯޓުލުމަކީ ކަންކަމުގައި ތިމާގެ ރައުޔު ހޯދުމާއި ދިނުމެވެ. މިއީ އިސްލާމް ދީން އައުމުގެ ކުރީންވެސް އަދި އައުމަށް ފަހުގައި ވެސް ދުނިޔޭގައި ހިނގަމުން އައިކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް ޒަމާން ބަދަލުވަމުންދާވަރަކަށް އެކަމުގެ އަޞްލު ބަދަލުނުވާގޮތަށް އޭގެ ގޮތްތަކަށް ބަދަލު އައުމާމެދު ޤަބޫލުކުރަންޖެހެއެވެ.

އިތުރަށް ވިދާޅުވުމަށް...
  
ބުރުގާ އެޅުމަށްފަހު އެއްވެސް ސަބަބަކާހުރެ ބުރުގާ ނެގުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ- ޢާއިޝަތު.
ލިޔުއްވީ: Administrator   
20/06/2009

ބުރުގާ އަޅަން އޮންނަނީ ކައިވެނި ކުރުން ހުއްދަވާ މީހުންގެ ކުރިމައްޗަށް ނިކުންނަ ނަމައެވެ. އެހެންކަމުން ދާއިމީކޮށް އަންހެނާ ބުރުގާ އަޅައިގެން ގޭގައި އިންނާކަށް ނުޖެހެއެވެ. މިހެން ކަމަށް ވާއިރު ދެން ބުރުގާ ނަގަންޖެހޭނެ ސަބަބެއް ދިމާވާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ކޮންމެއަކަސް ތިކަމާމެދު އެއްޗެއް ބުނަން އެގޭނީ ބުރުގާ ނަގަން ދިމާވާ ސަބަބު އެންގެވުމުންނެވެ.

ޖަވާބު ދެއްވީ: އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދު
ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު

 
އަޅުގަނޑު ކައިވެނި ކުރަންއުޅޭ ކުއްޖާ ބުނަނީ ބުރުގާ އަޅައިފިއްޔާ ކައިވެނި ނުކުރާނޭ ކަމަށެވެ. އަދި ކައިވެނި ކޮށްފަ ބުރުގާ އަޅައިފިއްޔާ ވަރިކުރާނެ ކަމަށެވެ. މި ފަދަ ޙާލަތެއްގައި އޭނާ އާ ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އޭނާ ބުނާގޮތުގައި ކީރިތި ގުރުއާނުގައިވެސް ބުރުގާ އެޅުން މަޖުބޫރެއްނުކުރޭ. އައިޝާ.
ލިޔުއްވީ: Administrator   
20/06/2009

އަންހެނާގެ ހަށިގަނޑުން، ނަމާދު ކުރުމުގައި ނިވައިކުރަންޖެހޭ ތަންތަން ނިވާކުރުމީ ނަމާދުތެރޭގައްޔާއި ނަމާދުން ބޭރުގައި ވާޖިބުކަމެކެވެ. މިއީ ދީނުގެ އެންމެހައި ދަންނަބޭކަލުން އިއްތިފާޤުން ވިދާޅުވާ ބަސްފުޅެކެވެ. ބުރުގާ އެޅުމަކީ، އެބަހީ ބާލިޣުވެފައިވާ އަންހެނާގެ  ބޮލާއި އިސްތަށިގަނޑާ ކަރުވަޅު ނިވައިކުރުމަކީ ހަށިގަނޑުގެ އެހެން ތަންތަން ނިވާކުރަންޖެހޭ ފަދައިން ވާޖިބުކަމެކެވެ. މިއީ ނޫރު ސޫރަތުގެ 30 ވަނަ އާޔަތުން އެނގި ސާބިތުވާން އޮތްކަމެކެވެ. މިވާހަކަތައް ތަފްޞީލުކޮށް މިސައިޓުގައި މީގެ ކުރީންވަނީ ޝާއިޢުވެފައެވެ.

އިތުރަށް ވިދާޅުވުމަށް...
 
އަންހެން ފިރިހެން އަދި ކުޑަކުދިންގެ މައްޗަށް ކަށުނަމާދު ކުރެވޭއިރު މައްޔިތާގެ މައްޗަށް ކުރެވޭ ދުއާ ގެނެސް ދެވޭތޯ ދަންނަވަން،އަދި ތިންމުށް ވެލި ޖަހާއިރު ކިޔާ ދުޢާވެސް ގެނެސް ދިނުން އެދެން. ޢަޞީ.
ލިޔުއްވީ: Administrator   
20/06/2009

ތިޔަ ސުވާލުގެ ޖަވާބު ޙުސައިން ރަޝީދު އަޙްމަދު ލިއުއްވާފައިވާ ސުއްނަތްވެގެންވާ ދުޢާ 2 ގައި ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައި އެބަ އޮވެއެވެ. އޭގެތެރެއިން ބައެއް ވާހަކަ ތިރީގައި ބަޔާންކޮށްލާނަމެވެ.

މައްޔިތާއަށްޓަކައި ކުރުން ސުއްނަތް ދުޢާތައް

1- މުސްލިމަކު މަރުވެއްޖެނަމަ އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވެ އުޅުމަކީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤެވެ. އަދި އެމީހާގެ މައްޗަށް ނަމާދުކޮށް ދުޢާކުރުމީ އެދިވެގެންވާ ކަމެކެވެ. އަދި މަރަށް ޙާޟިރުވެފައި އޮތް މީހަކަށް ޒިޔާރަތްކޮށްފިނަމަ އޭނާއަށްޓަކާ ހެއުދުޢާކުރުމީ ވެސް ސުއްނަތެކެވެ. މާތްﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ j ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު ބަލިމީހެއްގެ ގާތަށް އަތުވެއްޖެނަމަ އެމީހާއަށްޓަކާ ހެއުދުޢާ ކުރާށެވެ. މިހެނީ ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރެއްވުން އެދި މަލާއިކަތުން އާމީން ވިދާޅުވެއެވެ.

އެންމެފަހުން އަޕުޑޭޓް ކުރެވުނީ ( 20/06/2009 )
އިތުރަށް ވިދާޅުވުމަށް...
 
ރައީސްއޮބާމާގެ ޚިޠާބު - 60 ލައްކަ ޔަހޫދީން ޤަތުލުކުރީ ކޮންބައެއް؟
ލިޔުއްވީ: Administrator   
15/06/2009

ޢަލީޝަރީފް (ވިކެޓް ޝަރީފް)
ރައީސް އޮބާމާ ދުނިޔޭގެ ހަތަރު ބައިކުޅަ އެއްބައި އާބާދީޢާ މުޚާޠަބުކޮށް މިޞްރުގެ ޤާހިރާޔުނިވަރުސިޓީގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެދާޅުވެފައިވަނީ ތިމެންމަނިކުފާނު މިވަޑައިގަތީ ޔުނައިޓެޑް ސްޓޭޓް އާއި މުސްލިމުންނާއި ދެމެދު އުފެދިފައިވާ ގުޅުން މުޅިން އާފެށުމަކުން ފަށައިގަތުމަށް ކަމުގައެވެ. މިފަދަ ގުޅުމެއް ބިނާވެފައި އޮންނަންވާނީ ތެދުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ ޝައްކާއި ވަހުމުތަކުން އެއްކިބާވެފައިވާ އިންސާފުވެރި އިންސާނިއްޔަތައް އިޙުތިރާމްކުރާ ގުޅުމަކަށެވެ.

އިތުރަށް ވިދާޅުވުމަށް...
 
މިހާރު ސިރީލަންކާއިން އައިސްގެން އުޅޭ ތަބްލީޣު ޖަމާޢަތުގެ މީހުންނަކީ ޚުރާފީ ކަންތައްކުރާ މީހުންކަމުގައި ބައެއް މީހުން ބުނެއުޅެއެވެ. މިއީ ކޮންކަހަލަ ބައެއްތޯއެވެ؟
ލިޔުއްވީ: Administrator   
15/06/2009

ދުނިޔޭގައި އިސްލާމް ދީނަށް  ނިސްބަތްވާ ތަފާތު ޖަމާޢަތްތަކުގެ މީހުން އުޅެއެވެ. ކޮންމެ ދެޖަމާޢަތެއްގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރެއެވެ. މީގެ އެއްބަޔަކު އަނެއް ބަޔަކާމެދު ކޮންމެވެސް ވަރެއްގެ ނުރުހުމެއް ހުންނަކަން ފާހަގަ ކުރެވެއެވެ. ހަތަރު މަޛްހަބަށް ނިސްބަތްވާ މީހުންގެ މެދުގައި އޮންނަނީ މިކަހަލަ ވިސްނުމެކެވެ. ކޮންމެ ބަޔަކުވެސް ދެކެނީ އެންމެ ރަނގަޅީ ތިމެންމެން ކަމަށެވެ. މިއީ ޠަބީޢީ ކަމަކަށްވެސް ވެދާނެއެވެ.

އިތުރަށް ވިދާޅުވުމަށް...
 
ނަމާދުކުރާއިރު ހަށަން ބަނުން ސުއްނަތްވަނީ ކޮންތާކުތޯއެވެ؟
ލިޔުއްވީ: Administrator   
15/06/2009

ނަމާދު ކުރާއިރު ހަށަން ބަނުމާމެދު ޢާއްމުކޮށް ޙަދީޘުތަކުގައި އަންނަނީ ވާތްމަތީ ކަނާތްބޭއްވުމާބެހޭގޮތުންނެވެ. ބުޚާރީ މުސްލިމްގައި ވެސް، އަދި ޞައްޙަ ހަފޮތްކަމުގައިވާ އެއްވެސް ފޮތެއްގައިވެސް މިނޫން ޙަދީޘެއް އައިސްފައި ނެތެވެ. ވަކި ތަނެއްގައި ހަށަން ބަނުމާމެދު އެބޭކަލުންގެ ޝަރުޠުހަމަވާ ވަރުގެ ޞައްޙަ ޙަދީޘެއް އައިސްފައި އޮތްކަމަކަށް ނުވަނީކަން ނޭނގެއެވެ.

އިތުރަށް ވިދާޅުވުމަށް...
 
ނޫސްބަޔާން
ލިޔުއްވީ: Administrator   
11/06/2009

ޢަދާލަތުޕާޓީ
ސ. ހިތަދޫ އޮފީސް
ދިވެހިރާއްޖެ.                   

  ނަމްބަރު:APH/2009/001
                                          ނޫސްބަޔާން
ހަނދުފުށި ރިޒޯރޓުން ގިނަ ޢަދަދެއްގެ ދިވެހި މުވައްޒަފުން ކަނޑަމުންގެންދާތީ އެކަމާމެދު ކަންބޮޑުވާކަން ހާމަކުރުން

އިތުރަށް ވިދާޅުވުމަށް...
 
ނޫސްބަޔާން
ލިޔުއްވީ: Administrator   
11/06/2009

                                    بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ޢަދާލަތު ޕާޓީ
މާލެ، ދިވެހިރާއްޖެ
        
ނަންބަރު: 06/2009/ޕީއާރު/އޭޕީ  

1- ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި އިންތިހާއަށް ގިނަވެފައިއޮތް މާރާމާރީއާއި އަަނިޔާވެރިކަމާއި ބަދްއަޚްލާޤީ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވުމަށް މިންނެތް މަސައްކަތްތަކެއް ކުރަށްވަމުން ގެންދެވުމުގެ ނަތީޖާއަކަށް ވެފައިވަނީ ކޮންމެވެސް މިންވަރަކަށް މިއަނިޔާތައް މަދުވަމުންދާކަން ރައްޔިތުންނަށް އިޙްސާސްވާން ފެށުމެވެ. ނަމަވެސް މިފަދަ އަނިޔާތައް ޤައުމުގައި ފެތުރިފައިވާލެއް ބޮޑުކަމާހުރެ، އެކަންކަން ހަމަ ކުއްލިއަކަށް ނެތިގެންނުދާނެކަން މިޕާޓީން ޤަބޫލުކުރަމެވެ.

އިތުރަށް ވިދާޅުވުމަށް...
 
ސާބަސް ދިވެހި ޤައުމީ ޕާޓީ
ލިޔުއްވީ: Administrator   
04/06/2009

                    ސިޔާސީ ސުންބުލި 24
ޙުސައިން ރަޝީދު އަޙްމަދު
ނިއުމޯލްޑިވްސް މޫވްމެންޓަކީ، ނުވަތަ މިހާރުގެ ބަހުރުވައިން ދަންނަވާނަމަ ދިވެހި ޤައުމީ ޕާޓީއަކީ އެމްޑީޕީ އިއްތިޙާދުގައި ބައިވެރިވެ، އިއްތިޙާދުގެ ސަރުކާރަށް ސަޕޯޓްކޮށް ސަރުކާރު ނަގަހައްޓަން އެންމެ ފުރަތަމަ ޢިއުލާންކުރި ގުރޫޕެވެ. އައު ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިޚާބުގައި އެމޫވްމެންޓުގެ ނަމުގައި ޑރ. ޙަސަން ސަޢީދު ވާދަކުރެއްވިއެވެ.

އެންމެފަހުން އަޕުޑޭޓް ކުރެވުނީ ( 04/06/2009 )
އިތުރަށް ވިދާޅުވުމަށް...
 
އިތުރު ބައިތައް...
<< ފެއްޓުން < ކުރީގެބައި 1 2 3 4 5 6 7 8 9 10 އިތުރު ބައިތައް > ނިމުން >>

ސަފުހާ: 1 - 18 ގެ 285

  
:: ފިރުޢައުނުގެ ޙަޔާތަކީ ވެރިންނާއި ރައްޔިތުންނަށް ހުރި ޢިބްރަތްތެރި  ދަރުުސެކެވެ.
:: ލޮބުވެތި އުޚުތެވެ! ވަގުތު ފާއިތުވުމުގެ ކުރިން ތިމާގެ ޢައުރަ ނިވާކުރުމަށް އަވަސްވެ ގަންނާށެވެ.
    :: ޝީއީ މަޖިލިސް
:: އެތެރޭގެ ޑިމޮކްރެސީއޭތޯ؟
:: ދިވެއްސަކަށް ވީތީ ކުރަންވީ އުފާހެއްޔެވެ.؟ ނުވަތަ ހިތާމަހެއްޔެވެ.؟
  
:: އިސްލާމީ ނަޒަރަކުން ޚިޔާލު ފާޅުކުރުމުގެ ހަމަތައް
:: ހައްޤުތަކާއި ޑިމޮކްރަސީގެ ތެރެއިން އިސްލާމްދީނަށް  ފުރައްސާރަކުރުން
 :: އަންހެނަކަށް ޤައުމުގެ ރައީސްކަން ކުރުން ހުއްދަވެގެން ނުވެއެވެ.